Advertisement

އޭޝިއަން ޓެބަލް ޓެނިސް ޗެމްޕިއަންޝިޕަށް ދީމާ ކޮލިފައިވެއްޖެ

10 ޑިސެންބަރު 2022 - 09:11 0


އޭޝިއަން ޓެބަލް ޓެނިސް ޗެމްޕިއަންޝިޕަށް ދީމާ ކޮލިފައިވެއްޖެ

10 ޑިސެންބަރު 2022 - 09:11 0

ވޯލްޑް ޗެމްޕިއަންޝިޕް ކޮލިފިކޭޝަންގެ ސާކް ސަރަހައްދުގެ މުބާރާތުގައި ކުޅުނު ދެ ވަނަ މެޗު ވެސް ކާމިޔާބުކޮށް ގްރޫޕުގެ އެއް ވަނައިގައި ރާއްޖޭގެ ފާތިމަތު ދީމާ އަލީ އޭޝިއަން ޗެމްޕިއަންޝިޕަށް ކޮލިފައިވެއްޖެ އެވެ.

ސައުތު އޭޝިއަން ރީޖަނަލް ކޮލިފައިންގެ ގޮތުގައި ނޭޕާލްގައި މި މަހުގެ 8-11 އަށް ކުރިއަށްދާ މުބާރާތުން ހޮވޭ ކުޅުންތެރިން ދާނީ އޭޝިއާގެ ކޮލިފައިން ބުރަށެވެ. އޭޝިއަން ކޮލިފިކޭޝަންގައި މި މުބާރާތުގެ އެންމެ މޮޅު 16 ކުޅުންތެރިން ވާދަކުރާނެ އެވެ.

ވޯލްޑް ޓެބަލް ޓެނިސް ޗެމްޕިއަންޝިޕްގެ ސާކް ސަރަހައްދުގެ ކޮލިފައިންގައި ވާދަކުރަނީ ރާއްޖޭގެ ދީމާގެ އިތުރުން، ތަޖުރިބާކާރު ފިރިހެން ކުޅުންތެރިޔާ، މޫސާ މުންސިފް އެވެ.

ކޮލިފައިންގައި ދީމާ ހިމެނޭ ގުރޫޕްގެ ދެ ވަނަ މެޗުގައި ދީމާ މޮޅުވީ ސްރީ ލަންކާގެ މަނީޝާ ސަލިންދީއާ ވާދަކޮށް ތިން ސެޓުންނެވެ. މެޗުގެ ސެޓުތައް ދީމާ ގެންދިޔައީ 11-8، 11-9 އަދި 11-6 ންނެވެ.

ދީމާ ކުޅުނު ފުރަތަމަ މެޗުގައި އޭނާ ވަނީ އިއްޔެ ނޭޕާލްގެ އެލީނާ މަހަރާޖަންގެ އަތުން ތިން ސެޓުން މޮޅުވެފަ އެވެ.

ސާކް ސަރަހައްދުގެ ކޮލިފައިންގައި ދެން ވާދަކުރާ ރާއްޖޭގެ މޫސާ މުންސިފް ވަނީ ކުޅުނު ދެ މެޗުން ވެސް ބަލިވެފަ އެވެ. ފުރަތަމަ މެޗުގައި ބަންގްލަދޭޝްގެ ނާފިޒް އިގްބާލްގެ އަތުން ތިން ސެޓުން ބަލިިވިއިރު، ދެ ވަނަ މެޗުގައި ނޭޕާލްގެ ސަންޔޮގް ކަޕާލީ އަތުން ބަލިވީ 3-1 ސެޓުންނެވެ.

މި އަހަރަކީ ދީމާ އާއި މުންސިފް އަށް ބައިނަލްއަގުވާމީ ގިނަ މުބާރާތްތަކެއްގައި ވާދަކުރަން ލިބުނު އަހަރެކެވެ. އެ ގޮތުން މި ދެ ކުޅުންތެރިން ވަނީ މި އަހަރު ރާއްޖޭން ބައިވެރިވި އެންމެ ބޮޑު ދެ ގޭމްސް ކަމަށްވާ ކޮމަންވެލްތު ގޭމްސް އާއި އިސްލާމިކް ސޮލިޑާރިޓީ ގޭމްސްގައި ވެސް ވާދަކޮށްފަ އެވެ.