Advertisement

ނަޝީދު، ގާސިމް އަދި ނާޒިމް މިއަދު ކުނޫޒުގައި ބައްދަލުކުރައްވަނީ

19 ޖުލައި 2023 - 11:12 0

އަހުމަދު އާއިދު

އަހުމަދު އާއިދު

އެމްއެންޕީގެ ލީޑަރު މުހައްމަދު ނާޒިމް (ކ)، މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު، ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމް (ވ)، : އެ ތިން ބޭފުޅުން މިއަދު ބައްދަލުކުރައްވާނެ -


ނަޝީދު، ގާސިމް އަދި ނާޒިމް މިއަދު ކުނޫޒުގައި ބައްދަލުކުރައްވަނީ

19 ޖުލައި 2023 - 11:12 0

ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމް، އަދި އެމްއެންޕީގެ ލީޑަރު މުހައްމަދު ނާޒިމް، އާ ސިޔާސީ ޕާޓީއެއް އުފައްދަވައިގެން މަސައްކަތް ކުރައްވަމުން ގެންދަވާ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާ ބައްދަލުކުރައްވާކަން ހާމަވެއްޖެ އެވެ.

ތިން ލީޑަރުންގެ މި ބައްދަލުވުން ކުރިއަށް ދާނީ ޖޭޕީގެ މައި ހަރުގެ، މ.ކުނޫޒު ގައި ކަން "އަދަދު" އަށް ވަނީ ކަށަވަރުވެފަ އެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި މި ބައްދަލުވުމަށް ނަޝީދު އަދި ނާޒިމް ކުނޫޒަށް ވަޑައިގަންނަވާނީ މެންދުރުފަހު 1:00 ގަ އެވެ.

ނާޒިމާއި ގާސިމް އިއްޔެވެސް ބައްދަލުކުރެއްވި އެވެ. ގާސިމުގެ ސަން އައިލެންޑު ރިސޯޓުގައި ކުރިއަށްދިޔަ އެ ބައްދަލުވުމުގައި މަޝްވަރާކުރި ކަންކަމުގެ މާބޮޑު ތަފުސީލެއް ދެ ޕާޓީންވެސް ހާމަކޮށްފައެއް ނުވެ އެވެ. ނަމަވެސް ދެކެވުނީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގެ ވާހަކަ ކަމަށް ޖޭޕީން ވަނީ ބުނެފަ އެވެ.

މްއެންޕީ އުފެއްދުމުގެ ކުރިން ނާޒިމް ހަރަކާތްތެރިވީ ގާސިމްގެ ޖޭޕީގަ އެވެ. ޖުމްހޫރީ ޕާޓީން ވަކިވެ, އާ ޕާޓީއެއް އުފައްދަން ޖެހުނީ ޖުމްހޫރީ ޕާޓީއަކީ ނިދާފައި އޮތް ޕާޓީއަކަށްވެފައި, އެ ޕާޓީން ކުރިއެރުމެއް ނުލިބޭނެތީ ކަމަށް ނާޒިމް މީގެކުރިން ވިދާޅުވެފައިވެ އެވެ.

މިހާރުގެ ސަރުކާރު ކޯލިޝަނުގައިވެސް އޮތް ޖޭޕީއިން އެމްޑީޕީއާ އެކު ކޯލިޝަން ހަދައިގެން 2023 ގައި ވާދަކުރުމުގެ ދައުވަތު ވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ގާސިމަށް ދެއްވި އެވެ. އެކަމަކު ޖޭޕީގެ ކޮންގްރެސްއިން ނިންމީ އިންތިހާބުގައި ވަކިން ވާދަކުރާށެވެ. ޖޭޕީގެ ރިޔާސީ ޓިކެޓާއި ހަވާލުވެވަޑައިގެން ގާސިމް ވެސް ވަނީ ކެމްޕެއިން ފައްޓަވާފަ އެވެ.

ގާސިމާއި ނާޒިމަކީ، ނަޝީދުގެ ވެރިކަން ވައްޓާލުމުގައިވެސް އެންމެ އިސްކޮށް ހަރަކާތްތެރިވި ދެ ސިޔާސީ ލީޑަރުންނެވެ.

ނަޝީދު ވަކިން ޕާޓީއެއް އުފައްދަވަން މަސައްކަތް ކުރެއްވީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ލިބުނު ނާކާމިޔާބީއާ އެކު އެވެ. އެމްޑީޕީގެ ރައީސް ކަމުގައި ހުންނަވާ އުފެއްދި ޑިމޮކްރެޓްސްއާ ނަޝީދު ގުޅުނީ ރަސްމީކޮށް ރަޖިސްޓްރީ ކުރެވުމުންނެވެ. އެ ޕާޓީންވެސް ރިޔާސީ އިންތިހާބަށް ކެންޑިޑޭޓެއް ނެރޭނެކަން ވަނީ އިއުލާންކޮށްފަ އެވެ.

ޕާޓީ އުފެއްދެވި ޖަލްސާގަ ނަޝީދު ވަނީ އިދިކޮޅު ޕާޓީތަކުން އެއްބަސްވެވޭ ކެންޑިޑޭޓެއް ނެރުމުގެ ހިޔާލު ހިއްސާކުރައްވާފަ އެވެ. ބެލެވޭ ގޮތުގައި މިއަދުގެ ބައްދަލުވުމުގައިވެސް އެ ތިން ލީޑަރުން، ރިޔާސީ އިންތިހާބުގަ އެކުގައި މަސައްކަތް ކުރުމަށް މަޝްވަރާކުރާނެ އެވެ.