Advertisement

އެލްޓަން ޖޯން އާއި ދުއާ ލިޕާ ގުޅިގެން "ކޯލްޑް ހާޓް" ގެ ރީމިކްސެއް

14 އޮގަސްޓު 2021 - 10:19 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

ދުއާ ލިޕާ އަދި އެލްޓަން ޖޯން.


އެލްޓަން ޖޯން އާއި ދުއާ ލިޕާ ގުޅިގެން "ކޯލްޑް ހާޓް" ގެ ރީމިކްސެއް

14 އޮގަސްޓު 2021 - 10:19 0

މަޝްހޫރު ދެ މިއުޒީޝަނުން، އެލްޓަން ޖޯން އާއި ދުއާ ލިޕާ ގުޅިގެން "ކޯލްޑް ހާޓް" ގެ ރީމިކްސެއް ހުކުރު ދުވަހު ނެރެފި އެވެ.

އެ ރީމިކްސްގައި އެލްޓަން ޖޯންގެ ހިޓު ބައެއް ލަވަތަކުގެ ލިރިކްސް ހިމެނެ އެވެ. އެގޮތުން 1989 ގައި ނެރުނު "ސެކްރިފައިސް" ގެ ބައިތައް ކިޔާފައި ވަނީ އެލްޓަން ޖޯން އެވެ. ދުއާ ލިޕާ ކިޔާފައި ވަނީ 1972 ގައި ނެރުނު "ރޮކެޓް މޭން" ގެ ބައެއް ލިރިކްސް އެވެ.

ދެ ފަންނާނުން ވެސް ވަނީ ލަވައިގެ ވީޑިއޯ ޔޫޓިއުބުގައި އާއްމު ކުރުމުން އެކަން ސޯޝަލް މީޑިއާގައި އިއުލާނުކޮށްފަ އެވެ.

އެލްޓަން ޖޯން ބުނީ އެ ލަވަޔަކީ ދުއާ ލިޕާއާ އެކު އޮތް ގާތް އެކުވެރިކަމުގެ ރަމްޒެއް ކަމަށެވެ. ދުއާ ލިޕާ ބުނީ އެލްޓަން ޖޯން އަކީ އޭނާގެ "ހީރޯ" އަދި ރަހުމަތްތެރިއެއް ކަމަށާއި ދެ މީހުން އެކުގައި މަސައްކަތް ކުރެވުމުން ވަރަށް އުފާވާ ކަމަށެވެ.

ލަވަ ނެރުމުގެ ކުރިން އެލްޓަން ޖޯން ވަނީ އޭގެ ޓީޒާއެއް އޭނާގެ އިންސްޓަގްރާމް އެކައުންޓުގައި އާއްމުކޮށްފައި އެވެ. އެ ޓީޒާއާ އެކު ލިޔުނު ޕޯސްޓުގައި އޭނާ ބުނީ ދުއާ ލިޕާއާ އެކު މަސައްކަތް ކުރެވުމަކީ ވަރަށް ފުރިހަމަ ތަޖުރިބާއެއް ކަމަށެވެ.