ހުލާސާކޮށް އިއްޔެ: ކެންޑިޑޭޓެއް ނެރުމަށް ޕީއެންސީގެ ސެނެޓު ބާއްވަނީ

3 އޮގަސްޓު 2023 - 01:39 0

ޕީޕީއެމް އާއި ޕީއެންސީގެ އިސް ވެރިން. -- ފޮޓޯ: އަދަދު


ހުލާސާކޮށް އިއްޔެ: ކެންޑިޑޭޓެއް ނެރުމަށް ޕީއެންސީގެ ސެނެޓު ބާއްވަނީ

3 އޮގަސްޓު 2023 - 01:39 0

ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ރިޔާސީ އިންތިހާބުގައި ވާދަނުކުރެވޭ ހާލަތުުގައި، ޕީޕީއެމާއެކު ކޯލިޝަން ހަދާފައިވާ ޕީއެންސީން ކެންޑިޑޭޓަކު ނެރުމަށް އެމަނިކުފާނު އަންގަވާފައިވާތީ އެ ޕާޓީގެ ސެނެޓް މެންބަރުން މިއަދު ބައްދަލުވާނެ އެވެ.

"އަދަދު" ނޫހަށް އެނގިފައިވާ ގޮތުގައި ޕީއެންސީގެ ލީޑާޝިޕުން ސެނެޓު މެންބަރުންނަށް ވަނީ މިއަދުގެ ބައްދަލުވުމުގެ އެޖެންޑާ ފޮނުވައިފަ އެވެ. އެޖެންޑާގައި ވަނީ، އިންތިހާބަށް ކުރިމަތިލުމުގެ ވަގުތު ކުޑަތަންވެފައިވާތީ އަސާސީ ގަވާއިދަށް ގެންނަން ޖެހޭ ބަދަލުތައް ގެންނަން މަޝްވަރާ ކުރުމެވެ.

އެ ބައްދަލުވުން އޮންނާނީ މިއަދު ހެނދުނު 10:00 ގަ އެވެ.

ޕީއެންސީގެ ސެނެޓު މެންބަރަކު މި ކަން ޔަގީންކޮށްދެއްވަމުން ވިދާޅުވީ ވިސްނުން އޮތީ ސެނެޓުން ކެންޑިޑޭޓަކު ކަނޑައެޅޭ ގޮތަށް ނޫނީ ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޔާމީނަށް އެ އިހުތިޔާރު ދޫކޮށްލައްވަން ފެންނަ ކަމަށް ފާސްކުރުމަށެވެ.

"ޕީޕީއެމް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓަކީ ރައީސް ޔާމީން، އެހެންކަމުން އެމަނިކުފާނު އެ ކަމުގައި ގޮތެއް ނިންމަވަން ދޫކޮށްލައްވަން ވެސް އެބަ ބޭނުންވޭ،" މެންބަރު ވިދާޅުވި އެވެ.

ޔާމީނަށް އިއްވާފައިވާ ޖަލު ހުކުމުގެ އިސްތިއުނާފު ހައި ކޯޓުގައި އޮތީ މަޑުޖެހިފަ އެވެ. އިސްތިއުނާފު އަވަސް ކުރަން ކަނޑައަޅައިދިނުމަށް އެދި ސުޕްރީމް ކޯޓަށް ދެ ފަހަރު މަތިން ދުސްތޫރީ މައްސަލައެއް ހުށަހެޅި ނަމަވެސް އެ މައްސަލަތައް ކޯޓަށް ބަލައިނުގަތެވެ.

އެންމެ ފަހުން ރަނިން މޭޓުގެ ގޮތުގައި ޔާމީންގެ ފުރަތަމަ ނައިބު އަދި މިހާރު އެމަނިކުފާނުގެ އިސް ވަކީލެއްގެ ގޮތުގައި ހުންނެވި ޑރ. މުހައްމަދު ޖަމީލު އަހުމަދު ކަނޑައެޅުއްވުމަށް ފަހު ޔާމީނާއި ޖަމީލުގެ ނަން ހިމެނޭ ކެންޑިޑެސީ ފޯމު ވަނީ ހުށަހަޅުއްވައިފަ އެވެ.

ކެންޑިޑެސީ ބަލައިނުގަތުމަށް އީސީން ނިންމުމުން، އެ މައްސަލަ ވަނީ ސުޕްރީމް ކޯޓަށް ވައްދައިފަ އެވެ. ޔާމީންގެ ވަކީލުން ހުށަހަޅާފައިވާ ގާނޫނީ ނުކުތާތަކުގެ ރައްދު ހުށަހަޅަން ސުޕްރީމް ކޯޓުން ވަނީ މިއަދު ހަވީރު 3:00 ގެ ނިޔަލަށް ފުރުސަތު ދީފަ އެވެ.

ކެންޑިޑެސީގެ މައްސަލަ ޔާމީނާ އެއްކޮޅަށް ނުނިމިއްޖެ ހާލަތެއްގައި އަމަލުކުރާނެ ގޮތެއް ހަމަޖައްސަން ޕީއެންސީގެ ސެނެޓް މެންބަރުން މިއަދު ބައްދަލުވާއިރު ޕީޕީއެމް/ޕީއެންސީގެ ލީޑާޝިޕްގައި ރިޔާސީ ޓިކެޓަށް ޝައުގުވެރިވާ އެކި ބޭފުޅުން އެބަ ތިއްބެވި އެވެ.

މުހިންމު ބައެއް ހަބަރުތައް

ދުވަހުގެ ކޯޓޭޝަން

ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ހދ. ހަނިމާދޫގައި މިރޭ ބޭއްވި ޖަލްސާގައި ރޭ ރައީސް ސޯލިހު ވިދާޅުވީ އިދިކޮޅު ޕީޕީއެމްގެ ޓިކެޓުގައި ކޮންމެ ބޭފުޅަކު ވެރިކަމަށް ގެނަޔަސް މި ފަސް އަހަރުގެ ތެރޭގައި ގެނެވުނު ސިޔާސީ ހަމަޖެހުން ގެއްލޭނެ ކަމަށެވެ.

ޓެސްޓު ކުރެވިފައި މި އޮތީ، މި ސަރުކާރާއި ކުރީގެ ސަރުކާރު، ޕީޕީއެމުން ކޮންމެ މީހަކު ކެންޑިޑޭޓެއްގެ ގޮތުގައި ނުކުތް ނަމަވެސް ތަންފީޒުކުރާނީ ޕީޕީއެމްގެ ސިޔާސަތު، އެއްވެސް ކަމެއް އެ ދުވަހު ސަރުކާރަކަށް ނުކުރެވޭ ހިޔާލުތަފާތުވާ މީހަކު ޖަލަށް ލައިގެން ނޫނީ،"

ދުވަހުގެ ފޮޓޯ

ރައީސް ސޯލިހަށް ށ. މިލަންދޫން މަރުހަބާ ކިޔަން ނުކުމެއް ތިބި މީހުން. -- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު