Advertisement

ރަށު މީހުންގެ ވޯޓު ހޯއްދަވަން ފައިސަލްގެ ޖަޒުބާތީ ވާހަކަކޮޅެއްް

30 ޖުލައި 2023 - 20:49 2

މުހައްމަދު ނަސީމް

މުހައްމަދު ނަސީމް

ނައިބު ރައީސް ފައިސަލް ނަސީމަށް މަރުހަބާ ދަންނަވަން އައި ބަޔަކާ ވާހަކަ ދައްކަވަނީ. ފޮޓޯ: މިރާޝް ނާސިމް/އަދަދު


ރަށު މީހުންގެ ވޯޓު ހޯއްދަވަން ފައިސަލްގެ ޖަޒުބާތީ ވާހަކަކޮޅެއްް

30 ޖުލައި 2023 - 20:49 2

އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓްގެ ހައިސިއްޔަތުން ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ކުރައްވާ ކެމްޕޭނުގައި މިއަދު ފުވައްމުލަކަށް ވަޑައިގެންނެވުމުގެ ކުރިން ނައިބު ރައީސް ފައިސަލް ނަސީމު މިރަށަށް ވަޑައިގެންނެވި އެވެ. ރައީސަށް މަރުހަބާ ދަންނަވަން މީހުން ސަފު ހަދަމުން ގެންދިޔަ އިރު އޭނާ ގެންދެވީ އެއްވެ ތިބި މީހުންނާ ސަލާމްކުރައްވައި އެކި މީހުންނާ ވަކިވަކިން ވާހަކަ ދައްކަވަމުންނެވެ. އެއާ އެކު ހަރު އުމުރުގެ މީހުންތަކެއް އޭނާގެ ގާތަށް ޖަމާވި އެވެ.

މީސްމީހުންނާ ވަަކިވަކިން ދައްކަވަމުން ގެންދެވި ވާހަކަގައި އެހިސާބުން ތަގުރީރެއްގެ ސިފަ ޖެހުނެވެ.

"ހަމަ ބެނީ ކޯލީ, ހަމަ ބެނީ ކޯލީ" [ހަމަ ބުނީ ކޮށްލީ، ހަމަ ބުނީ ކޮށްލީ]،" ފުވައްމުލަކުގެ ކަމެއް ހައްލުކުރަން ރަށު މީހަކު ގުޅައިފިއްޔާ ކަންތައް ވަމުން އައި ގޮތް ސިފަކޮށްދެއްވަން އޭނާ ވިދާޅުވި އެވެ.

ހަމަ ބުނާ އިރަށް ކޮށްލި ކަމަށް އޭނާ އެ ވިދާޅުވި ވާހަކަ އަކީ ފުވައްމުލަކު މާނޭރޭ ސަރަހައްދުގައި މޫދަށް އެރި އުޅުނު ކުއްޖަކު މަރުވުމުން އެ ސަރަހައްދުގެ ހަތަރު ނެރެއްގައި ތިން ފައިކަށި ގާ ޖަހައި ބަންދުކޮށްލި މަސައްކަތުގެ ވާހަކަ އެވެ.

އޭނާ ވިދާޅުވީ ރައްޔިތުންނަށް ހިދުމަތް ކުރުން ފިޔަވައި، "ދުނިޔެ ވޭނޑުމުގެ އިތިރި ބޭނުމެއް ނެތް" ކަމަށެވެ. އެއާ އެކު އެދިވަޑައިގެންނެވީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އެއްބުރުން ހޮވަން މަސައްކަތް ކޮށްދިނުމަށެވެ.

ރައީސް ވަޑައިގެންނެވުމާ ދިމާކޮށް މިރަށުގައި މިއަދު އިދިކޮޅު ޕީޕީއެމްގެ މެމްބަރުުން ކުރި މުޒާހަރާއަށް ވެސް ފައިސަލް އަލިއަޅުއްވައިލެއްވި އެވެ. އޭނާ ސިފަކުރެއްވި ގޮތުގައި އެއީ ބޭކާރު ގޮތުގައި ކުރިކަމެކެވެ.

"އެ ބޭކާރޮ ގޮތެއި ވޭޑާ މީހުންނާސް ހެއު ވިސްނުން އަފުން އަދަސް ބޭނުންވެނީ [އެ ބޭކާރު ގޮތުގައި އުޅޭ މީހުންނަށް ވެސް ހެޔޮ ވިސްނެން އަހަރެން މިއަދު ވެސް ބޭނުން ވެނީ]،" ފައިސަލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ރަށުގައި ހުރި އަމިއްލަ ގެ ވެސް ވީވަރަކުން [ރަނގަޅަށް] ހަދާފައި އެހެރީ ރަށް ދޫކުރައްވައި ވަޑައިނުގަންނަވަން ވެގެންނެވެ. އެއީ ރަށް ދެކެ ވެވަޑައިގަންނަވާ ލޯބި ކަމަށް ވެސް ސިފަކުރެއްވި އެވެ.