ރާއްޖެ މެޗަށް ބަންގްލަދޭޝް ވަރުގަދައަށް ތައްޔާރުވަނީ

4 ސެޕްޓެންބަރު 2023 - 07:54 2

ބެންގަލޫރުގައި ޖޫން މަހު ކުރިއަށް ދިޔަ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ އާއި ބަންގްލަދޭޝް ކުޅުނު މެޗުގެ ތެރެއިން.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު


ރާއްޖެ މެޗަށް ބަންގްލަދޭޝް ވަރުގަދައަށް ތައްޔާރުވަނީ

4 ސެޕްޓެންބަރު 2023 - 07:54 2

ފީފާ ވޯލްޑްކަޕް/އޭޝިއަން ކަޕް ޖޮއިންޓް ކޮލިފައިންގައި އަންނަ މަހު ރާއްޖެއާ ދެކޮޅަށް ކުޅެންޖެހޭ މެޗަށް ތައްޔާރުވުމުގެ ގޮތުން ބަންގްލަދޭޝް އިން އަފްގާނިސްތާނާ ދެކޮޅަށް އެކުވެރިކަމުގެ މެޗެއް ކުޅެފި އެވެ.

ވޯލްޑް ކަޕް ކޮލިފައިންގެ އޭޝިއާ ސަރަހައްދުގެ ފުރަތަމަ ބުރުގައި ރާއްޖެ އާއި ބަންގަލްދޭޝް ކުޅޭ ފުރަތަމަ މެޗު އޮންނާނީ އޮކްޓޫބަރު 12 ވަނަ ދުވަހު ގަލޮޅު ދަނޑުގަ އެވެ. ދެ ވަނަ މެޗު އޭގެ ހަފްތާއެއް ފަހުން އޮންނާނީ ބަންގަލްދޭޝްގަ އެވެ.

ބަންގްލަދޭޝުން މި ދެ މެޗަށް ތައްޔާރުވުންތައް ފަށާފައިވާއިރު، އިއްޔެ އެގައުމުން ވަނީ އަފްގާނިސްތާނާއި ދެކޮޅަށް އެކުވެރިކަމުގެ މެޗެއް ކުޅެފަ އެވެ. މި މެޗު ނިމުނީ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި 0-0 އިން އެއްވަރުވެގެންނެވެ. ބަންގްލަދޭޝް އިން އަފްގާނިސްތާނާ ދެކޮޅަށް އެކުވެރިކަމުގެ އިތުރު މެޗެއް އަންނަ ބުރާސްފަތި ދުވަހުވެސް ކުޅޭނެ އެވެ.

އޭގެ ފަހުން ގައުމީ ޓީމުން ކޯޗު ހާވިއޭ ކަބްރޭރާ ކަނޑައަޅާ ތާވަލާ އެއްގޮތަށް ފަރިތަކުރުންތައް ފަށާނެ އެވެ.

އިއްޔެ ކުޅުނު މެޗުގައި ކޯޗު ކަބްރޭރާ ބޭނުންކޮށްފައިވަނީ ސާފް ޗެމްޕިއަންޝިޕުގައި އެ ޓީމުން ބޭނުންކުރި ޓީމެވެ. ކަބްރޭރާ ވަނީ އަންނަ މަހު ރާއްޖެއާ ދެކޮޅަށް ކުޅޭ މެޗަށް އޭނާ މިވަގުތު ނަގާފައިވާ ސްކޮޑު ބަދަލުކުރުން ދުރު ކަމަށް ބުނެފަ އެވެ.

ޒަމާންވީ ވާދަވެރިންގެ ގޮތުގައި ފެނިފައިވާ ރާއްޖެ އާއި ބަންގްލަދޭޝް ވޯލްޑް ކަޕް ކޮލިފައިންގައި ވާދަކުރާއިރު، މިއަހަރުގެ ޖޫން މަހު ނިމުނު ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ވަނީ ބަންގްލަދޭޝް އަތުން ބަލިވެފަ އެވެ. މިއީ މިދިޔަ 20 އަހަރުގެ ތެރޭގައި ރާއްޖެ ބަންގަލްދޭޝް އަތުން ސާފް ޗެމްޕިއަންޝިޕްގައި ބަލިވި ފުރަތަމަ ފަހަރެވެ.

ވޯލްޑް ކަޕް ކޮލިފައިންއަށް ގައުމީ ޓީމުން ރަސްމީކޮށް ފަރިތަކުރުންތައް ފަށާނީ އޭއެފްސީ ކަޕްގައި ސެޕްޓެމްބަރު މަހު 19 ވަނަ ދުވަހު މާޒިޔާއިން ކުޅޭ މެޗަށް ފަހުގަ އެވެ. ނަމަވެސް އޭގެ ކުރިން މާޒިޔާ ޓީމްގައި ހިމެނޭ ގައުމީ ޓީމްގެ ކުޅުންތެރިން ފިޔަވައި، ބާކީ ތިބި ކުޅުންތެރިން 19 އަހަރުން ދަށުގެ ގައުމީ ޓީމާއިއެކު ފަރިތަކުރާނެކަމަށް އެފްއޭއެމުން މައުލޫމާތުދެ އެވެ.

0.00%

66.67%

33.33%

0.00%

މި ލިޔުން ކިޔާލުމުން


ސައިޚް

over 1 year ago

ރާއްޖެ ނުވާނެ މޮޅެއް، މިހާރު ރާއްޖޭގެ ފުޓުބޯޅަ މިއޮތީ ވަރަށްބޮޑައް ދަށައްގޮއްސަ، އިތުރު ބުރަ މަސައްކަތްތަކެއް ކުރެވިއްޖެއްޔާ 2 އަހަރެއް ފަހުން ރަނގަޅުވެދާނެ،

ކަނީރު

over 1 year ago

ރާއްޖެއަކަށް ފަރިތަކުރުންތަކެއް ބޭނުމެއް ނުވާނެ. ހަފުތާއެއްހާދުވަހަށްވީމާ ދެޕުރެކުޓިހަކާ ދެޖަލްސާއެއް ބޭއްވީމާ ފުދޭނެ. މޮޅަށްކުޅެ އިތުރުތަޖުރިބާ ހޯދާނެކަން ހަމަ ޔަގީން.