Advertisement

އިލްޔާސްގެ ރަނިން މޭޓަކަށް އީވާ އަބްދުﷲ ހަމަޖައްސަނީ

30 ޖުލައި 2023 - 12:25 4

އަހުމަދު އާއިދު

އަހުމަދު އާއިދު


އިލްޔާސްގެ ރަނިން މޭޓަކަށް އީވާ އަބްދުﷲ ހަމަޖައްސަނީ

30 ޖުލައި 2023 - 12:25 4

ދަ ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓް އިލްޔާސް ލަބީބުގެ ރަނިން މޭޓަކަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ހަަޖައްސަން ނިންމައިފި އެވެ.

ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓް އިލްޔާސްގެ ނައިބަކަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ތިމާގެ ބޭކަނބަލެއް ކަމަށްވާ އީވާ، 45، ހަމަޖައްސަން ނިންމާފައިވާ ކަމަށް އެ ޕާޓީއަށް ނިސްބަތްވާ މަޖިލީހުގެ މެމްބަރަކު "އަދަދު" އަށް ކަށަވަރުކޮށްދެއްވި އެވެ.

އިލްޔާސްގެ ރަނިން މޭޓަނަށް އީވާ ހަމަޖައްސަން ނިންމިއިރު އޭނާ މަޖިލީހުގެ ނައިބު ރައީސްގެ މަގާމުން ދުރުކުރުމަށް ވެރިކަން ހިންގާ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީގެ ޕީޖީ ގްރޫޕުން ވަނީ މަޖިލީހަށް މައްސަލައެއް ވެސް ވައްދާފަ އެވެ.

ނަމަވެސް މަޖިލީހުގެ ރައީސްގެ މަގާމުގައި ހުންނެވި މުހައްމަދު ނަޝީދުގެ އިތުބާރުނެތްކަމުގެ މައްސަލަ ވެސް އޮތުމާއެކު މަޖިލިސް ހިންގުމަށް ހުރަސްއެޅި، މަޖިލިސް ޗުއްޓީއަށް ގޮސްފައިވަނީ އެ ދެ މައްސަލައަށް ވެސް ގޮތެއް ނުނިންމަ އެވެ.

މިއީ އީވާ ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ ގޮނޑީގައި އީވާ އިންނަވާ ތިން ވަނަ ދައުރެވެ. އީވާއަކީ 2000 ގެ ކުރީކޮޅު ރާއްޖެއަށް ގެނައި ސިޔާސީ އިސްލާހީ ބަދަލު ގެނައި ހަރަކާތްތަކުގައި އިސްކޮށް އުޅުއްވާ، އެމްޑީޕީ އުފެއްދުމުގައި ވެސް އިސްކޮށް އުޅުއްވި ބޭކަނބަލެކެވެ.

އީވާ ކިޔަވައިވިދާޅުވީ އިނގިރޭވިލާތުންނެވެ. ފުރަތަމަ ޑިގްރީ ނެންގެވީ ކެންޓް ޔުނިވާސިޓީން، ޕޮލިޓިކްސް އެންޑް ގަވަމަންޓުންނެވެ. މާސްޓާސްގެ ހެއްދެވީ ވޮރިކް ޔުނިވާސިޓީން ޕޮލިޓިކްސް އެންޑް އިންޓަނޭޝަނަލް ރިލޭޝަންސްގެ ދާއިރާއިންނެވެ.

އަންނަ ސެޕްޓެމްބަރު 9، ގައި ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ޖުމްހޫރީ ޕާޓީގެ ގާސިމް އިބްރާހިމާއި މޯލްޑިވްސް ނެޝަނަލް ޕާޓީގެ މުހައްމަދު ނާޒިމް ކުރިމަތިލައްވަ އެވެ.

އެންމެ ބޮޑު އިދިކޮޅު ޕާޓީ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް އިން ބުނަނީ އެ ޕާޓީގެ ކެންޑިޑޭޓަކީ ކޮރަޕްޝަންގެ މައްސަލައެއްގައި 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންދާ ކުރީ ރައީސް ޔާމީން ކަމަށެވެ.