Advertisement

މި ސީޒަންގެ ނިޔަލަށް ލެސްޓާގެ ކޯޗުކަން ސުމިތު

11 އޭޕްރީލް 2023 - 11:11 0


މި ސީޒަންގެ ނިޔަލަށް ލެސްޓާގެ ކޯޗުކަން ސުމިތު

11 އޭޕްރީލް 2023 - 11:11 0

ލަަންޑަން (އޭޕްރީލް 11) - ރެލިގޭޝަނުގެ ބިރު ބޮޑުވެފައިވާ ލެސްޓާ ސިޓީ އަށް މި ސީޒަންގައި ބާކީ އޮތް ބައިގައި އިރުޝާދު ދިނުމަށް ޑީން ސުމިތު ހަމަޖައްސައިފި އެވެ.

ލީގުގައި ބާކީ އަށް މެޗު ކޮންމެ ޓީމަކަށް ވެސް އޮތްއިރު، ލެސްޓާ އޮތީ 20 ކްލަބު ކުޅޭ ލީގުގެ 19 ވަނައިގަ އެވެ.

ތައިލެންޑްގެ މަހުޖަނު އާއިލާއަކުން ހިންގަމުން އަންނަ ކްލަބް، ލެސްޓާގެ ނަތީޖާތައް ދަށްވެ، އެ ޓީމުގެ ރެލިގޭޝަން ޒޯނަށް ވެއްޓުމާ އެކު ލެސްޓާ އިން ވަނީ ބްރެންޑަން ރޮޖާސް އެ މަގާމުން ވަކިކޮށްފަ އެވެ.

ސުމިތު، 52، އެންމެ ފަހުން މަސައްކަތްކުރީ ނޯވިޗް ސިޓީގެ ކޯޗަށެވެ. އޭގެ ކުރިން އޭނަ ވަނީ އެސްޓަން ވިލާ އަދި ބްރެންޓްފޯޑާ އަށް ވެސް ކޯޗުކޮށްދީފަ އެެވެ.

"ކުރިމަތިލައިގެން މި އުޅެނީ ފަސޭހާ ހަލާތަކާ ނޫން. އެކަމަކު، މި ފަދަ ހާލަތްތަކަށް އަހަރެން ޓީމު އަލެއް ނުވާނެ،" ސުމިތު ބުންޏެވެ.

"ކުރިމަތީގައި އޮތީ ބޮޑު ޗެލެންޖެއް. އެކަމަކު، ލެސްޓާގެ ތިބި ކުޅުންތެރިންނަށް ބަލާއިރު، ސަލާމަތްވާނެ."

ސުމިތާ ޓީމު ހަވާލުކުރުމުގެ ކުރިން ލެސްޓާ އިން ގެންނަން އެންމެ ބޮޑަށް މަޝްވަރާ ކުރީ މި ސީޒަނުގައި ލީޑްސް ޔުނައިޓެޑްގެ ކޯޗުގެ މަގާމުން ވަކިކުރި، އެމެރިކާގެ ކޯޗު ޖެސީ މާޝްއާ އެވެ.

ރިޕޯޓްތައް ބުނާގޮތުން މާޝް، ލެސްޓާގެ އޮފާ ގަބޫލުނުކުރީ އެ ކްލަބުން ދިގު މުއްދަތުގެ ކޮންޓްރެކްޓެއް ދޭން ނިންމިއިރު، ކުރު މުއްދަތެއްގެ ތެރޭގައި ވެސް ބައެއް ޓާގެޓްތަކެއް ހާސިލްކުރަން ޖެހޭނެ ކަމަށް އެއްބަސްވުމުގައި ހިމަނަން އުޅުމުން އެކަމާ ހިތްހަަަމަނުޖެހިގެންނެވެ.

ސުމިތުގެ އިރުޝާދުގެ ދަށުން ލެސްޓާ ކުޅޭ ފުރަތަމަ މެޗުގައި ހޮނިހިރު ދުވަހުގެ ރޭ ނުކުންނާނީ ކްރިސްޓަލް ޕެލެސްއާ ދެކޮޅަށެވެ. ޕެލަސް އިން އަންނަނީ ދާދި ފަހުން ޕެޓްރިކް ވިއެރާ އެ ޓީމުގެ ކޯޗުކަމުން ވަކިކޮށް، އަލުން ޓީމާ ހަވާލުވި، ތަޖުރިބާކާރު ކޯޗު ރޯއީ ހޮޖްސަންގެ ކޯޗުކަމުގައި ރަނގަޅު ކުރިއެރުންތަކެއް ހޯދަމުންނެވެ.