Advertisement

އިންޑިއާއިން ނިޕާ ވައިރަސް ކޭސްއެއް ނުފެންނަތާ 20 ދުވަސް

4 އޮކްޓޯބަރު 2023 - 09:50 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު


އިންޑިއާއިން ނިޕާ ވައިރަސް ކޭސްއެއް ނުފެންނަތާ 20 ދުވަސް

4 އޮކްޓޯބަރު 2023 - 09:50 0

ސެޕްޓެމްބަރު 15 ވަނަ ދުވަހުން ފެށިގެން ނިޕާ ވައިރަހުގެ އާ ކޭސްއެއް އިންޑިއާގައި ރިޕޯޓުކޮށްފައި ނުވާ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ބުނެފި އެވެ.

ނިޕާ ވައިރަހަކީ ޖަނާވަރުންގެ ގައިން އިންސާނުންނަށް ފޯރާ ވައިރަހެކެވެ. ގަދަ ހުމެއް އައިސް މަރުވުމުގެ ފުރުސަތު ބޮޑު މި ވައިރަސް ފެންނަނީ ވަރަށް މަދުންނެވެ.

އިންޑިއާގެ ހެލްތު މިނިސްޓްރީން ބުނީ ސެޕްޓެމްބަރު 12 އިން 15 އަށް ކެރަލާ ސްޓޭޓުގެ ކޮޒިކޮޑޭ ޑިސްޓްރިކްޓުން ނިޕާގެ ހަ ކޭސް ފެނުނު ކަމަށެވެ. އޭގެ ތެރެއިން ދެ މީހުން މަރުވި އެވެ.

ޑަބްލިއުއެޗްއޯއިން ބުނީ ފުރަތަމަ ކޭސްގައި ހިމެނޭ މީހާއަށް ވައިރަސް ފޯރި ގޮތް އަދި ނޭނގޭ ކަމަށެވެ. ބާކީ އެންމެންނަކީ ވެސް އޭނާގެ އާއިލީ މީހުންނާއި ހޮސްޕިޓަލުން ކޮންޓެކްޓުވި މީހުންނެވެ.

އާއްމުކޮށް މި ވައިރަސް ފެންނަނީ ވާލުގެ ގައިންނެވެ. ދޭތެރެ ދޭތެރެއިން މި ބަލި ފެތުރެނީ ވާލުގެ ސަބަބުން ކަމަށް ބެލެވިފައިވެ އެވެ.

އާއްމުކޮށް މި ވައިރަސް އިންސާނުންނަށް ފޯރަނީ ޖަނަވާރުންގެ ގައިން ނުވަތަ ތަގައްޔަރުވެފައިވާ ކާނާއިންނެވެ. އެކަމަކު އެއް އިންސާނެއްގެ ގައިން އެހެން އިންސާނެއްގެ ގަޔަށް ފޯރުމުގެ ފުރުސަތު ވެސް އޮވެ އެވެ.

މިއީ ދުނިޔޭގައި ބަލިމަޑުކަމެއް ފެތުރުމުގެ ފުރުސަތު ބޮޑު ވައިރަހަކަށް ވާތީ އިތުރު ދިރާސާ ކުރުން މުހިއްމު ކަމަށް ޑަބްލިއުއެޗްއޯ އިން ލިސްޓުކޮށްފައިވެ އެވެ.