26 އޮގަސްޓު 2023 - 06:04 0
ސްވިޑަންގައި ގުރުއާން އަންދާލުމާއެކު، ޑެންމާކުގައި އެކަމާ ދެކޮޅަށް އެތައް ހާސް ބަޔަކު އަޑު އުފުލަނީ. -- ފޮޓޯ: ރޮއިޓާސް
26 އޮގަސްޓު 2023 - 06:04 0
ގުރުއާން އެންދުމަކީ ޑެންމާކުގައި ޖިނާއީ ކުށެއްގެ ގޮތުގައި ކަނޑައެޅަން އެ ގައުމުގެ ސަރުކާރުން ނިންމައިފި އެވެ.
ޑެންމާކާ އަވަށްޓެރި ސްވިޑަންގައި ދާދި ފަހުން ގުރުއާން އެންދުމާ ގުޅިގެން އެ ގައުމުގެ ސަލާމަތީ ކަންކަން ވަރުގަދަ ކުރިއިރު، ޑެންމާކުގައި ވެސް ސަލާމަތީ ކަންކަން އިތުރުކުރި އެވެ.
ޑެންމާކުގެ ޖަސްޓިސް މިނިސްޓަރު ޕީޓާ ހުކުރު ދުވަހު ވިދާޅުވީ ދީނީ ތަކެއްޗާމެދު އިހާނެތިކޮށް އަމަލުކުރުން މަނާކުރާ ބިލެއް ސަރުކާރުން ހުށަހަޅާނެ ކަމަށެވެ. އެ ބިލްގެ މައިގަނޑު ބޭނުމަކީ އާންމު ތަންތަނުގައި އެފަދަ ތަކެތި އެންދުމާއި އިހުތިރާމް ކުޑަ އަމަލު ކުރުން ހުއްޓުވުމެވެ.
މުސްލިމުންގެ މުގައްދަސް މުސްހަފު ގުރުއާން އެންދުމަކީ ޑެންމާކުގެ މަސްލަތަކަށް ގެއްލުންވާ އަމަލެއް ކަމަށް ޕީޓާ ވިދާޅުވި އެވެ.
އެހެންވެ، ގުރުއާން އެންދުން މަނާވެގެންދާ ބިލް ހިމަނާނީ އެ ގައުމުގެ ގާނޫނު އިގޫބާތުގައި "ގައުމީ ސަލާމަތާ ބެހޭ" ބާބުގަ އެވެ.
އެ ގާނޫނާއެކު އެހެން ދީންތަކުގެ މުސްހަފުތައް އެންދުން ވެސް މަނާވެގެންދާނެ އެވެ.
Comment