Advertisement

ކޮފީ މެޝިނަކާއި ކަރަންޓު ކުރަޔަކުން ފެށި ރަސްލް ހޮބްސްގެ ވާހަކަ

9 ޖޫން 2022 - 07:00 0

އަމަން ހަލީމް

އަމަން ހަލީމް

ރަސްލް ހޮބްސްގެ ކަރަންޓު ކުރަޔެއް: ދުނިޔޭގެ ފުރަތަމަ އޮޓަމެޓިކް ކަރަންޓު ކުރާ އުފެއްދީ މި ކުންފުނިން. -- ގްރެފިކްސް: އަދަދު


ކޮފީ މެޝިނަކާއި ކަރަންޓު ކުރަޔަކުން ފެށި ރަސްލް ހޮބްސްގެ ވާހަކަ

9 ޖޫން 2022 - 07:00 0

އަހަރަކީ 1955 އެވެ.

އެއީ މިހާރު ގޭބިސީތަކުގައި އާންމުކޮށް ހުންނަ ކަރަންޓު ކުރާ ހުރި ޒަމާނެއް ނޫނެވެ. ކަރަންޓުން ފެން ކައްކާ ކުރާ ހުރި ނަމަވެސް ފެން ކެކުމުން އަމިއްލައަށް ނިވޭ ކަރަންޓު ކުރައެއް ނުހުރެ އެވެ. މުޅިން ވެސް ހުރީ ފެން ކައްކާ ނިމުނީމަ އަމިއްލައަށް ނިވާލަން ޖެހޭ ކުރަ އެވެ.

ރަސްލް ހޮބްސް އިން އުފެއްދި ދުނިޔޭގެ ފުރަތަމަ އޮޓަމެޓިކް ކަރަންޓު ކުރާ.-- ފޮޓޯ: ދި އިންޑިޕެންޑެންޓް


އެކަން ބަދަލުކޮށްލީ އިނގިރޭސި ކުންފުންޏެއް ކަމުގައިވާ ރަަސަލް ހޮބްސް އިން ދުނިޔޭގެ ފުރަތަމަ އޮޓަމެޓިކް ކަރަންޓު ކުރާ ބާޒާރަށް ނެރުނު ހިސާބުންނެވެ. ފެނުގެ އާވިން ސުވިޗު ނިވޭ ގޮތަށް ފަރުމާކޮށްފައިވާ މި ކުރަޔަކީ އެޕްލަޔަންސް އުފެއްދުމުގެ ވިޔަފާރި މުޅިން ބަދަލުކޮށްލި އުފެއްދުމެވެ. އަދި ރަސްލް ހޮބްސްގެ ނަން މުޅި ދުނިޔޭގެ ސަމާލުކަމަށް އައެވެ.

ރަސްލް ހޮބްސްގެ ފެށުން

ރަސަލް ހޮބްސް ކުންފުންޏަކީ އިނގިރޭސި އަސްކަރިއްޔާގައި މަސައްކަތްކުރި ދެ އިންޖިނިއަރުން ކަމުގައިވާ ބިލް ރަސަލް އާއި ޕީޓާ ހޮބްސްގެ ވިޔަފާރިއެކެވެ. މި ދެވެރިން ވެގެން އަމިއްލަ ކުންފުންޏެއް އުފެއްދީ އެޕްލަޔަންސް އުފައްދާ "މޯފީ ރިޗާޑްސް" ގައި ވަޒީފާ އަދާކުރުމަށް ފަހު، ދިމާވި މައްސަލަތަކެއްގެ ތެރޭގަ އެވެ.

ރަސަލް ހޮބްސްގެ ފުރަތަމަ އުފެއްދުމަކީ ވެސް ދުނިޔޭގެ ފުރަތަމައެކެވެ. އެއީ ކަރަންޓުން ކޮފީ ހަދާ ކޮފީ ޕާކޮލޭޓާއެކެވެ. އޮޓަމެޓިކް ކަރަންޓު ކުރަޔަކީ އެ ކުންފުނިން ބާޒާރަށް ނެރުނު ދެވަނަ އުފެއްދުމެވެ. "ކޭ1" ގެ ނަމުން ނަން ދެވިފައިވާ މި ކުރާ ވެގެން ދިޔައީ ކަސްޓަމަރުންގެ މެދުގައި ވަރަށް މަގުބޫލު އުފެއްދުމަކަށެވެ. އަދި ދެ އަހަރުގެ ތެރޭގައި މީގެ މިލިއަނަކަށް ވުރެ ގިނަ ކުރާ ވިކުނެވެ.

މިފަހުން ބާޒާރަށް ނެރުނު ރަސްލް ހޮބްސްގެ އެމާ ބްރިޖްވޯޓާ ކަލެކްޝަންގެ އެޕްލަޔަންސްތައް. -- ފޮޓޯ: ރަސްލް ހޮބްސް ޔޫކޭ


މި ކުރަޔަށް ވުރެ ވެސް ބޮޑު މަގުބޫލުކަމެއް ހޯދީ 1960ގެ އަހަރުތަކުގައި ރަސަލް ހޮބްސް އިން ބާޒާރަށް ނެރުނު "ކޭ2" އެވެ. ކުރީގެ ޕްރޮޑަކްޓު އަޕްގްރޭޑުކޮށް ނެރުނު މި ކުރާ ފުރިހަމަ ކަމުން 30 އަހަރު ވަންދެން އެ ކުންފުނިން މި ކުރާ ވިއްކި އެވެ. އަދި، މަދު ދުވަސްކޮޅެއްގެ ތެރޭގައި ކަރަންޓު ކުރާ ވިޔަފާރީގައި ދުނިޔޭގެ އެއް ނަމްބަރު ސަޕްލަޔަރަށް ވެގެން ދިޔަ އެވެ.

އެޕްލަޔަންސް އުފެއްދުމުގައި "ފުރަތަމަ" ގިނަ ފަހަރު ރަސްލް ހޮބްސް އަށް

ރަސްލް ހޮބްސް ކުންފުނީގެ ކާމިޔާބީގެ ފަހަތުގައި އެންމެ ބޮޑަށް ފާހަގަކުރެވެނީ އެ ކުންފުނީގެ އީޖާދީ އުފެއްދުންތަކެވެ. އެ ކުންފުނިން ނެރުނު ގިނަ އުފެއްދުންތަކަކީ، ހާއްސަކޮށް ކަރަންޓު ކުރާތަކަކީ، އެ ކުންފުނިން އަމިއްލައަށް އީޖާދުކޮށްގެން ބާޒާރަށް މުޅިން އަލަށް ނެރުނު އުފެއްދުންތަކެވެ. އޭގެ ތެރޭގައި ހިމެނެނީ:

  • ކޮފީ ޕާކޮލޭޓާ
  • އޮޓަމެޓިކް ކަރަންޓު ކުރާ
  • ޕްރޮގްރާމް ކުރެވޭ ކަރަންޓު ކުރާ (އެމް2)، އަދި
  • ޕްލާސްޓިކް ކަރަންޓު ކުރާ އެވެ.

ރަސަލް ހޮބްސް ކުންފުނިން އެހެން ވައްތަރުތަކުގެ އެޕްލަޔަންސްތައް ފުރަތަމަ އުފައްދަން ފެށީ 60ގެ އަހަރުތަކުގެ ފަހުކޮޅު އެވެ. އެއީ ކުންފުނީގެ ވިޔަފާރި ފުޅާކުރުމުގެ ތެރެއިން ޓިއުބް އިންވެސްޓްމަންޓު ކިޔާ ކުންފުންޏަކަށް ވިއްކާލި ފަހުންނެވެ.

އެފަހުން ރަސަލް ހޮބްސްގެ ވިޔަފާރި އެކި ފަހަރު މަތިން ވިއްކާލި އެވެ. މިހާރު އެ ކުންފުނި ހިންގަނީ އެމެރިކާގެ ސްޕެކްޓްރަމް ބްރޭންޑްސް އިންނެވެ. މެނުފަކްޗަރިން ސިނާއަތުގައި އެންމެ ބޮޑު، އަދި އެންމެ މުއްސަނދި ކުންފުނިތަކުގެ ތެރޭގައި ހިމެނޭ ސްޕެކްޓްރަމް އިން މި ބްރޭންޑު ހިންގާތާ މިހާރު 12 އަހަރު ވަނީ އެވެ.

ކުންފުނި ހިންގާ މީހުން ބަދަލުވީ ނަމަވެސް، ކުންފުނި އުފެދިގެން އައިއިރުގެ ފަލްސަފާއަށް މާ ބޮޑު ބަދަލެއް ނާދެ އެވެ. އަބަދުވެސް އެންމެ އިސްކަމެއް ދެނީ ކަސްޓަމަރުންނަށް ބޭނުންކުރަން ފަސޭހަ އަދި ރައްކާތެރި އުފެއްދުންތަކެއް ބާޒާރަށް ނެރޭށެވެ. ރަސްލް ހޮބްސްގެ އުފެއްދުންތަކަށް މިއަދު ވެސް ލިބެމުންދާ މަގުބޫލުކަމަކީ މިކަމުގެ ސާފު ހެއްކެކެވެ.

އެގޮތުން އެ ކުންފުނީގެ ޓޯސްޓަރުތަކާއި ފުޑް ޕްރޮސެސާތަކަކީ މިހާރު ވެސް އެއްވަނަ ގިންތީގައި ގުނާލެވޭ އުފެއްދުންތަކެވެ. އަދި ހެޔޮ އަގުގައި މި ވަގުތު ބާޒާރުން ލިބެން ހުރި އެންމެ ކޮލިޓީ މޮޅު، އެހާމެ ބަލާލަން ރީތި ފަރުމާގެ އުފެއްދުންތަކެވެ.

މިހާރު އެސްޓީއޯ އިން ވަނީ ރާއްޖޭގެ ބާޒާރަށް މި ބްރޭންޑު ތައާރަފުކޮށް ވިއްކަން ފަށާފަ އެވެ.