Advertisement

އުރީދޫ އެމް-ފައިސާ ވައިބާ އަށް: ފައިސާ ފޮނުވަން ބޮޑު ފަސޭހައެއް

18 ފެބުރުވަރީ 2022 - 08:34 1

އަހުމަދު ސައީދު

އަހުމަދު ސައީދު

އުރީދޫއިން އެމްފައިސާ އޮން ވައިބާ ހިދުމަތް ތައާރަފު ކުރުމަށް އިއްޔެ ބޭއްވި ހަފްލާ: މި ހިދުމަތުގެ ސަބަބުން ފައިސާ ފޮނުވަން ފަސޭހަވާނެ-- ފޮޓޯ އުރީދޫ


އުރީދޫ އެމް-ފައިސާ ވައިބާ އަށް: ފައިސާ ފޮނުވަން ބޮޑު ފަސޭހައެއް

18 ފެބުރުވަރީ 2022 - 08:34 1

އުރީދޫ އެމް- ފައިސާ ބޭނުންކުރާ ފަރާތްތަކަށް އެ ހިދުމަތް ވައިބާ މެދުވެރިކޮށް ފަސޭހަ އިން ހޯދޭނެ ގޮތް އުރީދޫ މޯލްޑިވްސް އާއި ރަކުޓެން ވައިބާ ގުޅިގެން ތައާރަފު ކޮށްފި އެވެ.

ހ. މީރުމާ އިވެންޓްސް ލައުންޖުގައި އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި "އެމް-ފައިސާ, ސެންޑް މަނީ އޮން ވައިބާ" ހިދުމަތް ތައާރަފު ކޮށްދެއްވީ އެމްއެމްއޭގެ ގަވަރުނަރު އަލީ ހާޝިމް އާއި އުރީދޫގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ ހާލިދު އަލް ހަމާދީ އަދި ކުންފުނީގެ ޗީފް ކޮމާޝަލް އޮފިސަރު ހުސައިން ނިޔާޒު އެވެ. މި ރަސްމިއްޔާތުގައި ރަކުޓެން ވައިބާ ސީނިއާ ޑިރެކްޓަރު ޑޭވިޑް ޗޫ ވާޗުއަލް ކޮށް ބައިވެރިވެވަޑައިގަތެވެ.

ވައިބަރގައި އެމް-ފައިސާ މެދުވެރިކޮށް ފައިސާ ފޮނުވުމަށް:

  1. ވައިބަރ ޗެޓް ހުޅުވާލާ
  2. ޖިފް ހުޅުވާލުމަށް ފަަހު އެމް-ފައިސާ ހިޔާރުކުރައްވާ
  3. ސެންޑް މަނީ ހިޔާރުކުރަައްވާ
  4. އެމް-ފައިސާ އެކައުންޓަށް ލޮގިން ވުމަށް ޓަކައި ޕިން ޖަަައްސަަވާާ
  5. ފަައިސާާ ފޮނުވަން ބޭނުން ފަރާތުގެ ނަންބަރާއި އަަދަަދު ޖަައްސަަވުމަށްފަަހު ޔަަގީންކުރައްވާ
  6. ސެއާ ރިސިޕްޓް ހިޔާރު ކުރެއްވުމުން ވައިބަރ މެދުވެރިކޮށްްް ކޮންްްފަަަމޭޝަން މެސެޖް ލިބިވަަޑަައިގަަންނަަވާާނެ

"އެންމެ ގިނަ މީހުން ބޭނުންކުރަނީ ވައިބާ، އެހެން ވީމަ ވައިބާއާއެކު މިކަން ތައާރަފުކުރީ،" ނިޔާޒު ވިދާޅުވި އެވެ.

ވައިބާގެ ފަރާތުން ޑޭވިޑް ވިދާޅުވީ ވައިބާ އިން އެއްވެސް މީހަކު އެހެން މީހަކަށް ފޮނުވާ މައުލޫމާތެއް ނުބަލާނެ ކަމަށާއި ރައްކާ ވެސް ނުކުރާނެ ކަމަށެެވެ. އެހެން ކަމުން، ވައިބާ މެދުވެރިކޮށް، އެމް- ފައިސާ މުއާމަލާތްތައް ކުރި ނަމަވެސް ސެކިއުރިޓީގެ ގޮތުން ދިމާވާނެ މައްސަލަ އެއް ނޯންނާނެ ކަމުގެ ޔަގީންކަން ޑޭވިޑް ދެއްވި އެވެ.

"ބަޔަކު ވައިބާ ހެކްކުރި ކަމުގައި ވިއަސް ވައިބާ ބޭނުންކުރާ ފަރާތްތަކުގެ މައުލޫމާތެއް ނުލިބޭނެ، އެއީ އެ މައުލޫމާތަކީ ވައިބާ އިން ރައްކާކުރާ މައުލޫމާތަކަށް ނުވާތީ، ވައިބާ އަކީ ހަމައެކި އެކަކު އަނެއްކަނަށް މެސެޖް ފޮނުވުމަށް ބޭނުންކުރާ ވަސީލަތެއް، ފޮނުވާ މައުލޫމާތު ހުންނާނީ އެމީހެއްގެ ފޯނުގައި،" ޑޭވިޑް ވިދާޅުވި އެވެ.

ނިޔާޒު ވިދާޅުވީ މި ހިދުމަތް ތައާރަފްކުރުމުގެ ހިޔާލު އައީ ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ތެރޭގައި އެކި ކަންކަމުގައި ވައިބާގެ ބޭނުން ކުރާ މިންވަރު އިތުރުވުމުންނެވެ. މި ހިދުމަތް ތައާރަފު ކުރުމުގެ މަސައްްކަތް އުރީދޫ އިން ފެށީ 2020 ވަނަ އަހަރުގެ ފަހުކޮޅު އެވެ.