Advertisement

ނޭމާ އަލް ހިލާލަށް ވިއްކާލަން ޕީއެސްޖީން އެއްބަސްވެއްޖެ

15 އޮގަސްޓު 2023 - 08:36 0


ނޭމާ އަލް ހިލާލަށް ވިއްކާލަން ޕީއެސްޖީން އެއްބަސްވެއްޖެ

15 އޮގަސްޓު 2023 - 08:36 0

ޕެރިސް (އޮގަސްޓް 15) - ޕީއެސްޖީ އަށް ކުޅެމުންދާ ބްރެޒިލްގެ ފޯވަޑް ނޭމާ ސައުދީ އަރަބިއްޔާ އަލް ހިލާލަށް ވިއްކާލުމަށް ޕީއެސްޖީން އެއްބަސްވެއްޖެ އެވެ.

މީޑިއާ ރިޕޯޓްތަކުން ބުނާގޮތުގައި ނޭމާ ،31، އަލް ހިލާލަށް ވިއްކާލަން ޕީއެސްޖީން އެއްބަސްވީ 90 މިލިއަން ޔޫރޯގެ ފީއަކަށެވެ.

ދުނިޔޭގެ ރެކޯޑް ޓްރާންސްފާ ފީއަކަށް ބާސެލޯނާ އިން 2017 ވަނަ އަހަރު ޕީއެސްޖީ އަށް ބަދަލުވި ނޭމާ އަކީ ޕީއެސްޖީގެ އާ ކޯޗު ލުއިސް އެންރީކޭގެ ރޭވުންތަކުގައި ހިމެނޭ ކުޅުންތެރިއެއް ނޫނެވެ. ފްރާންސް ލީގުގައި ހޮނިހިރު ދުވަހު ޕީއެސްޖީ ކުޅުނު މެޗަށް ނެގި ސްކޮޑުގައި ވެސް ނޭމާ ނުހިމެނެއެވެ.

ޕީއެސްޖީ އަށް ނޭމާ 173 މެޗު ކުޅެފައިވާއިރު، އޭނާ ވަނީ އެ ޓީމާއެކު 13 ތަށި ހޯދައިފައެވެ. އޭގެ ތެރޭގައި ފްރާންސް ލީގުގެ ފަސް ތަށި ވެސް ހިމެނެއެވެ.

އެކަމަކު ޕީއެސްޖީގައި ނޭމާ ހޭދަކުރި އަހަރުތަކުގައި އޭނާ އަށް އަނިޔާގެ ގިނަ މައްސަލަތަކެއް ވަނީ ކުރިމަތިވެފައެވެ.