Advertisement

ރަޝިއާގެ ސިފައިން އަނެއްކާވެސް ޔޫކްރެއިންގެ އަވަށަކުން ފައިބައިފި

2 އޮކްޓޯބަރު 2022 - 07:59 1

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

ޔޫކްރެއިން ސިފައިން އުޅަނދުތައް. -- ފޮޓޯ: ރޮއިޓާޒް


ރަޝިއާގެ ސިފައިން އަނެއްކާވެސް ޔޫކްރެއިންގެ އަވަށަކުން ފައިބައިފި

2 އޮކްޓޯބަރު 2022 - 07:59 1

ޔޫކްރެއިންގެ އިރުމަތީގައި އޮންނަ ލައިމަން އަވަށުން ރަޝިއާގެ ސިފައިން ފައިބައިފި އެވެ.

ރަަޝިއާގެ ޑިފެންސް މިނިސްޓްރީން ބުނީ ސިފައިން އެ އަވަށުން ފޭބީ، ޔޫކްރެއިންގެ ފައުޖުން އެ އަވަށް ވަށާލުމުން، ރަޝިއާ ސިފައިން ތާށިވެދާނެތީ ކަމަށެވެ.

ރަޝިއާއިން ލައިމަން އަވަށް ބޭނުންކުރަމުން ދިޔައީ ލޮޖިސްޓިކްސް މަރުކަޒެއްގެ ގޮތުގަ އެވެ. އެހެންވެ، އެ ތަނުން ރަޝިއާގެ ސިފައިން ދިޔުމަކީ ޔޫކްރެއިނަށް ލިބުނު ކުރިއެރުމެކެވެ.

އާއްމުވެފައިވާ ވީޑިއޯތަކުން ފެންނަނީ ޔޫކްރެއިންގެ ސިފައިން އެ އަވަށް ވަށައިގެންވާ ހިސާބުގައި ގައުމީ ދިދަ ހިފައިގެން އުޅޭ މަންޒަރެވެ.

ލައިމަންއަކީ މިދިޔަ ހުކުރު ދުވަހު ރަޝިއާގެ ދަށަަށް ގެންދިޔަ ޑޮނެސްކް ސަރަހައްދުގައި އޮންނަ އަވަށެކެވެ. އަސްކަރީ އެނެލިސްޓުން ބުނާ ގޮތުގައި ހަނގުރާމައިގައި ޔޫކްރެއިން ދަނީ ބޮޑު ކުރިއެރުންތަކެއް ހޯދަމުންނެވެ.

ޔޫކްރެއިނުން ބުނެފައި ވަނީ ރަޝިއާއިން ހިފި ހުރިހާ ބިމެއް އަނބުރާ ހޯދާނެ ކަމަށާއި ހަނގުރާމަ ހުއްޓާލާނީ 2014 ވަނަ އަހަރު ހިފި ކްރައިމިއާ މިނިވަންކޮށްފައި ކަމަށެވެ.