Advertisement

ހިޔާނާތާއި ފަސާދައިގެ އަމަލެއް ނުހިނގާނެ: ފެނަކަ

16 ޖޫން 2021 - 10:58 0

Advertisement

ފެނަކައިގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ސައީދު: އޭނާގެ މައްޗަށް ހިޔާނާތުގެ ތުހުމަތުތަކަކާ އެކު އޭސީސީއަށް ހުށަހަޅާފައިވާ މައްސަލަތައް ދޮގުކުރެއްވި. -- ފޮޓޯ/ އަދަދު


ހިޔާނާތާއި ފަސާދައިގެ އަމަލެއް ނުހިނގާނެ: ފެނަކަ

16 ޖޫން 2021 - 10:58 0

Advertisement

Advertisement

ހިޔާނާތާއި ފަސާދައިގެ އެއްވެސް އަމަލަކަށް ފެނަކަ ތެރޭގައި މިހާރު ޖާގައެއް ނޯންނާނެ ކަމަށާއި އެ ކުންފުންޏަށް ތުހުމަތުކޮށް އެއްވެސް އިދާރާއަކަށް މައްސަލައެއް ހުށަހަޅާފައިވާ ނަމަ ދިގުނުދަންމައި ތަހުގީގު ނިންމައިދޭން މިއަދު އެދިއްޖެ އެވެ.

ސަރުކާރު ހިއްސާވާ ފެނަކައިން މިގޮތަށް އެދުނީ އެ ކުންފުންޏަށް ތުހުމަތުވާ ކޮރަޕްޝަންގެ އިތުރު މައްސަލަތަކެއް ފެންމަތިވެފައިވާ ކަމުގެ ވާހަކަތައް ފެތުރިފައި ވަނިކޮށެވެ. މުދަލާއި ހިދުމަތް ހޯދުމުގައި ފެނަކަ އިން ހިންގި ކަމަށް ތުުހުމަތުކުރާ ހިޔާނާތުގެ ގިނަ މައްސަލަތަކެއްގެ ތަހުގީގު ކުރިއަށް ގެންދިއުމަށް ފަހު އެކަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން ރައީސް އޮފީހަށް އެންގި އެވެ.

Advertisement

ކޮރަޕްޝަނަށް ޒީރޯ ޓޮލަރެންސްގެ ސިޔާސަތު އިއުލާންކޮށްފައިވާ މި ސަރުކާރުގެ ކުންފުންޏެއްގައި ކޮރަޕްޝަން ހިނގަމުންދާ ކަން ނުވަތަ އެ ފުރުސަތު އޮތް ކަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަމާލުކަމަށް އޭސީސީން ގެނައި އިރު އެ ކޮމިޝަނުން އައީ އެ ކުންފުންޏާ ގުޅޭ 22 މައްސަލައެއް ތަހުގީގު ކުރަމުންނެވެ.

އޭސީސީގެ މި ކަންބޮޑުވުންތަކާ ގުޅިގެން 13 ކަމެއް އިސްލާހުކުރަން އަންގައި ފެނަކައަށް މުއްދަތެއް ވެސް ދިނެވެ. އެކަންކަން ފެނަކަ އިން އިސްލާހު ކުރި ކަމަށް ރައީސް އޮފީހުން ވަނީ ބުނެފަ އެވެ.

ފެނަކައިން ނެރުނު ނޫސް ބަޔާނެއްގައި ބުނީ އެ ކުންފުނީގައި ކޮރަޕްޝަނާއި ފަސާދައިގެ މުޑުދާރު އަމަލެއް މިހާރު ނުހިނގާނެ ކަމަށެވެ.

Advertisement

"އަދި އަބަދުވެސް އިހްލާސްތެރިކަމާއި ތެދުވެރިކަމާއި އަމާނާތްތެރިކަމާ އެކު މި ކުންފުނި މަސައްކަތްކުރާނެ ކަމުގައި ދިވެހި އެންމެހާ ލޮބުވެތި ރައްޔިތުންނަށް ޔަގީންކަން އަރުވަމެވެ،" ފެނަކަ ބަޔާނުގައިވެ އެވެ.

އެ ކުންފުނިން ބުނި ގޮތުގައި އެ ކުންފުންޏާ ގުޅޭ ގޮތުން މިނިވަން މުއައްސަސާއަކަށް ހުށަހަޅާފައި އޮތް މައްސަލައަކާ ގުޅޭ އެއްވެސް ލިޔެކިޔުމެއް ނައްތައެއް ނުލާނެ އެވެ. އަދި މިހާރު އޮތީ އެފަދަ ލިޔެކިޔުމަށް ބަދަލު ގެނެސް ކަމުން ރެކި ޒިންމާއަދާކުރުމަށް ފަސްޖެހޭނެ މެނޭޖްމަންޓެއް ނޫން ކަމަށް ވެސް ބުނެފައިވެ އެވެ.

އެ ބަޔާނުގައި ބުނިގޮތުގައި 2019 ގެ ކުރިން އެ ކުންފުނީގައި ހިނގަމުން ދިޔަ ނޭއްގާނީ އަމަލުތައް ހުއްޓުވަން މިހާރު ވަނީ ހަރުދަނާ ފިޔަވަޅުތަކެއް އަޅައިފަ އެވެ. ކުންފުންޏަށް ގެނެވިފައިވާ އިސްލާހީ ބަދަލުތަކުގެ ސަބަބުން ހިޔާނާޠް ފަދަ އަމަލަކަށް މިހާރު ފުރުސަތެއް ނޯންނާނެ ކަމަށް ވެސް ވިދާޅުވި އެވެ.

ކުންފުންޏާ ބެހޭ ގޮތުން ވާހަކަތައް ފަތުރަނީ ހަގީގަތާ ހިލާފަށް ކަމަށް ވެސް ފެނަކަ އިން ބުންޏެވެ.

ފެނަކަ މުވައްޒަފުން ޖުލައި، 1، 2019ގައި ވަނީ މި ސަރުކާރުގެ "ޒީރޯ ޓޮލެރެންސް ޓު ކޮރަޕްޝަން" ސިޔާސަތު ދެމެހެއްޓުމުގެ އިގުރާރުގައި ސޮއި ވެސް ކޮށްފަ އެވެ.