Advertisement

އެއް މިލިއަން ޑޮލަރުގެ އަގުހުރި ފައިސާ ފޮއްޗެއް އިޒްރޭލާ ހަވާލުކުރަނީ

14 ސެޕްޓެންބަރު 2022 - 08:04 2

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

މިހާރު ގެންގުޅެނީ އޭގެ އެންމެ ހަތަރު ފައިސާ ފޮތި ކަމަށް ރިޕޯޓުތައް ބުނޭ.


އެއް މިލިއަން ޑޮލަރުގެ އަގުހުރި ފައިސާ ފޮއްޗެއް އިޒްރޭލާ ހަވާލުކުރަނީ

14 ސެޕްޓެންބަރު 2022 - 08:04 2

އެއް މިލިއަަން ޑޮލަރުގެ އަގުހުރި ފައިސާ ފޮއްޗެއް ވަގަށް ނެގުމުން، އެ ހޯދަން 20 އަހަރު ވަންދެން ކުރި މަސައްކަތަށް ފަހު، އިޒްރޭލާ ހަވާލުކުރަން ނިންމައިފި އެވެ.

އިޒްރޭލާ ހަވާލުކުރަން ނިންމީ ކުޑަަ ރިހި ފައިސާ ފޮއްޗެކެވެ. އެ ފައިސާ ފޮތީގައި ނިޝާންތަކެއް ކުރަަހައި ނެރުނީ ޔަހޫދީ އިންގިލާބެއްގެ ތެރެއިން މީގެ 2000 އަހަރު ކުރިން ކަމަށްވެ އެވެ.

އިޒްރޭލުން އެ ފައިސާ ފޮތި ގެއްލުނީ 2002 ގަ އެވެ. އޭތި ފެނުނީ ގުދުސްގެ ދެކުނުން އޮންނަ އެލާ ވެލީގެ ބިމުގެ އަޑިން ފަލަސްތީނުގެ ބަޔަކަށެވެ.

އިޒްރޭލް އެންޓިކުއިޓީޒް އޮތޯރިޓީ (އަައިއޭއޭ) އިން އެ ހިސާބުން ފެށިގެން އޭތި ހޯދުމުގެ މަސައްކަތް ފެށި އެވެ. އިޒްރޭލާއި އުރުދުން އަދި އިނގިރޭސިވިލާތުގެ އެންޓިކުއިޓީ ބްލެކް މާކެޓު ތެރޭގައި އޭތި ދައުތުވި އެވެ.

އޭގެ ފަހުން 2017 ވަނަ އަހަރު އެމެރިކާއަަށް އެކްސްޕޯޓް ކުރީ ނީލަމެއްގައި ވިއްކާލުމަށެވެ. އެކަމުގެ މައުލޫމާތު ލިބުމުން އައިއޭއޭއިން އެމެރިކާއަށް އެންގި އެވެ.

އެމެރިކާގެ ހޯމްލޭންޑް ސެކިއުރިޓީ އިންވެސްޓިގޭޝަން (އެޗްއެސްއައި) އިން އޭތި ހިފަހައްޓައި ޔޫރަޕާއި މެދުއިރުމަތީގެ ގައުމުތަކާއި ފަސް ގައުމެއްގައި ތިބި އޮފިޝަލުންގެ މައުލޫމާތުގެ މައްޗަށް ބިނާކޮށް އިޒްރޭލަށް ފޮނުވާލުމަށް ކޯޓު އަަމުރެއް ހޯދި އެވެ.

ޔަހޫދީންގެ ނިޝާންތައް ކުރަހާފައިވާ އެ ރިހި ފައިސާ ފޮއްޗަކީ އީސާގެފާނު އަވަހާރަވިތާ 69 އަހަރު ފަހުން އުފެއްދި އެއްޗެއް ކަމަށްވެ އެވެ. މި ވަގުތު ދުނިޔޭގައި އޮތީ އޭގެ އެންމެ ހަތަރު ފައިސާ ފޮއްޗެވެ.