Advertisement

މެންޗެސްޓާ ސިޓީ އެފްއޭ ކަޕްގެ ކުއާޓާ އަށް، ލެސްޓާ ކަޓައިފި

1 މާރިޗު 2023 - 09:39 0

ސިޓީގެ ޑި ބްރޭނާ (ކ) އާއި ފޯޑެން ގޯލު ޖެހުމަށް ފަހު އުފާފާޅުކުރަނީ.


މެންޗެސްޓާ ސިޓީ އެފްއޭ ކަޕްގެ ކުއާޓާ އަށް، ލެސްޓާ ކަޓައިފި

1 މާރިޗު 2023 - 09:39 0

ބްރިސްޓޯލް (މާޗް 1) - އިނގިރޭސި އެފްއޭ ކަޕްގައި ރޭ ކުޅުނު މެޗުތަކުން މެންޗެސްޓާ ސިޓީން ބްރިސްޓޯލް ސިޓީ އަތުން 3-0 އިން މޮޅުވެ، މުބާރާތުގެ ކުއާޓާ ފައިނަލުން ޖާގަ ހޯދިއިރު، ބްލެކްބާން ރޯވާސް އަތުން 2-1 އިން ބަލިވެ، ލެސްޓާ ސިޓީ ކަޓައިފި އެވެ.

އެފްއޭ ކަޕްގެ ފަސް ވަނަ ބުރުގައި ރޭ ބްރިސްޓޯލް ދަނޑުގައި ސިޓީ އަށް ލީޑުނަގައިދޭން ކަލްވިން ފިލިޕްސް ޖެހި ބޯޅަ އަމާޒުވީ ހުރަސްދަނޑީގަ އެވެ. ސިޓީން ލީޑުނެގީ ހަތް ވަނަ މިނިޓްގައި ފިލް ފޯޑެން ޖެހި ގޯލުންނެވެ. މިއީ ރިޔާދު މާރޭޒް ދިން ބޯޅައަކަށް ހުސްކޮށް އަަރައި ފޯޑެން ޖެހި ގޯލެކެވެ.

ބްރިސްޓޯލް އިން ނަތީޖާ ހަމަހަމަކުރަން ގިނަ މަސައްކަތްތަކެއް ކުރި ނަމަވެސް އެކަން ކާމިޔާބުނުވެ މެޗުގެ 74 ވަނަ މިނިޓްގައި ސިޓީން ދެ ވަނަ ގޯލު ޖެހި އެވެ. މިއީ އޭރިއާތެރެއިން ސިޓީގެ ހޫލިއަން އަލްވަރޭޒް ދިން ބޯޅައަކުން ފޯޑެން ޖެހި ގޯލެކެވެ. ފޯޑެން ފޮނުވާލި ބޯޅަ ގޯލަށް ވަނީ ބްރިސްޓޯލްގެ ކުޅުންތެރިއަކު ފައިގައި ޖެހިފަ އެވެ.

މެޗުގެ 81 ވަނަ މިނިޓްގައި ސިޓީގެ ތިން ވަނަ ގޯލު ޖެހީ ކެވިން ޑި ބްރޭނާ އެވެ. މިއީ އޭރިއާ ބޭރުން ފޮނުވާލި ޝޮޓަކުން ޑި ބްރޭނާ ޖެހި ގޯލެކެވެ.

މި މެޗުން ބަލިވެ، ބްރިސްޓޯލް އިން ބަލިނުވެ ދަމަހައްޓަމުން އައި ރެކޯޑަށް ވަނީ 12 މެޗަށް ފަހު ނިމުން އަތުވެފަ އެވެ.

ލެސްޓާގެ ކިންގް ޕަވާ ސްޓޭޑިއަމްގައި ރޭ 33 ވަނަ މިނިޓްގައި ބްލެކްބާނުން ލީޑުނެގީ އޭރިއާބޭރުން ޓައިރައިސް ޑޯލާން ޖެހި ގޯލުންނެވެ. މެޗުގެ 52 ވަނަ މިނިޓްގައި ބްލެކްބާނުގެ ސެމީ ޒްމޯޑިކްސް ވަނީ އެ ޓީމަށް ގޯލެއް ޖަހައި، ލީޑުފުޅާކޮށްދީފަ އެވެ. ލެސްޓާގެ ހާވީ ބާންސް ތަނަވަސްކޮށްދިން ފުރުސަތެއްގައި 67 ވަނަ މިނިޓްގައި ކެލެޗީ އިހެނާޗޯ ގޯލެއް ޖެހި ނަމަވެސް އޭގެ ފަހުން އިތުރު ގޯލެއް ނުޖެހި، މެޗުން ބަލިވެ، މުބާރާތުން ކެޓީ އެވެ.

އެފްއޭ ކަޕް ފަސް ވަނަ ބުރުގައި ދެން ކުޅުނު މެޗުތަކަށް ބަލާއިރު، ސްޓޯކް ސިޓީ ދަނޑުގައި 1-0 އިން ބްރައިޓަން މޮޅުވިއިރު، ފުލަމް އިން ވަނީ އަމިއްލަ ދަނޑުގައި 2-0 އިން ލީޑްސް ޔުނައިޓެޑް ބަލިކޮށްފަ އެވެ.