Advertisement

ޔާމީން އެދުނު ގޮތަށް އިންތިހާބު ބޮއިކޮޓް ކުރަން ޕީޕީއެމް ސެނެޓުން ފާހެއްނުވި

6 އޮގަސްޓު 2023 - 15:43 0

ހަސަން މުހައްމަދު

ހަސަން މުހައްމަދު

ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަދި ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލް ތޮލާލް މިއަދުގެ ސެނެޓު ބައްދަލުވުމުގައި. ޔާމީން އެދުނު ގޮތަށް ފާހެއް ނުވޭ ---- ފޮޓޯ: މިރާން ނާޝިމް/އަދަދު


ޔާމީން އެދުނު ގޮތަށް އިންތިހާބު ބޮއިކޮޓް ކުރަން ޕީޕީއެމް ސެނެޓުން ފާހެއްނުވި

6 އޮގަސްޓު 2023 - 15:43 0

ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަ ނުކުރެއްވޭތީ އެ އިންތިހާބު އިދިކޮޅު ޕީޕީއެމްއިން ބޮއިކޮޓް ކުރަން އެމަނިކުފާނު އެންގެވުމުން ޕާޓީގެ ސެނެޓުގައި މިއަދު އެކަމަށް ނެގި ވޯޓު ފެއިލްވެއްޖެ އެވެ.

މިއަދު ބޭއްވި ސެނެޓުގެ ބައްދަލުވުމުގައި އިންތިހާބު ބޮއިކޮޓް ކުރަން ވޯޓު ދިނީ 45 ސެނެޓަރުންނެވެ. އިންތިހާބުގައި ބައިވެރިވާން 67 ވޯޓު ލިބުނެވެ. ޖުމްލަ 126 ސެނެޓަރަކު ޖަލްސާއަށް ހާޒިރުވި އެވެ. ނަމަވެސް, ހުރިހާ މެމްބަރުން ވޯޓުގައި ބައިވެރިއެއް ނުވެ އެވެ.

އިންތިހާބުގައި ޕީޕީއެމްއިން ޕާޓީން ބައިވެރިވާން ނިންމި ނަމަވެސް އަދި މިހާތަނަށް ކެންޑިޑޭޓަކު ކަނޑައަޅާފައެއް ނުވެ އެވެ.

ޔާމީނަށް ވާދަ ނުކުރެއްވޭ ހާލަތެއްގައި ޕީޕީއެމްގެ ކެންޑިޑޭޓަކު ނެރުމަށް ފުރުސަތެއް ދޭން އެ ޕާޓީން ސުޕްރީމް ކޯޓުގައި އެދުނެވެ. އިންތިހާބަށް ކުރިމަތިލުމުގެ ސުންގަޑި މާދަމާގެ ނިޔަލަށް ހަމަވާއިރު، ޔާމީނަށް ވާދަ ނުކުރެއްވޭ ހާލަތެއްގައި ނިކުންނެވުމަށް ޕީއެންސީގެ ކެންޑިޑޭޓް މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ހުންނެވީ ތައްޔާރަށެވެ.

ހުކުމެއް ތަންފީޒު ކުރަމުންދާ މީހަކަށް ނުވުމާއި އެމީހެއްގެ މައްޗަށް ސާބިތު ދަރަންޏެއް ނެތުމަކީ ރައީސުލްޖުމްހޫރިއްޔާކަމުގެ ޝަތުރުތަކުގެ ތެރެއިން ދެ ޝަރުތެވެ.

އޭގެ އިތުރުން، ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވަނީ އެމްޑީޕީގެ ކެންޑިޑޭޓް އަދި މިހާރު ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ދަ ޑިމޮކްރެޓްސްގެ އިލްޔާސް ލަބީބާއި ޖުމްހޫރީ ޕާޓީގެ ގާސިމް އިބްރާހިމެވެ. އޭގެ އިތުރުން މޯލްޑިވްސް ނެޝަނަލް ޕާޓީގެ މުހައްމަދު ނާޒިމާއި މޯލްޑިވްސް ރިފޯމް މޫވްމަންޓުގެ ފާރިސް މައުމޫނާއި ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވެސް އިންތިހާބުގައި ވާދަ ކުރައްވަ އެވެ.