Advertisement

އަސްކަރީ ވެރިކަމެއް ގެންނަން ގޮވާލާ ސޫދާނުގައި އެތައް ހާސް ބަޔަކު އެއްވެއްޖެ

17 އޮކްޓޯބަރު 2021 - 10:08 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

އަސްކަރީ ވެރިކަމަކަށް ޑިމާންޑުކޮށް ސޫދާނުގައި ބޭއްވި އެއްވުމުގެ ތެރެއިން.


އަސްކަރީ ވެރިކަމެއް ގެންނަން ގޮވާލާ ސޫދާނުގައި އެތައް ހާސް ބަޔަކު އެއްވެއްޖެ

17 އޮކްޓޯބަރު 2021 - 10:08 0

ހާރްތޫމް، ސޫދާން (އޮކްޓޯބަރު 17) - ސޫދާންގެ ސަރުކާރު އުވާލައި ވެރިކަމުގެ ބާރުތައް ސިފައިންނާ ހަވާލު ކުރުމަށް ގޮވާލައި އެތައް ހާސް ބަޔަކު މުޒާހަރާކޮށްފި އެވެ.

ވިހި އަހަރު ވަންދެން ވެރިކަން ކުރި ރައީސް އުމަރް އަލް ބަޝީރުގެ ވެރިކަން ނިމުމަކަށް އައީ އޭޕްރިލް 2019 ގައި ބޮޑެތި އެއްވުންތަކަކަށް ފަހު ސިފައިން ހިންގި ބަގާވާތެއްގަ އެވެ.

އޭގެ ފަހުން ގާއިމް ކުރި އިންތިގާލީ ސަރުކާރުގެ ތެރެއިން އެކި ފެކްޝަންތައް އުފެދި، ސިޔާސީ މާހައުލު އޮތީ ވަރަށް ބޮޑަށް ހަލަބޮލިވެފަ އެވެ.

މިހާރު އޮތް ސަރުކާރު އުވާލައި، ސިފައިންނާ ބާރުތައް ހަވާލުކުރަން ގޮވާލައި ބޭއްވި މުޒާހަރާގައި އިސްކޮށް އުޅުނީ ކުރީގެ ރައީސްއާ ދެކޮޅު އެއްވުންތަކުގައި އުޅުނު މީހުންނެވެ.

މުޒާހަރާގެ ބައިވެރިން ބުނީ އިންސާފާއި ހަމަހަމަކަން މިހާރު އޮތް ސަރުކާރަށް ގެނެވިފައި ނުވާ ކަމަށާއި ބޭނުން ވަނީ އަސްކަރީ ސަރުކާރެއް ކަމަށެވެ.

ގިނަ ބަޔަކު ވަނީ ރިޔާސީ ގަނޑުވަރުގެ ބޭރުގައި ޓެންޓު ވެސް ޖަހާފަ އެވެ. އެ މީހުން ޑިމާންޑުކުރަނީ ބޮޑު ވަޒީރު އަބްދުﷲ ހަމްދުކް މަގާމުން ވަކިކުރުމަށެވެ.

ސަރުކާރަށް ސަޕޯޓު ކުރާ މީހުން ދެކޭ ގޮތުގައި މުޒާހަރާތައް ކުރަނީ ކުރީގެ ރައީސާ މެދު ހަމްދަރުދީވާ ސިފައިން އަދި ހަރުކަށި ފިކުރުގެ މީހުންނެވެ.

ސޫދާނުގެ ރައްޔިތުން ބަދަލަކަށް ޑިމާންޑު ކުރަމުން ދާއިރު، ގައުމުގެ އިގްތިސާދީ ހާލަތު ވަރަށް ގޯހެވެ. އެގޮތުން މިދިޔަ ޖުލައި މަހު އިންފްލޭޝަން ވަނީ 422 ޕަސެންޓު އުފުލިފަ އެވެ.

މިދިޔަ ސެޕްޓެމްބަރު މަހުގެ 21 ވަނަ ދުވަހު ސޫދާނުގައި ހިންގަން އުޅުނު ބަގާވާތެއް ހުއްޓުވި ކަމަށް ސަރުކާރުން ބުނެ އެވެ. އެކަމުގެ ފަހަތުގައި ތިބީ ކުރީގެ ރައީސްއާ ގުޅުން ހުރި މީހުންނެވެ.