Advertisement

އިތުރު މީހަކު ކުރިމަތިނުލުމުން ކޮމަންޑޫ ދާއިރާގެ އެމްޑީޕީ ޓިކެޓު ކުރީގެ ކައުންސިލަރު ރާޝިދަށް

22 ޑިސެންބަރު 2021 - 18:35 0

ހަސަން މުހައްމަދު

ހަސަން މުހައްމަދު

އެމްޑީޕީން މާލޭގައި ބޭއްވި ޖަލްސާއެއްގެ ތެރެއިން: ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަން އޮންނާނީ އަންނަ ފެބްރުއަރީ މަހު -- ފޮޓޯ: އަދަދު ފައިލް


އިތުރު މީހަކު ކުރިމަތިނުލުމުން ކޮމަންޑޫ ދާއިރާގެ އެމްޑީޕީ ޓިކެޓު ކުރީގެ ކައުންސިލަރު ރާޝިދަށް

22 ޑިސެންބަރު 2021 - 18:35 0

ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ އެތެރޭގެ އިންތިހާބުގައި ބައިވެރިވުމަށް ހުޅުވާލި ފުރުސަތުގައި އިތުރު މީހަކު ކުރިމަތިލާފައިނުވާތީ ވެރިކަން ހިންގާ އެމްޑީޕީގެ ޓިކެޓް ށ. ފޯކައިދޫގެ ކުރީގެ ކައުންސިލަރު މުހައްމަދު ރަޝާދު ޔަގީންކުރައްވައިފި އެވެ.

އެމްޑީޕީން ކުރި އިއުލާނެއްގައި ބުނެފައި ވަނީ ކުރީގެ މެމްބަރު ހުސެއިން ވަހީދު މިދިޔަ އަންގާރަ ދުވަހު އަވަހާރަވުމާ ގުޅުގެން ބާއްވާ ބައި-އިލެކްޝަނަށް ވާދަ ބާއްވާ ޕާޓީގެ އެތެރޭގެ އިންތިހާބަށް ކުރިމަތިލެއްވީ ރަޝާދު އެކަނި ކަމަށެވެ.

ރަޝާދު އެކަނި ޕްރައިމަރީއަށް ކުރިމަތިލެއްވުމުން އޭނާއަށް ޓިކެޓު ކަށަވަރުވެފައިވާކަން އެ އިއުލާނުގައި ބުނެފައެއް ނުވެ އެވެ. ނަމަވެސް މީގެ ކުރީގެ އިންތިހާބުތަކުގައި އެމްޑީޕީން އަމަލު ކުރަމުންދިޔަ ގޮތަކީ އެއީ އެވެ.

ކައުންސިލަރެއްގެ ގޮތުގައި 10 އަހަރު މަސައްކަތް ކުރެއްވުމަށްފަހު ރަޝާދު މިހާރު ހުންނެވީ ފޯކައިދޫ ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމުގަ އެވެ.

ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަން އަންނަ ފެބްރުއަރީ މަހުގެ ތެރޭގައި ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވާއިރު އެމްޑީޕީގެ އިތުރުން އިދިކޮޅު ޕީޕީއެމް އާއި އެމްއެންޕީގެ ފަރާތުން ވެސް އެ ދާއިރާއަށް ކުރިމަތިލާނެ ކަމަށް ވަނީ އިއުލާނުކޮށްފަ އެވެ.

ހުސެއިން ވަހީދު، 53، އަވަހާރަވީ ވަރަށް ގިނަ ދުވަހު ކެންސަރަށް ފަރުވާ ކުރެއްވުމަށްފަހު އެވެ. އަވަހާރަވީ އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށެވެ.