Advertisement

ނެޓްފްލިކްސް އަށް މޭގަންގެ އެނިމިޑޭޓެޑް ފިލްމެއް އަންނަނީ

15 ޖުލައި 2021 - 13:29 2

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

މޭގަން މާކްލް އަދި ޕްރިންސް ހެރީ.-- ފޮޓޯ: އޭއެފްޕީ


ނެޓްފްލިކްސް އަށް މޭގަންގެ އެނިމިޑޭޓެޑް ފިލްމެއް އަންނަނީ

15 ޖުލައި 2021 - 13:29 2

ވޮޝިންޓަން، އެމެރިކާ (ޖުލައި 15) - މޭގަން މާކްލް ޕްރޮޑިއުސް ކުރާ އެނިމޭޓެޑް އެޑްވެންޗާ ސީރީޒެއް ނެޓްފްލިކްއިން ދައްކަން އެއްބަސްވެއްޖެ އެވެ.

މޭގަންގެ އާޗްވެލް ޕްރޮޑަކްޝަންސުން ބުނީ އެ ފިލްމަކީ އުމުރުން 12 އަހަރުގެ އަންހެން ކުއްޖެއްގެ ދިރިއުޅުން ދައްކުވައިދޭނެ ފިލްމެއް ކަމަށެވެ.

އިނގިރޭސި ޝާހީ އާއިލާގެ ޒިންމާތަކާ ވަކިވުމަށް ފަހު މޭގަން އާއި ފިރިކަލުން ޕްރިންސް ހެރީ ވަނީ ނެޓްފްލިކްސަށް ކޮންޓެންޓް ޕްރޮޑިއުސް ކުރަން އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ.

"ޕާލް" ގެ ނަން ދީފައިވާ އެނިމޭޓެޑް ސީރީޒަކީ އެ އެއްބަސްވުމުގެ ދަށުން އަންނަ ފުރަތަމަ ފިލްމެވެ. މި ފިލްމު އުފައްދަނީ ހެރީ އާއި މޭގަންގެ ކުންފުނި އާޗްވެލް ޕްރޮޑަކްޝަންސުންނެވެ.

މިދިޔަ އަހަރު މޭގަން އާއި ހެރީ ވަނީ އިންވިކްޓަސް ގޭމްސްއާ ގުޅޭ ޑޮކިޔުމެންޓްރީ ސީރީޒެއް އުފައްދަން ވެސް ނިންމާފަ އެވެ.

"ޕާލް"ގެ އެކްޒެކްޓިވް ޕްރޮޑިއުސަރުގެ ގޮތުގައި މޭގަން ހަރަކާތްތެރިވާން ނިންމާފައި ވާއިރު، އިތުރު އެގްޒެކްޓިވް ޕްރޮޑިއުސަރުން ވެސް އުޅޭނެ އެވެ.

މި އަހަރުގެ ކުރީކޮޅު މޭގަން ވަނީ "ދަ ބެންޗް" ގެ ނަމުގައި ކުޑަކުދިންނަށް ހާއްސަ އިލަސްޓްރޭޓެޑް ފޮތެއް ވެސް ނެރިފަ އެވެ.