Advertisement

އެމްޓީވީ ވީޑިއޯ މިއުޒިކް އެވޯޑްސް ނޮމިނޭޝަންގެ ކުރީގައި ބީބާ

13 އޮގަސްޓު 2021 - 05:43 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

ކެނެޑާއަށް އުފަން ލަވަކިޔުންތެރިޔާ ޖަސްޓިން ބީބާ.--


އެމްޓީވީ ވީޑިއޯ މިއުޒިކް އެވޯޑްސް ނޮމިނޭޝަންގެ ކުރީގައި ބީބާ

13 އޮގަސްޓު 2021 - 05:43 0

މި އަހަރުގެ އެމްޓީވީ ވީޑިއޯ މިއުޒިކް އެވޯޑަށް ނޮމިނޭޓްވެފައިވާ ތަރިންގެ އެންމެ ކުރީގައި ހަތް ނޮމިނޭޝަނާ އެކު ޖަސްޓިން ބީބާ ހިމެނިއްޖެ އެވެ.

ބީބާއާ އެންމެ ގާތުން ވާދަކުރާ ފަންނާނުންނަކީ މެގަން ދީ ސްޓެލިއަން، ބިލީ އެއިލިޝް، ބީޓީއެސް، ޑޯޖާ ކެޓް، ޑްރޭކް، ގިވިއެން، ލިލް ނާސް އެކްސް އަދި މުޅިން އަލަށް ނޮމިނޭޓްވި އޮލިވިއާ ރޮޑްރިގޯ އެވެ.

ހަތް އެވޯޑަކަށް ބީބާ ނޮމިނޭޓުވެފައިވެ އެވެ. އޭގެ ތެރޭގައި އަހަރުގެ އެންމެ މޮޅު ވީޑިއޯ އާއި ލަވަ "ޕޮޕްސްޓާ" އަށް އެންމެ މޮޅު ޑިރެކްޝަން، "ހޯލީ" އަށް އެންމެ މޮޅު ސިނެމަޓޮގްރަފީ، އެންމެ މޮޅު ޕޮޕް ލަވަ އަދި "ޕީޗަޒް" އަށް އެންމެ މޮޅު އެޑިޓިން އަދި އެންމެ މޮޅު ކޮލެބޮރޭޝަން ހިމެނެ އެވެ.

ދެ ވަނަ އަށް އެންމެ ގިނަ އެވޯޑަށް ނޮމިނޭޓުވީ މެގަން ދީ ސްޓެލިއަން އެވެ. އޭނާއަށް ހަ ނޮމިނޭޝަން ލިބުނީ ހިޓު ލަވަ "ވެޕް" އިންނެވެ. އެގޮތުން އަހަރުގެ އެންމެ މޮޅު ވީޑިއޯ، އެންމެ މޮޅު އާޓިސްޓު، އެންމެ މޮޅު ކޮލަބްރޭޝަން އަދި އެންމެ މޮޅު ހިޕްހޮޕް ލަވަ ހިމެނެ އެވެ.

އެއިލިޝް، ބީޓީއެސް، ޑޯޖާ ކެޓް، ޑްރޭކް، ގިވިއެން، ލިލް ނާސް އެކްސް އަދި ރޮޑްރިގޯ އަށް ލިބުނީ ފަސް ނޮމިނޭޝަން އެވެ.

އަހަރުގެ އެންމެ މޮޅު އާޓިސްޓުގެ އެވޯޑަށް ބީބާ އާއި މެގަން ދީ ސްޓެލިއަން އާއެކު ވާދަކުރާނީ އެރިއާނާ ގްރާންޑޭ، ޑޯޖާ ކެޓް، އޮލިވިއާ ރޮޑްރިގޯ އަދި ޓެއިލާ ސްވިފްޓް އެވެ.

އަހަރުގެ އެންމެ މޮޅު ވީޑިއޯ ކެޓެގަރީގައި ހިމެނެނީ ކާޑީ ބީ އާއި މެގަން ދީ ސްޓެލިއަންގެ "ވެޕް"، ބީބާގެ "ޕޮޕްސްޓާ"، ޑޯޖާ ކެޓްގެ "ކިސް މީ މޯ"، އެޑް ޝީރަންގެ "ބޭޑް ހެބިޓްސް"، ލިލް ނާސް އެކްސްގެ "މޮންޓޭރޯ (ކޯލް މީ ބައި ޔޯ ނޭމް)" އަދި ދަ ވީކެންޑްގެ "ސޭވް ޔޯ ޓިއާޒް" އެވެ.

އަހަރުގެ އެންމެ މޮޅު ލަވައިގެ ގޮތުގައި ނޮމިނޭޓުވީ "ވެޕް" އާއި 24ކޭގޯލްޑްއެންގެ "މޫޑް"، ބްރޫނޯ މާސްގެ "ލީވް ދަ ޑޯ އޯޕެން"، ބީޓީއެސްގެ "ޑައިނަމައިޓް"، ޑުއާ ލިޕާގެ "ލެވިޓޭޓިންގް"، އަދި ރޮޑްރިގޯގެ "ޑްރައިވާޒް ލައިސެންސް" އެވެ.

މި އަހަރުގެ އެމްޓީވީ މިއުޒިކް އެވޯޑްސް އޮންނާނީ ނިއު ޔޯކް ސިޓީގައި ސެޕްޓެމްބަރު 12 ވަނަ ދުވަހު އެވެ. އެ ޝޯ ސީއެމްޓީ، ކޮމެޑީ ސެންޓްރަލް، ލޯގޯ، އެމްޓީވީ2، ނިކެލޯޑިއަން، ޕެރެމައުންޓް ނެޓްވޯކް، ޕޮޕް، ޓީވީ ލޭންޑް، ވީއެޗް1 އަދި ސީޑަބްލިއު ނެޓްވޯކުން ވަގުތުން ދައްކާނެ އެވެ.