Advertisement

ވޯލްޑް ޗެމްޕިއަންޝިޕްގެ ސާކް ކޮލިފައިންގައި ދީމާ އަށް ފުރަތަމަ މޮޅު

8 ޑިސެންބަރު 2022 - 17:20 0

އިސްމާއީލް އަޒްމީން

އިސްމާއީލް އަޒްމީން

ރާއްޖޭގައި ކުރިއަށްދިޔަ ޓީޓީ ބައިނަލްއަގުވާމީ މުބާރާތުގެ މެޗެއްގެ ތެރެއިން ދީމާ.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު


ވޯލްޑް ޗެމްޕިއަންޝިޕްގެ ސާކް ކޮލިފައިންގައި ދީމާ އަށް ފުރަތަމަ މޮޅު

8 ޑިސެންބަރު 2022 - 17:20 0

ވޯލްޑް ޓެބަލް ޓެނިސް ޗެމްޕިއަންޝިޕްގެ ސާކް ސަރަހައްދުގެ ކޮލިފައިންގައި ރާއްޖޭގެ ފާތިމަތު ދީމާ އަލީ ކުޅުނު ފުރަތަމަ މެޗު ކާމިޔާބުކޮށްފި އެވެ.

ސައުތު އޭޝިއަން ރީޖަނަލް ކޮލިފައިންގެ ގޮތުގައި ނޭޕާލްގައި މި މަހުގެ 8-11 އަށް ކުރިއަށްދާ މުބާރާތުން ހޮވޭ ކުޅުންތެރިން ދާނީ އޭޝިއާގެ ކޮލިފައިން ބުރަށެވެ. އޭޝިއަން ކޮލިފިކޭޝަންގައި މި މުބާރާތުގެ އެންމެ މޮޅު 16 ކުޅުންތެރިން ވާދަކުރާނެ އެވެ. ވޯލްޑް ޓެބަލް ޓެނިސް ޗެމްޕިއަންޝިޕްގެ ސާކް ސަރަހައްދުގެ ކޮލިފައިންގައި ދީމާގެ އިތުރުން މޫސާ މުންސިފް ވެސް އަންނަނީ ވާދަކުރަމުންނެވެ.

ސައުތު އޭޝިއަން ކޮލިފިކޭޝަން ޗެމްޕިއަންޝިޕްގައި ދީމާ ކުޅުނު ފުރަތަމަ މެޗުގައި ނުކުތީ ނޭޕާލްގެ ދެ ވަނަ ކުޅުންތެރިޔާ އެލީނާ މަހަރާޖަންއާ ދެކޮޅަށެވެ. މި މެޗު ދީމާ ކާމިޔާބު ކުރީ ސީދާ ތިން ގޭމުންނެވެ.

ދީމާއާ އެކު އެއް ގްރޫޕެއްގައި ދެން ހިމެނެނީ ސްރީ ލަންކާގެ މަލީޝާ ސަލިންދި އެވެ. މަލީޝާއާ ދެކޮޅަށް ދިމާ ނުކުންނާނީ މާދަމާ އެވެ. މަލީޝާ ވަނީ މި ގްރޫޕުގައި އޭނާ ކުޅުނު ފުރަތަމަ މެޗުގައި ސީދާ ތިން ސެޓުން އެލީނާ ބަލިކޮށްފަ އެވެ.

މުބާރާތުގައި ރާއްޖޭގެ މުންސިފް ހިމެނެނީ ނޭޕާލްގެ ސަންޔޮގް ކަޕާލީ އާއި ބަންގްލަދޭޝްގެ ނާފިޒް އިގްބާލްއާ އެކު ގްރޫޕް ހަތަރެއްގަ އެވެ. މުންސިފް ގްރޫޕް ސްޓޭޖުގައި ކުޅޭ ދެ މެޗު އޮންނާނީ މާދަމާ އެވެ.

އަންހެން ބައިގައި 24 ކުޅުންތެރިން އާއި ފިރިހެން ބައިގައި 18 ކުޅުންތެރިން މި މުބާރާތުގައި ވާދަކުރެ އެވެ.

މިއީ ދީމާ އާއި މުންސިފް އަށް ބައިނަލްއަގުވާމީ ގިނަ މުބާރާތްތަކެއްގައި ވާދަކުރަން ލިބުނު އަހަރެކެވެ. އެ ގޮތުން މި ދެ ކުޅުންތެރިން ވަނީ މި އަހަރު ރާއްޖޭން ބައިވެރިވި އެންމެ ބޮޑު ދެ ގޭމްސް ކަމަށްވާ ކޮމަންވެލްތު ގޭމްސް އާއި އިސްލާމިކް ސޮލިޑާރިޓީ ގޭމްސްގައި ވެސް ވާދަކޮށްފަ އެވެ.