Advertisement

އުތުރުތިލަފަޅު އެއްބަސްވުމުގެ ބައެއް މައުލޫމާތުތައް ހާމަކުރަން ނިންމައިފި

26 އޮކްޓޯބަރު 2021 - 15:26 0

ހުސެއިން އަރުބާން ފައްވާޒް

ހުސެއިން އަރުބާން ފައްވާޒް

އުތުރު ތިލަފަޅުގެ އެއްބަސްވުމުގެ ބައެއް ހާމަކުރަން ނިންމައިފި --


އުތުރުތިލަފަޅު އެއްބަސްވުމުގެ ބައެއް މައުލޫމާތުތައް ހާމަކުރަން ނިންމައިފި

26 އޮކްޓޯބަރު 2021 - 15:26 0

ކ. އަތޮޅުގައި އޮންނަ އުުތުރުތިލަފަޅު ހިއްކައި، އެތަނުގައި ދިވެހި ކޯސްޓްގާޑުގެ ބަނދަރަކާއި ޑޮކްޔާޑެއް އެޅުމަށް އިންޑިއާ ސަރުކާރާއެކު ވެފައިވާ އެއްބަސްވުމުގައި ހުރި ބައެއް މައުލޫމާތުތައް ހާމަކުރަން ޑިފެންސް މިނިސްޓްރީއިން އެއްބަސްވެފައިވާ ކަމަށް އިންފޮމޭޝަން ކޮމިޝަނަރު އާހިދު ރަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

މައުލޫމާތު ހޯދާ ލިބިގަތުމުގެ ގާނޫނުގެ ދަށުން އުތުރުތިލަފަޅު އެއްބަސްވުމާ ގުޅޭ މައުލޫމާތުތައް ހޯދަން ޑިފެންސަށް ހުށަހެޅީ "ދިޔަރެސް" ނޫހުގެެ ނޫސްވެރިއެކެވެ.

އެ މައުލޫމާތުތަކަކީ ގައުމީ ސަލާމަތަށް ނުރައްކާވާނެ ފަދަ މައުލޫމާތުތަކެއް ނޫންކަމަށް ނިންމައި، ހަތް ދުވަހުގެ ތެރޭގައި އެ މައުލޫމާތުތައް ހިއްސާކުރަން އިންފޮމޭޝަން ކޮމިޝަނަރު މި މަހުގެ 14 ވަނަ ދުވަހު ޑިފެންސްގެ މައްޗަށް އަމުރުކުރި އެވެ. ރަސްމީ ބަންދު ދުވަސްތައް ކެނޑުމަށްފަހު އެ މުއްދަތު ހަމަވެފައިވަނީ މިއަދަށެވެ.

މިކަމާގުޅޭ ގޮތުން މިއަދު "އަދަދު"އިން ސުވާލުކުރުމުން އާހިދު ވިދާޅުވީ ދިޔަރެސް ނޫހުން އެދިފައިވާ މައުލޫމާތުތައް ހިއްސާކުރަން ޑިފެންސް މިނިސްޓްރީއިން އެއްބަސްވެފައިވާ ކަމަށެވެ.

"މިއަދު އަޅުގަނޑަށް ގުޅި އެމްއެންޑީއެފުން. އެބޭފުޅުން ވިދާޅުވި އެދިފައިވާ މައުލޫމާތުތައް ހިއްސާކުރައްވާނެ ކަމަށް. ނޫސްވެރިޔާއަށްވެސް ވާނެ އެކަން އަންގާފައި މިހާރު،" އާހިދު ވިދާޅުވި އެވެ.

ހަތް ދުވަހުގެ މުއްދަތު ފަހަނައަޅައި ދިޔަ ނަމަވެސް އެ މައުލޫމާތުތައް ހިއްސާކުރަން މިނިސްޓްރީއިން ނުރަސްމީ ސިފައެއްގައިވެސް އެއްބަސްވެފައި އޮތުމުން އެ ކޮމިޝަނަކުން އެއްވެސް ފިޔަވަޅެއް ނާޅާނެ ކަމަށް އާހިދު ވިދާޅުވި އެވެ.

ނަމަވެސް އުތުރު ތިލަފަޅުގެ އެއްބަސްވުމާ ގުޅިގެން އެދިފައިވާ މައުލޫމާތުތައް ހިއްސާ ކުރާނެ ސީދާ ތާރީހެއް ސާފުކުރާނެކަން ފާހަގަކުރެއްވި އެވެ.

ޔޫޓީއެފް އެއްބަސްވުމާ ގުޅިގެން ހޯދަން ހުށަހެޅި މައުލޫމާތު


* އެއްބަސްވުމުގެ ދަށުން ތިބޭ ޓެކްނިކަލް މީހުން ނިސްބަތްވާ މުއައްސަސާ * އެ މީހުން ރާއްޖޭގައި ތިބޭނެ މުއްދަތު * އެއްބަސްވުމުގެ ދަށުން ތިބޭ ޓެކްނިކަލް މީހުންގެ އަދަދު * އެއްބަސްވުމުގެ ދަށުން ދީފައިވާ ލޯނުގެ އިންޓްރެސްޓާއި، އަނބުރާ ދައްކަން ޖެހޭ މުއްދަތުގެ ތަފުސީލު * އެތެނުގައި ތިބޭ ޓެކްނިކަލް މީހުންނަށް ޑިޕްލޮމެޓިކް އިމިއުނިޓީ ލިބޭ ނަމަ އޭގެ ތަފުސީލު * ޓެކްނިކަލް މީހުންގެ ހުރުމާއި، ކެއިން ބުއިމުގެ ހަރަދުތަކާ ގުޅޭ ތަފުސީލުތައް

ކ. އަތޮޅުގައި އޮންނަ އުުތުރުތިލަފަޅު ހިއްކައި، އެތަނުގައި ދިވެހި ކޯސްޓްގާޑުގެ ބަނދަރަކާއި ޑޮކްޔާޑެއް އެޅުމަށް އިންޑިއާ ސަރުކާރާއެކު ވެފައިވާ އެއްބަސްވުމުގައި ގައުމީ ސަލާމަތަށް ނުރައްކާވާނެ ފަދަ މައްސަލައެއް ނެތް ކަމަށް ރައްޔިތުން މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީއިންވެސް ވަނީ ބުނެފަ އެވެ.

އެ ކޮމިޓީގައި ތިއްބަވާ މެމްބަރުންނަށް މިނިސްޓްރީން ވަނީ މި އެއްބަސްވުން ދައްކާލާފަ އެވެ.

ނަމަވެސް، ކޮމިޓީގެ މެމްބަރުންގެ އަތަށް އެ އެއްބަސްވުން ނާރާ ކަމަށާއި ވަކި ވަކި މާއްދާތައް ދިރާސާ ކުރަން ވެސް މެމްބަރުންނަށް ފުރުސަތު ނުދޭކަމަށް ބުނެ އިދިކޮޅު ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އިން ވަނީ ކަންބޮޑުވުންފާޅުކޮށްފަ އެވެ.

އުތުރުތިލަފަޅުގައި ކޯސްޓްގާޑުގެ ޑޮކްޔާޑަކާއި ބަނދަރެއް އެޅުމަށް އިންޑިއާ ސަރުކާރާއެކު ހެދިފައިވާ އެއްބަސްވުމުގައި ސޮއިކުރީ ފެބްރުއަރީގަ އެވެ.

އެ ދުވަހުން ފެށިގެން އިދިކޮޅުން އަންނަނީ އެއްބަސްވުމުގެ ތަފްސީލު ހާމަނުކުރާތީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.