Advertisement

ކޮމަންޑޫ ދާއިރާއަށް އެމްޑީޕީން ޕްރައިމެރީއެއް ބާއްވަނީ

18 ޑިސެންބަރު 2021 - 17:40 0

ފާތިމަތު އަޖްފާން

ފާތިމަތު އަޖްފާން

އެމްޑީޕީން ކުރިން ބޭއްވި އިންތިހާބެއްގެ ތެރެއިން-- ފޮޓޯ: ހުސެއިން ޝަޔާހު / އަދަދު


ކޮމަންޑޫ ދާއިރާއަށް އެމްޑީޕީން ޕްރައިމެރީއެއް ބާއްވަނީ

18 ޑިސެންބަރު 2021 - 17:40 0

ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ހުސްވެފައިވާ ގޮނޑިއަށް އެމްޑީޕީގެ ޓިކެޓްގައި ވާދަކުރަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލާ ޕްރައިމެރީއެއް ބާއްވަން އެ ޕާޓީން ނިންމައިފި އެވެ.

އެ ދާއިރާގެ މަޖިލީހުގެ ގޮނޑި ހުސްވީ، މަޖިލީހުގައި އެ ދާއިރާ ތަމްސީލް ކުރައްވަމުން ގެންދެވި މެމްބަރު ހުސައިން ވަހީދު އަވަހާރަވުމާ ގުޅިގެންނެވެ.

ކެންސަރުގެ އާލާސްކަންފުޅެއްގައި ފަރުވާ ހޯއްދަވަމުން ގެންދަވާތާ ގިނަ ދުވަސްތަކެއް ވެފައިވަނިކޮށް ހުސެއިން އަވަހާރަވީ އުމުރުން 53 އަހަރުގެ މާލޭ އޭޑީކޭ ހޮސްޕިޓަލުގަ އެވެ.

އެމްޑީޕީން ބުނީ އެ ބައި އިލެކްޝަން ގައި ވާދަކުރަން ބޭނުންވާ އެ ޕާޓީގެ މެމްބަރުން ފޯމް ފުރިހަމަކޮށް އެފޯމާއި އެކު ހުށައަޅަންޖެހޭ ހުރިހާ ލިޔެކިޔުން ތަކާއިއެކު، މި މަހުގެ 21 ވަނަ ދުވަހުގެ ހަވީރު 4:00ގެ ކުރިން [email protected] އަށް އީމެއިލް ކުރުމަށް އެދޭ ކަމަށެވެ.

ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަނަށް ކުރިމަތިލުމަށް އެދޭ މީހުންނަށް އެ ފުރުސަތު، މި މަހުގެ ނިޔަލަށް ވަނީ ހުޅުވާލާފަ އެވެ.

ކޮމަންޑޫ ދާއިރާގެ މަޖިލިސް ގޮނޑި ހުސްވެއްޖެ ކަމަށް މަޖިލީހުން އެންގުމާ ގުޅިގެން އެ ދާއިރާގެ ބައި-އިލެކްޝަން އަންނަ އަހަރުގެ ފެބްރުއަރީ މަހު ބާއްވަން ވަނީ ނިންމާފަ އެވެ.