Advertisement

ހުޅުމާލޭގެ ރެޑްވޭވް މެގަމޯލް ކައިިރިން ޕާކިން ޖާގަ ދޫކުރަނީ

21 މޭ 2023 - 11:59 0

ނިމާ ހަސަން

ނިމާ ހަސަން

ހުޅުމާލެއިން ޕާކިން ޖާގަ ދޫކުރަން ހަމަޖެހިފައިވާ އުނިމާ ޕާކިން ޒޯނު -- ފޮޓޯ: އާބަންކޯ


ހުޅުމާލޭގެ ރެޑްވޭވް މެގަމޯލް ކައިިރިން ޕާކިން ޖާގަ ދޫކުރަނީ

21 މޭ 2023 - 11:59 0

ހުޅުމާލޭގެ ރެޑްވޭވް މޯލް ކައިރީގައި ހަދާފައި ހުރި އުނިމާ ޕާކިން ޒޯނުން ޖާގަ ދޫކުރަން ސަރުކާރުން އިއުލާންކޮށްފި އެވެ.

އާބަންކޯއިން މިދިޔަ ބުދަ ދުވަހު އިއުލާނުކުރީ އުނިމާ ޕާކިން ޒޯނުގައި ހުހަށް ހުރި ޖާގަތައް އެއް އަހަރު ދުވަހުގެ މުއްދަތަށް ކުއްޔަށް ދިނުމަށެވެ. އެގޮތުން, ބީލަމުގެ އުސޫލުން 10 ޖާގަ ދޫކުރަން ވަނީ ހަމަޖެހިފަ އެވެ.

އެ ޕާކިން ޒޯނުތައް ބީލަމަށް ހުޅުވާލާފައިވާއިރު, ބީލަން ފެށޭ އަގަކީ 1500ރ. ކަމަށް އާބަންކޯ އިން ބުނެ އެވެ.

އެ ޒޯނުން ޕާކިންއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ޕާކިން ދިނުމަށް ހަމަޖެހިފައި ވަނީ ޕޮއިންޓް ސިސްޓަމް އުސޫލުންނެވެ. އެގޮތުން, ޕޮއިންޓު ދިނުމުގައި އުނިމާ ޕާކިން ޒޯނު ހުންނަ ސަރަހައްދުގައި ދިރިއުޅޭ މީހުންނަށް އިސްކަން ދިނުމުގެ ގޮތުން އެ މީހުންނަށް 20 ޕޮއިންޓް ކަނޑައަޅާފައިވެ އެވެ. ބާކީ 80 ޕޮއިންޓު ދޭނީ ބީލަމުގެ ގޮތުގައި ހުށަހަޅާ އަގަށެވެ.

އެ ބީލަމުގައި ބައިވެރިވުމުގެ ޝަރުތުތަކުގެ ތެރޭގައި އުމުރުން 18 އަހަރުން މަތީގެ ދިވެއްސަކަށް ވުމާއި ޕާކު ކުރަން ބޭނުންވާ ކާރަކީ އޭނާގެ އަމިއްލަ ނަމުގައި ރަޖިސްޓްރީ ކޮށްފައިވާ ކާރަކަށްވުން ހިމެނެ އެވެ. އަދި މީގެ ކުރިން އާބަންކޯއިން އެއްވެސް ޕާކިން ސްލޮޓެއް ކުއްޔަށް ހިފަފައިވާ މީހަކަށް ވެގެން ނުވާނެ އެވެ.

އާބަންކޯއިން ބުނީ ޕާކިން ޒޯނު ކުއްޔަށް ދިނުމުގެ މައިގަނޑު މަގުސަދަކީ ހުޅުމާލޭގައި ދިރިއުޅެ ރައްޔިތުންނަށް ފަސޭހަކަމާއެކު ޕާކު ކުރުމަށް މަގުފަހިކޮށްދިނުން ކަމަށެވެ.

އާބަންކޯއިން ކާރު ޕާކިން ކުއްޔަށް ދޫކުރަން ނިންމާފައިވާއިރު އެ ކުންފުނިން ވަނީ މިދިޔަ ހަފްތާތެރޭގައި ރާއްޖޭގެ އެންމެ ފުރަތަމަ ސްމާޓް ޕާކިން ޒޯނު ގާއިމުކޮށް, ހުޅުވާފަ އެވެ.