Advertisement

ކޮވިޑުގެ ތެރޭގައި މިހާތަނަށް އެންމެ ކާމިޔާބު ފިލްމަކަށް އެފް9

އެފް9 ފިލްމުގެ ޕޯސްޓަރެއް.--


ކޮވިޑުގެ ތެރޭގައި މިހާތަނަށް އެންމެ ކާމިޔާބު ފިލްމަކަށް އެފް9

ލޮސް އެންޖެލިސް، އެމެރިކާ (ޖޫން 29) - ޔުނިވާސަލްގެ އާ ފިލްމު "އެފް9: ދަ ފާސްޓް ސާގާ" އެހެން ފިލްމުތައް ފަހަތަށް ވައްޓާލުމަށް ފަހު ނިމުނު ހަފްތާ ބަންދުގައި ލިބުނު 70 މިލިއަން ޑޮލަރާއެކު ކޮވިޑުގެ ބަލިމަޑުކަމުގެ ތެރޭގައި މިހާތަނަށް އެންމެ ކާމިޔާބު ފިލްމުގެ މަގާމު ހޯދައިފި އެވެ.

"އެފް9" އަކީ "ފާސްޓް އެންޑް ފިޔުރިއަސް" ފިލްމު ސީރީޒްގެ ނުވަ ވަނަ ފިލްމެވެ. ކޮވިޑުގެ ބަލިމަޑުކަމާ ގުޅިގެން އެމެރިކާގެ ކޮންމެ ފަސް ތިއޭޓަރުން އެއް ތަން ބަންދުކޮށްފައި ވާއިރު ވެސް، މި ފިލްމަށް އަންނަނީ ބޮޑު ކާމިޔާބެއް ލިބެމުންނެވެ.

ވިން ޑީސެލް އާއި މިޝޭލް ރޮޑްރިގުއޭޒް އަދި ޖޯން ސީނާ ފަދަ ތަރިން އުޅޭ މި ފިލްމަކީ ފާސްޓް އެކްޝަން ފިލްމެކެވެ.

ބޮކްސް އޮފީހުގެ އެއް ވަނަ "އެފް9" ހޯދިއިރު، ދެ ވަނައިގައި އޮތީ ޕެރެމައުންޓުގެ "އަ ކުވައިޓް ޕްލޭސް 2" އެވެ. މީގެ ފަސް ހަފްތާ ކުރިން ނެރުނު އެމިލީ ބްލަންޓު ފެނިގެންދާ އެ ފިލްމަށް މިހާތަނަށް ޖުމްލަ 136 މިލިއަން ޑޮލަރު ލިބިފައި ވެ އެވެ.

ތިން ވަނައިގައި އޮތީ ރަޔަން ރެނޯލްޑްސް، ސެމުއެލް އެލް ޖެކްސަން އަދި ސަލްމާ ހަޔެކް އުޅޭ "ދަ ހިޓްމޭންސް ވައިފްސް ބޮޑީގާޑް" އެވެ. މިއީ 2017 ގައި ނެރުނު "ދަ ހިޓްމޭންސް ބޮޑީގާޑް" ގެ ދެ ވަނަ ބަޔެވެ.

ހަތަރު ވަނައިގައި އޮތީ "ޕީޓާ ރެބިޓް 2: ދަ ރަންއަވޭ" އެވެ. އަދި ފަސް ވަނަ ލިބުނީ އެމާ ސްޓޯން އުޅޭ ޑިޒްނީ ފިލްމު "ކްރުއެލާ" އަށެވެ.

ބޮކްސް އޮފީހުގެ ގަދަ 10 ގައި ހިމެނޭ އެހެން ފިލްމުތަކަކީ "ދަ ކޮންޖަރިން: ދަ ޑެވިލް މޭޑް މީ ޑޫ އިޓް"، "އިން ދަ ހައިޓްސް"، "ސްޕިރިޓް އަންޓޭމްޑް"، "ނޯބޮޑީ" އަދި "މައިޓީ އޯފަންސް" އެވެ.