Advertisement

ވިޔަފާރިތަކާއި ކަސްޓަމަރުންގެ ގުޅުމަށްޓަކައި "ޕާޕަލްލޭން"

2 ނޮވެންބަރު 2022 - 09:23 0

ޕާޕަލްލޭން އެޕް ލޯންޗުކުރުމަށް ބޭއްވި ހަފުލާގެ ތެރެއިން އެ އެޕްގެ ފައުންޑަރުން ފޮޓޯއަކަށް ހުއްޓި


ވިޔަފާރިތަކާއި ކަސްޓަމަރުންގެ ގުޅުމަށްޓަކައި "ޕާޕަލްލޭން"

2 ނޮވެންބަރު 2022 - 09:23 0

ކޮވިޑްގެ ބަލިމަޑުކަމުގެ ތެރޭ އެންމެން ފުރަބަންދުވެ, ހަޔާތުން އެންމެ ބޮޑަށް އުނިވި އެއްކަމަކީ ރަހުމަތްތެރިކަމާއި، ގާތްގުޅުމާއި ލޯތްބެވެ. އާއިލީ ގުޅުންތަކާއި ވިޔަފާރީގެ ހިދުމަތްތަކާއި ކަސްޓަމަރުންގެ ގުޅުންތައް ކުއްލިއަކަށް ކެނޑި އިގުތިސޯދީ އަނދަވަޅަކަށް ގައުމާ އެކު އެންމެން ވެއްޓިގެންދިޔައެވެ. ވިޔަފާރީތަކަށް އަލުން ތެދުވެ, ކަސްޓަމަރުންގެ ގުޅުން އަލުން ބަދަހިކޮށް, ހިނގައިގަންނަން އުނދަގޫ ހާލަތަކަށް ދިޔައެވެ.

އެ އުނދަގޫ ހާލަތުގައި, ހައްލެއްގެ ސިފައިގައި އުފެދިގެން ދިޔައީ "ޕާޕަލްލޭން"ގެ ތަނަވަސް ހިޔާލެވެ.

މިއީ މުޅީން އާ ހިޔާލެއް ނޫނެވެ; އިހްލާސްތެރި ކަސްޓަމަރުންނަށް ޑިސްކައުންޓްތަކާއި އިނާޔަތްތައް ދިނުމަކީ ޕުރައޯރިޓީ ޕާސް ފަދަ ލޯޔަލްޓީ ޕްރޮގްރާމްތައް ހިންގައިގެން ވިޔަފާރިތަކުން ކުރަމުން އައި ކަމެކެވެ. އެހެން ވިޔަފާރިތަކުން ހިދުމަތް ހޯދާ ވަރަށް ބަލާފައި ހިލޭ އިނާމް ނުވަތަ ޑިސްކައުންޓް ލިބޭ ސްކީމްތައް ގެންގުޅުނެވެ. މިއިން ކޮންމެ އިނާޔާތެއް ވެސް ލިބެނީ ކަސްޓަމަރުން ވިޔަފާރިތަކުން ދޭ ލޯޔަލްޓީ ކާޑުތައް މެދުވެރިކޮށެވެ. ނަމަވެސް ކޮންމެ ވިޔަފާރިއަކުން ކަސްޓަމަރުންނަށް ދޭ ފިޒިކަލް ކާޑުތައް ގެންގުޅުމާއި ބޭނުން ކުރުން ކަސްޓަމަރުންނަށްވީ ވަރަށް ބޮޑު ތަކުލީފަކަށެވެ.

އާ ހިޔާލަކަށް "ޕާޕަލްލޭން"ވީ މިހާ ހިސާބުންނެވެ; "ޕާޕަލްލޭން" ހޯދައިދިނީ މި ތަކުލީފަށް އެންމެ ފަހި ހައްލެވެ;


ޕާޕަލްލޭން އެންމެ ފުރަތަމަ ކުރި ކަމަކީ ވިޔަފާރިތަކުން ގެންގުޅުނު ސްޓޭމްޕް ކާޑު ޑިޖިޓައިޒް ކުރުމެވެ. އެގޮތުން ޑިޖިޓަލް ސްޓޭމްޕް ދެވޭ އެޕެއް ހެދުމަށް ފަހު އެ އެޕް ތަޢާރަފު ކުރުމަށް ބައެއް ވިޔަފާރިތަކާއި ބައްދަލުކުރުމުން އެ ހުށަހެޅުން ވިޔަފާރިތަކަށް ކަމަކުނުދިޔައެވެ. ޑިޖިޓަލް ސްޓޭމްޕް ދިނުމުގެ ބަދަލުގައި ވިޔަފާރިތަކުން ބޭނުންވީ ކަސްޓަމަރުންނަށް ހިދުމަތް ހޯދުމުން ޕޮއިންޓްދެވޭ އަދި ކަސްޓަމަރުންގެ ވިޔަފާރި ކުރުމުގެ ގޮތްތައް ދެނެގަނެ ވޭނެ ގޮތެކެވެ. އެހެންކަމުން ޕާޕަލްލޭންގެ ފަރާތުން ޑިޖިޓަލް ޕޮއިންޓް ކާޑެއް އީޖާދުކުރިއެވެ. އަދި އެ ޑިޖިޓަލް ރިވޯޑު ކާޑު ދޭ ސިސްޓަމް ފުރަތަމަ ބޭނުންކުރަން އެއްބަސްވި ވިޔަފާރިތައް ކަމަށްވާ ފެމިލީ ރޫމް ކޮފީ، ސީހައުސް، އަދި ދަ ކޮފީ ޝްރަބްއާ އެކު އެ ވިޔަފާރީތަކުގެ ރިވޯޑްސް ޕްރޮގްރާމްތައް ފެށިއެވެ.

"ޕާޕަލްލޭން"އަށް މިއަދު މި އާދެވުނީ އިތުރު ހަރުފަތަކަށެވެ;

މިއަދު އިފްތިތާހް ކުރި ޕާޕަލްލޭން އެޕަކީ އަހަރު ދުވަހުގެ އަޖުމައަށް ފަހު އިތުރު ފީޗާސްތަކާ އެކު ތަރައްގީކޮށްފައިވާ އެޕެކެވެ. މި އެޕު މެދުވެރިކޮށް ކަސްޓަމަރުންނަށް ވިޔަފާރިތަކުން ހިދުމަތް ހޯދުމުން ޕޮއިންޓް ލިބުމާއި، އެ ޕޮއިންޓް މެދުވެރިކޮށް އިތުރު އިނާޔަތްތައް ހޯދުމާއި، ތިމާގެ މީހުންނާއި ރައްޓެހިންނަށް ހަދިޔާގެ ގޮތުގައި ގިފްޓް ކާޑު ދިނުމާއި، ވިޔަފާރިތަކުން ދޫކޮށްލާ ކޫޕަންސް ނަގައިގެން އިތުރު ޑިސްކައުންޓް ހޯދުން ފަދަ ކަންކަން ކުރެވޭނެއެވެ. އަދި މީގެ އިތުރުން އެޕުގެ ތެރޭގައި ރައްޓެހިން ކުރާކަންކަން ބަލައި މުޢާމަލާތް ވެސް ކުރެވޭނެއެވެ.

ވިޔަފާރިތަކަށް ޕާޕަލްލޭން އެޕަކީ އެ ވިޔަފާރިތަކުން ހިދުމަތް ހޯދާ ފަރާތްތަކުގެ ބޭނުންތަކާއި ވިޔަފާރި ކުރާ ގޮތްތައް ދެނެގަނެވޭނެ ނިޒާމެކެވެ. އަދި ވިޔަފާރި އަލަށް ކުރާ ފަރާތްތައް ދެނެގަނެ އެ ފަރާތްތަކާ ގުޅުން ބަދަހިކޮށް ރެގިއުލާ ކަސްޓަމަރުންނަށް ބަދަލުކޮށްލުމަށް ފަސޭހަވާނެ ފުރުސަތެކެވެ. ގިނައިން ވިޔަފާރިކުރާ ކަސްޓަމަރުންނަށް އިތުރު އިނާޔަތްތައް ދިނުމާއި އެފަރާތްތަކާ އެކު މުޢާމަލާތް ވެސް ކުރެވޭނެ ޕްލެޓްފޯމެކެވެ.

"ޕާޕަލްލޭން" އެޕް މި ލޯންޗުކުރީ ވިޔަފާރިތަކާއި ކަސްޓަމަރުންގެ ގުޅުމަށްޓަކައެވެ.