Advertisement

ހުލާސާކޮށް އިއްޔެ: ޝައުނާގެ ވިސްނުމުން އީޕީއޭ

26 އޭޕްރީލް 2023 - 06:15 0

އެންވަޔަރަމެންޓު މިނިސްޓަރު ޝައުނާ


ހުލާސާކޮށް އިއްޔެ: ޝައުނާގެ ވިސްނުމުން އީޕީއޭ

26 އޭޕްރީލް 2023 - 06:15 0

އެންވަޔަރްމެންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އަކީ މިނިވަން މުއައްސަސާއަކަށް ބަދަލުކޮށްފައި ނުވިޔަސް، އެ އެޖެންސީ މިނިވަން ކުރަން ސަރުކާރުން ވެފައިވާ ވައުދު ފުއްދިއްޖެ ކަމަށް ދޭހަވާ މޭރުމަކުން އެންވަޔަރްމެންޓް މިނިސްޓަރު އާމިނަތު ޝައުނާ އިއްޔެ ވާހަަކަ ދެއްކެވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ އިއްޔެގެ ޖަލްސާގައި ވަޒީރުންނާ ސުވާލުކުރުމުގެ ވަގުތުގައި އުނގޫފާރު ދާއިރާގެ އެމްޑީޕީ މެމްބަރު މުހައްމަދު ވަހީދު ކުރެއްވި ސުވާލުގައި އެއްސެވީ "އީޕީއޭއަކީ މިނިވަން މުސްތަގިއްލު ތަނަކަށް ހެދުމަކީ ރައީސްގެ ރިޔާސީ ވައުދަކަށް ވާއިރު، އެ ވައުދު ނުފުއްދައި އޮތީ ކީއްވެތޯ" އެވެ. އެއީ ސަރުކާރުގެ ފުރަތަމަ ސަތޭކަ ދުވަހުގެ ތެރޭގައި ފުއްދަން ވީ ވައުދަކަށް ވާއިރު އެ ވައުދު ނުފުއްދައި "މިހާ ދިގުލަނީ ކީއްވެތޯ" ވެސް އޭނާ އެއްސެވި އެވެ.

އެ ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު ޝައުނާ ވިދާޅުވި ގޮތުގައި ސަރުކާރުގެ މެނިފެސްޓޯގައި ހިމަނާފައި އޮތީ އީޕީއޭ ބާރުވެރި ކުރުވުމެވެ. އެކަމަށް ގިނަ ގުނަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އެ މަސައްކަތް މިހާރު ވެސް އަންނަނީ ކުރަމުން ކަމަށް ވިދާޅުވެ، އެފަދަ މަސައްކަތްތަކުގެ ލިސްޓެއް ވެސް އޭނާ ދެއްވި އެވެ.

މުހިންމު ބައެއް ހަބަރު

އެޑިޓަރުގެ ހޮވުން

ރާއްޖެއަކީ މި ވަގުތު ބޭރުގެ އިންވެސްްޓުމަންޓަށް ފަސޭހަ ގައުމެއް ކަމަށާއި ސަރުކާރުން ވެސް މިކަންކަން ވަރަށް ޕޮޒިޓިވްކޮށް ނަގާ ކަމަށް އޭނާ ފާހަގަކުރެއްވި އެވެ. މި ދަނޑިވަޅުގައި އެންމެ ގިނައިން އިންވެސްޓުމަންޓުތައް އަންނަ އެއް ގައުމަށް ވުމުގެ ފުރުސަތު ރާއްޖެއަށް އޮތް ކަމަށް ޖަނާހު ފާހަގަކުރެއްވި އެވެ.

ދުވަހުގެ ކޯޓޭޝަން

ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ތާއިދު ކުރުމަށް ނިންމެވި ނިންމުމާ ގުޅޭގޮތުން އެލިސެން ސާވިސަސް ޕްރައިވެޓު ލިމިޓެޑް ވެރިޔާ މުހައްމަދު އަލީ ޖަނާހު (ޖަނާ) ވިދާޅުވީ؛

ރައީސް ސޯލިހުއަކީ ވަރަށް މަޑުމައިތިރި ހުލުގު ހެޔޮ ބޭފުޅެއް. އަޅުގަނޑާ އެކީގައި ޒަމާނުއްސުރެ އެކުވެރިކަން އޮވޭ. އަބަދުވެސް އެ ބޭފުޅާއަށް ހެޔޮ އެދެން. ވަރަށް ގާތް އަހެއްގެ ގޮތުން, ރަހުމަތްތެރިންނަށް އަބަދުވެސް ހެޔޮއެދެން ޖެހޭނެ ނޫންތޯ,"