Advertisement

ވެލިދޫ ހޮސްޕިޓަލު އަޅަން ސޮއިކުރުން ލަސްވަނީ ކުވައިތު ފަންޑުން ހުއްދަ ނުލިބޭތީ

23 ފެބުރުވަރީ 2023 - 14:15 0

އަހުމަދު އާއިދު

އަހުމަދު އާއިދު

ނ. ވެލިދޫ : އެ ރަށުގައި އަޅާ ހޮސްޕިޓަލު މަޝްރޫއުގެ ސޮއިކުރުން ލަސްވަނީ ހުއްދަ ނުލިބޭތީ - ފޮޓޯ: ފައިލް


ވެލިދޫ ހޮސްޕިޓަލު އަޅަން ސޮއިކުރުން ލަސްވަނީ ކުވައިތު ފަންޑުން ހުއްދަ ނުލިބޭތީ

23 ފެބުރުވަރީ 2023 - 14:15 0

މިދިޔަ ޖެނުއަރީ މަހުގެ 25 ގައި ނެޝަނަލް ޓެންޑާ ބޯޑުން ހަވާލުކުރި ނ. ވެލިދޫ ހޮސްޕިޓަލު އެޅުމުގެ މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކުރުން ލަސްވަނީ އެ މަޝްރޫއު ފަންޑުކުރާ ކުވައިތު ފަންޑުން ހުއްދަ ނުލިބިގެން ކަމަށް ސަރުކާރުން ބުނެފި އެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި "އަދަދު" އިން ކުރި ސުވާލަށް ޖަވާބު ދެއްވަމުން އެ އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވީ، ވެލިދޫ ހޮސްޕިޓަލުގެ ޓެންޑާ މަރުހަލާ ނިމި ކުވައިތު ފަންޑަށް 'ނޯ އޮބްޖެކްޝަނަށް' އެދި ފޮނުވާފައިވާ ކަމަށާއި އެ މަޝްރޫއާ ބެހޭގޮތުން އިތުރަށް ކުވައިތު ފަންޑާ މުއާމަލާތް ކުރެވިގެންދާނެ ކަމަށެވެ.

"(މަޝްރޫއުގެ) ތަފުސީލުތައް ކުވައިތު ފަންޑާއެކު ހިއްސާކޮށް، ކުވައިތު ފަންޑުން އެކަމާ ގުޅޭ އިތުރު މައުލޫމާތު ސަރުކާރާ ހިއްސާކުރާނެ، ބޭރުގެ އެހީގައި ހިންގާ ޕްރޮޖެކްޓުތަކުގެ މައުލޫމާތު ހާމަކުރާއިރު (ފަންޑު) ފޯރުކޮށްދޭ ފަރާތާއެކުވެސް ވާހަކަތަކެއް ދެކެވިގެން މައުލޫމާތު ހާމަކުރެވޭނީ،" މިއުވާން ވިދާޅުވި އެވެ.

މީގެ ކުރިން މި މަޝްރޫއާ ގުޅިގެން ހެލްތު މިނިސްޓްރީ އަދި ފިނޭންސް މިނިސްޓްރީއަށް ގުޅައިގެން ކުރި މަސައްކަތުން މިހާތަނަށް އިތުރު ތަފުސީލެއް ލިބިފައެއް ނުވެ އެވެ.

ނ. ވެލިދޫގައި އަޅާ ހޮސްޕިޓަލު ޓެންޑާ ބޯޑުން އެވޯޑުކުރިކަން އިއުލާނުކުރީ ނިމިދިޔަ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕޭން ތެރޭގަ އެވެ.

ނަމަވެސް އެ ހޮސްޕިޓަލު އެވޯޑުކުރެވުނު ފަރާތެއް އަދި ހޭދަވާ ހަރަދެއް މިހާތަނަށް ހާމަކޮށްފައެއް ނުވެ އެވެ.