Advertisement

ފުނަދޫ އިންޖީނުގެ ހިންގުން ފެނަކައާ ހަވާލުކޮށްފި

24 އޮގަސްޓު 2022 - 23:23 0

އަމަން ހަލީމް

އަމަން ހަލީމް

ށ. ފުނަދޫ ހިންގުމާ ފެނަކައިން ހަވާލުވާން ބޭއްވި ރަސްމިއްޔާތުގައި އެއްބަސްވުން ބަދަލުކުރަނީ. -- ފޮޓޯ: ފެނަކަ


ފުނަދޫ އިންޖީނުގެ ހިންގުން ފެނަކައާ ހަވާލުކޮށްފި

24 އޮގަސްޓު 2022 - 23:23 0

ށ. ފުނަދޫގައި އެ ރަށު މީހުން 36 އަަހަރު ވަންދެން ހިންގަމުން އައި އިންޖީނުގެ ހިންގަން ފެނަކައާ މިއަދު ހަވާލުކޮށްފި އެވެ.

މިއާ އެކީ ށ. އަތޮޅުގައި ހުރި ހުރިހާ ރަށެއްގައި ހުރި އިންޖީނުތަކެއް ހިންގުމާ ފެނަކައިން ވަނީ ހަވާލުވެފަ އެވެ.

އެ ރަށުގައި ބޭއްވި ރަސްމިއްޔާތެއްގައި ފެނަކައިން ބުނީ މިއީ ރަށްރަށުގައި ފެނަކައިން ދެމުންދާ ޒަމާނީ ދެމެހެއްޓެނިވި ފުރިހަމަ ހިދުމަތްތަކުން ލިބުނު އިތުބާރުގެ މައްޗަށް ފުނަދޫ ރައްޔިތުން ނިންމި ނިންމުމެއް ކަމަށެވެ.

އެގޮތުން އިންޖީނުގެއާ ހަވާލުވުމަށް ފަހު، ފުނަދޫއަށް ބޭނުންވާ ފުރިހަމަ ކަރަންޓު މެދުނުކެނޑި ދިނުމަށް ބޭނުންވާ 600 އަދި 800 ކިލޯވޮޓްގެ މުޅިން އާ ދެ ޖެނެރޭޓަރު މިހާރު ވަނީ ރަށަށް ގެންދެވި އިންސްޓޯލް ކުރުމުގެ މަސައްކަތް ފަށާފައިވާ ކަން އިއުލާނުކުރި އެވެ.