Advertisement

"ފެލްކަން އެންޑް ވިންޓާ ސޯލްޖާ" ދެން އޮތް އެޕިސޯޑަށް، މުޅިން އާ އެމްސީޔޫ ކެރެކްޓާއެއް!

11 އޭޕްރީލް 2021 - 06:20 0

އިބްރާހިމް ސަމީރު

އިބްރާހިމް ސަމީރު

ފެންކަން އެންޑް ވިންޓަރ ސޯލްޖަރ ގެ ޕޯސްޓަރެއް، ސްޓްރީމިން އަށް ދޫކޮށްލިފަހުން މި ސިލްސިލާވަނީ ބޮޑު މަޤުބޫލުކަމެއް ހޯދާފައި


"ފެލްކަން އެންޑް ވިންޓާ ސޯލްޖާ" ދެން އޮތް އެޕިސޯޑަށް، މުޅިން އާ އެމްސީޔޫ ކެރެކްޓާއެއް!

11 އޭޕްރީލް 2021 - 06:20 0

ޑިޒްނީ ޕްލަސް ސްޓްރީމިން ޕްލެޓްފޯމުގައި މިހާރު ރަސްކަންކުރަމުންދާ "ފެލްކަން އެންޑް ވިންޓާ ސޯލްޖަރ" ގެ ކުރިއަށް ދެން އޮތް އެޕިސޯޑުގައި މާވެލް ކޮމިކުގެ ދުނިޔޭގައި މަޝްހޫރު އައު ކެރެކްޓާއެއް ފެންނާނެކަމުގެ ޔަޤީންކަން ޕްރޮޑިއުސަރު މަލްކޮމް ސްޕެލްމެން ދީފި އެވެ.

ކޮންމެ ހަފުތާއެއްގެ ހުކުރުދުވަހުގެރޭ އެ ސިލްސިލާގެ އައު އެޕިސޯޑުތައް ނެރެން ފެށި ހިސާބުން ވެސް މަލްކޮމް ވަނީ، ޝޯގެ ކުރިއަށް ހުރި މިފަދަ "ސަރޕްރައިޒްތަކުގެ" ވާހަކަތައް ކޮންމެވެސް ވަރަކަށް ބެލުންތެރިންނާ ހިއްސާކޮށްފަ އެވެ. އަދި އެ ވާހަކަތަކާއި ގުޅުވައި، ޑިޒްނީ އާއި މާވެލް އިން އެމްސީޔޫގެ ކުރިމަގު ރާވައިފައިވާ ގޮތް ބަލައި ހޯދުމުގައި އަވަދިނެތި އުޅޭ ފޭނުން މިހާރު ވަނީ އެބުނާ އާ ކެރެއްޓާއަށް ވެދާނޭ ބައެއް "މާވެލް ހީރޯއިންގެ" ލިސްޓެއް އެކުލަވައިލައިފަ އެވެ.

އެ ލިސްޓުގެ ނަގާކިޔާ ނަންތަކަށް ބަލައިލާއިރު، ސްޓީވް ރޮޖާސް ނުވަތަ ކެޕްޓަން އެމެރިކާގެ ރޯލުން ބެލުންތެރީންގެ ލޯބި ހޯދާފައިވާ ކްރިސް އެވަންސް، ކުރިއަށް ނުުކުންނަން އޮތް "ބްލެކް ވިޑޯ" ގައި ފްރޮލެންސް ޕިއޫ ފެނިލުމަށް ތައްޔާރުވަމުންދާ ޔެލީނާ ބެލޮވާގެ ކެރެކްޓާގެ އިތުރުން، މިހާރު ޓަޓިއާނާ މަސްލާނީ އާއެކު މާވެލް ސިނަމެޓިކް ޔުނިވާސް އާ އަލަށް ގުޅޭ "ޝީ-ހަލްކް" ހިމެނެ އެވެ.

މާވެލްގެ އާ ޓީވީ ސިލްސިލާ "ޝީ-ހަލްކް" ގެ ލީޑްރޯލުން ފެނިގެންދާނޭ ޓަޓިއާނާ މަސްލާނީ، މާކް ރަފަޕޯ އާއި އެބޮމިނޭޝަން ފަދަ ކެރެކްޓާތަކާއެކު ޝޯ ފުރިހަމަވާނޭކަމަށް މާވެލް އިން ވަނީ ބުނެފައި.


މި ލިސްޓާ ގުޅުވައިގެން ސުވާލުކުރުމުން، ވަކި ކެރެކްޓާއެއްގެ ނަން ބުނުމުގެ ބަދަލުގައި މަލްކޮމް ބުނީ "އެއީ މިހާތަނަށް އަދި އެމްސީޔޫއިން ފެނިފައި ނުވާ، އެކަމަކު މާވެލް ކޮމިކުގެ ދުނިޔޭގައި މަޝްހޫރު އެވެންޖާއެއް" ކަމަށެވެ. އެހެންވެ، އަންނަ ހުކުރުގެ ކުރިން އެއީ "ކާކުތޯ" ބަލަން ބޭނުންވާ ފޭނުންނަށް މިހާރު ޖެހިފައި އޮތީ ސްޓީވް ރޮޖާސް ފަދަ ނަންތައް ލިސްޓުން އުނިކޮށް އަލުން ލިސްޓު އެކުލަވައިލާނޭ ގޮތަކާމެދު "ބޯގާނާށެވެ".

ފުރަތަމަ އެޕިސޯޑާއެކު، މެންޑަލޯރިއަން އާއި ވާންޑާވިޝަން ފަދަ މަޝްހޫރު ސިލްސިލާތައް ފަހަތަށް ޖައްސައިލުމަށްފަހު ޑިޒްނީ ޕްލަސްގެ އެންމެ މަޤްބޫލު ސިލްސިލާގެ މަގާމުގައި މިހާރު ހަމަޖެހިލައިފައިވާ ފެލްކަން އެންޑް ވިންޓަރ ސޯލްޖަރ ގެ 4 އެޕިސޯޑެއް މިހާރު ވަނީ ބެލުންތެރިންނަށް ދޫކޮށްލައިފަ އެވެ.