Advertisement

ކަސްރަތަށް ހޭލުންތެރި ކުރުވުމަށް އުމުރުން ދުވަސްވީ މީހުންނަށް ޓީއެފްޖީގެ ހާއްސަ ސެޝަނެއް

10 ސެޕްޓެންބަރު 2022 - 20:04 0

ނިމާ ހަސަން

ނިމާ ހަސަން

ކަސްރަތަށް ހޭލުންތެރި ކުރުވުމަށް ޓީއެފްޖީން ބޭއްވި ހާއްސަ ސެޝަނުގެ ތެރެއިން؛ އެ ސެޝަނުގައި ބައިވެރިންނަށް ގިނަ މައުލޫމާތުތަކެއް ވަނީ ދީފައި --ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު


ކަސްރަތަށް ހޭލުންތެރި ކުރުވުމަށް އުމުރުން ދުވަސްވީ މީހުންނަށް ޓީއެފްޖީގެ ހާއްސަ ސެޝަނެއް

10 ސެޕްޓެންބަރު 2022 - 20:04 0

ކަސްރަތާ އެކު ދުޅަހެޔޮ ދިރިއުޅުމެއްގެ މުހިންމުކަން ހާމަކޮށްދިނުމަށް އުމުރުން ދުވަސްވީ މީހުންނަށް އަމާޒުކޮށް, ޓޯޓަލް ފިޓްނެސް ގްރޫޕް (ޓީއެފްޖީ) އިން ހާއްސަ ސެޝަނެއް ބާއްވައިފި އެވެ.

މިއަދު ބޭއްވި އެ ސެޝަނުގައި ޓީއެފްޖީގެ ފަރާތުން ވަނީ ސެޝަނުގައި ބައިވެރިވި މީހުންނަށް ބޭނުންތެރި މައުލޫމާތުތަކެއް ފޯރުކޮށްދީފަ އެވެ. އެގޮތުން, ކަސްރަތު ކުރުމުގެ މުހިންމުކަމާއި, ކަސްރަތުގެ ސަބަބުން ލިބޭ ފައިދާތަކާ ބެހޭގޮތުން ވަނީ މަޝްވަރާކޮށްފަ އެވެ.

ހަމައެއާއެކު ސެޝަނުގެ ބައިވެރިންނާއެކު ކަސްރަތުކުރުމުގެ ކުޑަ ހަރަކާތެއް ބާއްވާފައި ވެއެވެ.

މި ސެޝަނުގައި ޓީއެފްޖީން ވަނީ ހަގު އުމުރުގައި ކަސްރަތު ކުރަން ފެށުމުގެ ސަބަބުން އުމުރުން ދޮށިވާވަރަކަށް ދިރިއުޅެން ފަސޭހަކަން ސެޝަނުގައި ބައިވެރިންނަށް ކިޔައިދީފަ އެވެ. ހަމައެއާއެކު, ކަސްރަތުގެ ސަބަބުން, ހިތުގެ ބަލިތަކުން ދުރުކޮށްދޭއިރު, ކަސްރަތާއެކު ހިތުގެ ދުޅަހެޔޮކަން ލިބެ އެވެ.

ކަސްރަތު ކުރުމަކީ ހަނދާން ނެތުމުގެ ބަލިން ވެސް މީހާ ދުރުކޮށްދޭ ކަމަކަށްވާއިރު, ކަސްރަތު ކުރާ ނަމަ ކަށި ފީވުމުގެ މައްސަލައިން ވެސް ދުރުކޮށްދެ އެވެ. އޭގެ އިތުރަށް, ކަސްރަތު ކުރުމަކީ ރޭގަނޑު ނިދުމަށް ވެސް އެހީވެދޭ ކަމެކެވެ. ދުވާލުގަޑީގައި ހުށިޔާރުކަމާއެކު ހުރެވޭނީ ރޭގަނޑު ހަމަނިދި ލިބިގެން ކަމަށްވާތީ ނިންޖަކީ ހަށިގަނޑަށް ވަރަށް މުހިންމު ކަމެކެވެ.

ކަސްރަތު ކުރުމަކީ އުފާވެރިކަން ގެނެސްދޭ ކަމެއް ވެސް މެއެވެ. ސަބަބަކީ, ކަސްރަތު ކުރުމުން މީހާގެ ހަށިގަނޑުން ކޯޓިސޯލް ކިޔާ މާއްދާއެއް މަދުވެ, އެންޑޯފިން ކިޔާ މާއްދާ އެއް އިތުރުުމެވެ.

ކަސްރަތު ކުރުމުގެ މުހިންމުކަމާ ބެހޭ ސެޝަނެއް ޓީއެފްޖީން ކުރިއަށް ގެންގޮސްފައި ވަނީ, ކަސްރަތު ކުރުމުގެ މުހިންމު ކަމާމެދު އުމުރުން ދުވަސްވީ މީހުން ހޭލުންތެރި ކުރުވުމުގެ އިތުރަށް, ކަސްރަތު ކުރުމުގައި އެހީ ބޭނުންވާ މީހުންނަށް އެ ފުރުސަތު އޮތްކަން އަންގައި ދިނުމަށެވެ. އެގޮތުން, އެފަދަ އެހީއެއް ބޭނުންވާ މީހުން, ޓީއެފްޖީގެ ލޭންޑްލައިން ނަންބަރަށް ގުޅުމުން, އެ އެހީއެއް ފޯރުކޮށްދޭނެ ކަމަށް ޓީއެފްޖީން ބުނެ އެވެ.

ޓީއެފްޖީން ދަނީ މަހަކު އެއްފަހަރު މިފަދަ ހެލުންތެރިކުރުވުމުގެ ސެޝަންތައް ބާއްވަމުންނެވެ. ކޮންމެ މަހަކު ވެސް ސެޝަން ކުރިއަށް ގެންދަނީ އެކި މައުޟޫއުތަކަށެވެ. އެއީ އެކި ގްރޫޕްތަކަށް ފޯކަސްކޮށްގެން ބާއްވާ ސެޝަންތަކެކެވެ.