Advertisement

އެމެރިކާ ދަތުރުގެ ހަރަދު ހާމަކުރަން ކުރި ހުކުމް ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކޮށްފި

6 ޖުލައި 2023 - 19:49 1

ރައީސް ސޯލިހު 2021 ވަނަ އަހަރު އދ. އާންމު މަޖިލީހުގައި ތަގުރީރުކުރައްވަނީ. -ފައިލް ފޮޓޯ: ރައީސް އޮފީސް


އެމެރިކާ ދަތުރުގެ ހަރަދު ހާމަކުރަން ކުރި ހުކުމް ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކޮށްފި

6 ޖުލައި 2023 - 19:49 1

އދ.ގެ 76 ވަނަ އާންމު މަޖިލީހުގައި ތަގުރީރުކުރެއްވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނިއުޔޯކަށް ކުރެއްވި ދަތުރުފުޅުގެ ހަރަދުތައް ހާމަކުރުމަށް ތާއީދުކޮށް ހައިކޯޓުން ކުރި ހުކުމް ސުޕްރީމް ކޯޓުގައި އިސްތިއުނާފުކޮށްފި އެވެ.

ބަންޑާރަ ނައިބުގެ އޮފީހުން މިއަދު ބުނީ މި މައްސަލަ އިސްތިއުނާފު ކުރުމަށް މި މަހުގެ ދެ ވަނަ ދުވަހު ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ ކަމަށެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އެ ދަތުރުފުޅުގައި ސަރުކާރުގެ ވަފުދާއެކު ކުރި ހަރަދު ހާމަކުރަން އިންފޮމޭޝަން ކޮމިޝަނުން އެންގެމުން ދައުލަތުން ވަނީ ހައިކޯޓުގައި އިސްތިއުނާފުކޮށްފަ އެވެ. އެހެންނަމަވެސް ހައިކޯޓުން ވެސް ނިންމާފައިވަނީ ދައުލަތާ ދެކޮޅަށެވެ.

މި ހަރަދުތައް ހާމަކުރުމަށް ރައީސް އޮފީހުން ދެކޮޅު ހަދާފައިވަނީ ދަތުރުގައި ބައިވެރިވެވަޑައިގެންނެވި ބޭފުޅުންގެ ޒާތީ މައުލޫމާތުތައް ހާމަވެދާނެ ކަމަށާއި ރައީސުލްޖުމްހޫރިއްޔާގެ ފުރާނަފުޅަށް ނުރައްކާވުމަކީވެސް މައުލޫމާތު ހާމަކުރުމުން ކުރިމަތިވުމުގެ އިހުތިމާލު އޮތްކަމެއް ކަން ފާހަގަކޮށެވެ.

އެހެންނަމަވެސް ހައިކޯޓުން މިދިޔަ މެއި މަހުގެ 25 ވަނަ ދުވަހު ކުރި ހުކުމުގައި ވަނީ ގާނޫނުގެ ދަށުން ދޫނުކޮށް ހިފަހެއްޓޭނެ މައުލޫމާތުކަމަށް ބުނެފައިވާ މައުލޫމާތެއް ލިޔުމެއްގައި ހިމެނޭނަމަ އެ މައުލޫމާތެއް އުނިކުރުމަށްފަހު އެ ލިޔުމެއް ހާމަކުރުމަށް އަންގައިފަ އެވެ.

އެފަދަ ޒާތީ މައުލޫމާތެއް އެކުލެވޭތީ މައުލޫމާތު އެކީ ހިފަހައްޓާނަމަ ވަރަށް ބޮޑަށް މައުލޫމާތު ލިބިގަތުމުމުގެ ހައްގަށް ހުރަސް އެޅިގެން ދާ ކަން ވެސް ފާހަގަކޮށްފައިވެ އެވެ.