Advertisement

ޖަލަށް ވަޑައިގެން ޔާމީނާ ބައްދަލުކުރެއްވުމުގެ ހުއްދައަށް ނަޝީދު އެދިވަޑައިގެންފި

17 ސެޕްޓެންބަރު 2023 - 10:06 2

މުހައްމަދު ނަސީމް

މުހައްމަދު ނަސީމް

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު. ޖަލަށް ވަޑައިގެން ޔާމީނާ ބައްދަލުކުރައްވަން އެމަނިކުފާނު ވަނީ އެދިވަޑައިގެންފައި. ފޮޓޯ:އަބްދުﷲ އިޔާން/އަދަދު


ޖަލަށް ވަޑައިގެން ޔާމީނާ ބައްދަލުކުރެއްވުމުގެ ހުއްދައަށް ނަޝީދު އެދިވަޑައިގެންފި

17 ސެޕްޓެންބަރު 2023 - 10:06 2

ރާއްޖޭގެ ވެރިކަމުގެ ނިޒާމު އަލުން ކަނޑައަޅަން ކުރައްވާ މަސައްކަތުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީނާ މަޝްވަރާކުރެއްވުމަށް ޓަކައި ޔާމީނު ހުންނެވި ޖަލަށް ވަޑައިގެންނެވުމުގެ ހުއްދައަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެދިވަޑައިގެންފި އެެވެ.

ޖަލަށް ވަޑައިގެން ޔާމީނާ ބައްދަލުކުރެއްވުމުގެ ހުއްދަ އަށް ނަޝީދު އެދިވަޑައިގެންނެވީ ރައްޔިތުންގެ މަޖިލީހުގެ އިދާރާ މެދުވެރިކޮށެވެ. އެމަނިކުފާނަށް އެ ހުއްދަ ދެއްވުން އެދި މަޖިލީހުން އިއްޔެ ވަނީ ހޯމް މިނިސްރީއަށް ސިޓީއެއް ފޮނުވައިފަ އެވެ.

އެނގިފައިވާ ގޮތުގައި އެ ހުއްދަ ދިނުމާ މެދު ހޯމް މިނިސްޓްރީން ވަރަށް އަވަހަށް ގޮތެއް ނިންމާނެ އެވެ.

ރާއްޖެއަށް ރަނގަޅީ ބަރުލަމާނީ ނިޒާމުކަމަށް ވިދާޅުވެ، ނަޝީދު ދައްކަވާ ވާހަކަފުޅު މިފަހުން އާކުރެއްވީ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގެ ނަތީޖާއަށް ފަހުގަ އެވެ.

މިމަހުގެ ނުވަވަނަ ދުވަހު ބޭއްވި ފުރަތަމަ ބުރުގައި ރައީސް ކަމަށް އިންތިހާބުވެވަޑައިގަންނަވަން ހޯއްދަވަން ޖެހޭ އަދަދަށް އެއްވެސް ކެންޑިޑޭޓަކަށް ވޯޓު ލިބިވަޑައެއް ނުގަންނަވަ އެވެ. އިންތިހާބުގެ ދެވަނަ ބުރުގައި ތާއީދު ކުރުމަށް، ތިން ވަަނައަށް އެންމެ ގިނަ ވޯޓު ހޯދި ޕާޓީގެ ހައިސިއްޔަތުން، ނަޝީދުގެ ދަ ޑިމޮކްރެޓްސް އިން އެމްޑީޕީއަށާއި ޕީޕީއެެމް އަށް ވެސް ހުށަހެޅި ޝަރުތަކީ ނިޒާމު ކަނޑައެެމުގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމެވެ.

ނަޝީދު އެދިވަޑައިގަނަންވަނީ ޔާމީނާ އެކު އެ މަޝްވަރާ ކުރިއަށް ގެންދަވާށެވެ.

"ރައީސް ޔާމީނު އަރިހުގައި ދަންނަވަން ބޭނުންވަނީ ވެރިކަމުގެ ނިޒާމާ ގުޅޭ ގޮތުން 25 ސެޕްޓެމްބަރު ދުވަހުގެ ކުރީގައި އެ ވޯޓު ނެންގެވުމަށް އެމަނިކުފާނު ދެކެވަޑައިގަންނަވާ ގޮތަކާއި، އަޅުގަނޑުމެންނަށް އެ ކަމުގައި އެހީތެރިވެވޭނެ ގޮތެއް އޮތްނަމަ އެ ވާހަކައަކާ،" ޑިމޮކްރެޓްސްގެ މެމްބަރުންނާ އެކު އިއްޔެ ބޭއްވެވި ބައްދަލުނަޝީދު ވިދާޅުވި އެވެ.