Advertisement

ޓުޓުކޮރިން އާއި އައްޑޫއާ ދެމެދު ކުރި ފެރީ ދަތުރުތައް މެދުކަނޑާލައިފި

22 މޭ 2022 - 20:50 0

ފާތިމަތު އަޖްފާން

ފާތިމަތު އަޖްފާން

އިންޑިއާގެ ކާގޯ ފެރީ ކުޅުދުއްފުށި ކައިރީ--- ފޮޓޯ: ޖީއޯވީ.އެމްވީ


ޓުޓުކޮރިން އާއި އައްޑޫއާ ދެމެދު ކުރި ފެރީ ދަތުރުތައް މެދުކަނޑާލައިފި

22 މޭ 2022 - 20:50 0

އިންޑިއާގެ ކޮޗިންގެ ޓުޓިކޮރިން އާއި އައްޑޫ ސިޓީއާ ދެމެދު ދަތުރު ކުރަމުން ދިޔަ ކާގޯ ބޯޓުގެ ދަތުރުތައް މެދުކަނޑާލާފައިވާ ކަމަށް މޯލްޑިވްސް ސްޓޭޓު ޝިޕިން (އެމްއެސްއެސް)އިން ބުނެފި އެވެ.

އައްޑޫ އާއި ޓުޓިކޮރިންއާ ދެމެދު ކާގޯ ދަތުރުތައް ފެށީ 2020 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގަ އެވެ. އެ ދުވަހު އައްޑޫގެ ސަރަހައްދީ ބަނދަރަށް 500 މެޓްރިކް ޓަނު މުދާ ވަނީ ގެނެސްފަ އެވެ.

އެމްއެސްއެސް އިން ބުނީ އައްޑޫ އާއި ޓުޓިކޮރިންއާ ދެމެދު މައިގަނޑު ގޮތެއްގައި އުފަލުން ދިޔައީ އެސްޓީއޯއަށް ބޭނުންވާ މުދާ ކަމަށެވެ.

ނަމަވެސް، އެސްޓީއޯއިން ކުރިއަށް ގެންދިޔަ މަޝްރޫއުތައް ނިމުމުގެ އިތުރުން އެ ކުންފުނީގެ ޕްރޮކިޔުމަންޓް އުސޫލަށް ގެނައި ބަދަލުތަކުގެ ސަބަބުން ދަތުރުތައް ކުރިއަށް ގެންދެވޭ މިންވަރަށް މިހާރު ކާގޯ ނެތް ކަމަށް ކަމަށް އެމްއެސްއެސްއިން ބުންޏެވެ.

އެހެންކަމުން، އައްޑޫ އާއި ޓުޓިކޮރިންއާ ދެމެދު ކާގޯ ދަތުރުތައް މިވަގުތަށް މެދުކަނޑާލަން ނިންމާފައިވާ ކަމަށް އެ ކުންފުނިން އިތުރަށް ބުންޏެވެ.

އެ ފެރީގެ ސަބަބުން އައްޑޫގެ ވިޔަފާރިވެރިން އިންޑިއާ އިން ކާބޯތަކެތި އެތެރެކޮށް އަގު ހެޔޮކޮށް ވިއްކަމުން ދިޔަ އެވެ. އޭގެ ތެރޭގައި ސިމެންތި ވެސް ހިމެނެ އެވެ.

ނަމަވެސް ފަހުން އަގުބަޮޑުކަމުގެ ޝަކުވާވެސް ވަނީ ވިޔަފާތިވެރިން ކޮށްފަ އެވެ. އެކަމާ ގުޅިގެން އެމްއެސްއެސް އިން ބުނެފައި ވަނީ އެއީ އެމްޕީއެލްގެ ސަބަބުން ކަމަށެވެ.

ކާގޯގެ ފެރީގެ ހިދުމަތް އައްޑޫގެ އިތުރުން ހދ. ކުޅުދުއްފުއްޓާއި ގދ ތިނަދޫއަށްވެސް ވަނީ ފޯރުކޮށްދީފަ އެވެ.