Advertisement

ލުލާކޫ އަލުން ޗެލްސީ ސަޕޯޓަރުންގެ އިތުބާރު ހޯދަން ގޯލު ޖަހަންޖެހޭ: ޓުޗެލް

12 ޖަނަވަރީ 2022 - 13:01 0

ޗެލްސީގެ ފޯވާޑް ލުކާކޫ.-- ފޮޓޯ: އޭއެފްޕީ


ލުލާކޫ އަލުން ޗެލްސީ ސަޕޯޓަރުންގެ އިތުބާރު ހޯދަން ގޯލު ޖަހަންޖެހޭ: ޓުޗެލް

12 ޖަނަވަރީ 2022 - 13:01 0

ލަންޑަން (ޖެނުއަރީ 12) - ޗެލްސީގެ ފޯވާޑް ރޮމެލޫ ލުކާކޫ އަލުން އެ ޓީމުގެ ސަޕޯޓަރުންގެ އިތުބާރު ހޯދާނަމަ ކުރަން ޖެހޭނެ ކަމަކީ ގޯލުތަކެއް ޖެހުން ކަމަށް ޗެލްސީގެ ކޯޗު ތޯމަސް ޓުޗެލް ބުނެފި އެވެ.

ޗެލްސީގެ ސަޕޯޓަރުންނާއި ލުކާކޫގެ ގުޅުން ގޯސްވީ ދާދި ފަހުން ލުކާކޫ ސްކައި އިޓާލިއާ އަށް ދިން އިންޓަވިއުއެއްގެ މައްސަލައެއްގަ އެވެ. ލުކާކޫ ވަނީ އެ އިންޓަވިއުގައި ޗެލްސީގައި ހުރި ހާލަތާ މެދު ހިތްހަމަނުޖެހޭ ކަމަށް ބުނެ، ކައިރި މުސްތަގުބަލެއްގައި އިންޓަ މިލާނަށް އަލުން ކުޅެން ބޭނުންވާ ކަމަށް ވެސް އެ އިންޓަވިއުގައި ބުނެފައިވެ އެވެ.

އެ އިންޓަވިއު މައްސަަލައިގައި ޗެލްސީން ވަނީ އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލާ ދެކޮޅަށް ކުޅުނު މެޗަށް ނެގި ސްކޮޑުން ލުކާކޫ ބާކީކޮށްފަ އެވެ. އޭގެ ފަހުން ލުކާކޫ ވަނީ މައާފަށް އެދި ޗެލްސީގެ ރަސްމީ ވެބްސައިޓަށް އިންޓަވިއުއެއް ދީފަ އެވެ.

ޗެލްސީން އެންމެ ފަހުން އިނގިރޭސި ލީގު ކަޕް ސެމީ ފުރަތަަލަ ލެގުގައި ޓޮޓެންހަމާ ދެކޮޅަށް ކުޅުނު މެޗާއި އެފްއޭ ކަޕް ތިން ވަނަ ބުުރުގައި ޗެސްޓާފީލްޑާ ދެކޮޅަށް ކުޅުނު މެޗުގައި ލުކާކޫ ވަނީ ފުރަތަމަ އެގާރައިގައި ކުޅެފަ އެވެ. ޗެސްޓާފީލްޑް ކޮޅަށް ލުކާކޫ ގޯލު ޖެހި ނަމަވެސް އެ މެޗުގައި ބައެއް ޗެލްސީ ސަޕޯޓަރުންގެ ނުރުހުން ލުކާކޫ އަށް އަމާޒުވި އެވެ.

ޓުޗެލް ބުނީ ލުކާކޫ ލައްވައި ވަކި ސްޓައިލަކަށް ކުޅުވަން ޗެލްސީން މަަސައްކަތް ނުކުރާނެ ކަމަށާއި ސަޕޯޓަރުންގެ އިތުބާރު ހޯދަން ފޯވާޑުން އަބަދުވެސް ކުރަން ޖެހޭނެ ކަމަކީ ގޯލު ޖެހުން ކަމަށެވެ. އަދި ލުކާކޫ އަށް ވެސް އޮތީ އެ މަގުން ކުރިއަށް ދިއުން ކަމަށް ޓުޗެލް ވަނީ ބުނެފަ އެވެ.

"ވަކި ވާހަކައެއް ދައްކައިގެން، ނޫނީ ވަކި ވީޑިއޯ އެއް ކުޅެގެން ކުރިން އެ އޮތް އިތުބާރެއް ނުހޯދޭނެ. އެ އިތުބާރު ހޯދޭނީ ގޯލު ޖަހައިގެން އެ ކުރެވޭ އިހުސާސް އިން. ވަރަށް މޮޅު ގޯލެއް ނޫނީ ވަރަށް އާދައިގެ ގޯލެއް ޖެހުމަކީ މައްސަލައެއް ނޫން. ގޯލުގެ ރޮނގު ހުރަސްކުރާ ވަރަށް ބޯޅަ ފޮނުވާލަންވީ ވީހާ ވެސް ގިނަޔަކުން. އެ ހިސާބުން މި ހުރި މައްސަލަތަކަށް ހައްލު އަންނަން ފަށާނެ،" ޗެލްސީ ސަޕޯޓަރުންގެ އިތުބާރު ހޯދަން ލުކާކޫ ކުރަން ޖެހޭނީ ކޮންކަމެއްތޯ ނޫސްވެރިއަކު އެހުމުން ޓުޗެލް ބުންޏެވެ.

އިނގިރޭސި ލީގު ކަޕް ސެމީ ފައިނަލް ދެ ވަނަ ލެގުގައި މިރޭ ޓޮޓެންހަމް ދަނޑުގައި ޗެލްސީ ކުޅޭ މެޗު އޮންނާނެ އެވެ. ފުރަތަމަ ލެގުން ޗެލްސީ ވަނީ 2-0 އިން ޓޮޓެންހަމް ބަލިކޮށްފަ އެވެ. އެހެންކަމުން މިރޭގެ މެޗު އެއްވަރުކޮށްލައިގެން ވެސް އެ ޓީމަށް ފައިނަލަށް ދެވޭނެ އެވެ.