Advertisement

މުއްޔާއި ފިނޭގެ ބަނދަރު މަރާމާތު ކުރަން 92 މިލިއަން ރުފިޔާއަށް އެމްޓީސީސީއާ ހަވާލުކޮށްފި

28 ނޮވެންބަރު 2022 - 18:32 0


މުއްޔާއި ފިނޭގެ ބަނދަރު މަރާމާތު ކުރަން 92 މިލިއަން ރުފިޔާއަށް އެމްޓީސީސީއާ ހަވާލުކޮށްފި

28 ނޮވެންބަރު 2022 - 18:32 0

ހދ. ފިނޭ ބަނދަރު އަޕްގްރޭޑް ކުރުމުގެ މަސައްކަތާއި މ. މުލީ ބަނދަރު މަރާމާތު ކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކުރުމުގެ އެއްބަސްވުންތަކުގައި ޕްލޭނިން މިނިސްޓްރީން މިއަދު ސޮއިކޮށްފި އެވެ.

ފިނޭ ބަނދަރުގެ މަސައްކަތް ހަވާލުކުރީ 47،268،512.87 ރުފިޔާއަށެވެ. އެއީ 450 ދުވަހުގެ ތެރޭގައި ނިންމުމަށެވެ.

މުލީ ބަނދަރު މަރާމާތު ކުރުމުގެ މަސައްކަތް ހަވާލުކުރީ 45،555،673.53 ރުފިޔާއަށެވެ. އެއީ 550 ދުވަހުގެ ތެރޭގައި މަޝްރޫއުގެ ހުރިހާ މަސައްކަތެއް ނިންމުމަށެވެ.

މި އެއްބަސްވުންތަކުގައި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އާދަމް އާޒިމެވެ.