20 ޖުލައި 2022 - 17:04 0
އަމަން ހަލީމް
ސ. ހުޅުދޫ ބަނދަރު: އެމްޓީސީސީން ވަނީ ޕްރޮޖެކްޓުގެ 90 ޕަސެންޓު ނިމިއްޖެ ކަމަށް ބުނެފައި. -- ފޮޓޯ: އެމްޓީސީސީ
20 ޖުލައި 2022 - 17:04 0
ތިމާވެއްޓަށް އަސަރުކުރާ މިންވަރު ބަޔާންކުރާ ރިޕޯޓު (އީއައިއޭ)އާ ހިލާފަށް މަސައްކަތް ކުރަމުން ގެންދާ ކަމަށް ބުނެ ސ. ހުޅުދޫ ބަނދަރު ހެދުމުގެ ޕްރޮޖެކްޓު އެންވަރަމެންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ)އިން މިއަދު ހުއްޓުވައިފި އެވެ.
ހުޅުދޫ ބަނދަރު ހެދުމުގެ މަޝްރޫއަކީ ޕްލޭނިން މިނިސްޓްރީން އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ 66.3 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.
އެ މަޝްރޫއުގެ ދަށުން 88،623 ކިއުބިކް މީޓަރު ސަރަހައްދުގެ ބަނދަރު ފުންކުރުމާއި 742 މީޓަރު ސަރަހައްދުގައި އެއްގަމު ތޮށި ލުން އަދި 624 މީޓަރު ސަރަހައްދުގައި ރިވެޓްމެންޓް ޖެހުން ވެސް ހިމެނެ އެވެ.
ހުޅުދޫ ބަނދަރު މަޝްރޫއާ ގުޅިގެން އެމްޓީސީސީން މިދިޔަ އާދިއްތަ ދުވަހު ބުނީ މަޝްރޫއުގެ 90 ޕަސެންޓު މަސައްކަތް ނިމިއްޖެ ކަމަށެވެ. އަދި ބޭރު ތޮށި ހެދުމަށް ބޭނުންވާ ބޮޑު ހިލައިގެ ފުރަތަމަ ޝިޕްމަންޓް ވެސް ފޮނުވާފައިވާ ކަމަށް އެ ކުންފުނިން ބުންޏެވެ.
މަސައްކަތް މި ހިސާބަށް ގޮސްފައި ވަނިކޮށް އީއައިއޭއާ ހިލާފުވީ ކަމަށް ބިން ހިއްކުމާއި ފަޅުކޮނުމުގެ ހުރިހާ މަސައްކަތެއް ހުއްޓާލުމަށް އީޕީއޭއިން އެންގީ ކީއްވެގެން ކަމެއް ބަޔާނުން ސާފެއް ނުވެ އެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment