Advertisement

ޓެންސެންޓުން ގޭމު ޗީޓު ވިޔަފާރީގެ "މައިމުލެއް ލުހެލައިފި"

6 އޭޕްރީލް 2021 - 08:48 0

އިބްރާހިމް ސަމީރު

އިބްރާހިމް ސަމީރު


ޓެންސެންޓުން ގޭމު ޗީޓު ވިޔަފާރީގެ "މައިމުލެއް ލުހެލައިފި"

6 އޭޕްރީލް 2021 - 08:48 0

މުނިފޫހިފިލުވުމާއި ޓެކްނޮލޮޖީ ސިނާއަތުގެ މައި ބާރެއްކަމަށްވާ ޓެންސެންޓާއި ޗައިނާ ފުލުހުން ގުޅިގެން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި ގޭމު ޗީޓު އުފައްދައި ވިއްކުމުގެ ވިޔަފާރީގެ "މައިމުލެއް ލުހެލައިފިއެވެ".

ޗައިނާގެ ރަސްމީ އިދާރާތަކާ ހަވާލާދީ ބައިނަލްއަޤްވާމީ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި، މިހާ ފުޅާ ދާއިރާއެއްގައި ގޭމް ޗީޓް ވިއްކުމުގެ ވަގުވިޔަފާރި ކުރަމުން ދިޔަ ބަޔަކު މިގޮތަށް އަތުލައިގަނެވުނު ފުރަތަމަ ފަަހަރެވެ.

ޗިކަން ޑްރަމްސްޓިކް ނުވަތަ ކުކުޅުފައިގެ ނަން ދީގެން، 2 އޭޕްރީލްގައި ކުރިއަށް ގެންދިޔަ މި ހާއްސަ އޮޕަރޭޝަނުގައި އަތުލައިގަތް ގުރޫޕުން ގޭމުތަކުގެ ޗީޓު ވިއްކައިގެން ހޯދައިފައިވާ އާމުދަނީގެ ޖުމުލަ 76 މިލިޔަން އެމެރިކާ ޑޮލަރަށް އަރައެވެ. ފުލުހުން ހާމަކުރި އިތުރު މަޢުލޫމާތުތަކަށް ބަލާއިރު، ޗީޓުކޯޑުތަކާއި ސޮފްޓްވެއާތައް ވިއްކުމަށްޓަކައި މަހުންމަހަށް ފައިސާ ދައްކައިގެންނާއި ވަގުތުން ގަނެގެން ބޭނުންކުރެވޭ ހުށަހެޅުންތަކާއެކު 10 ޑޮލަރުން ފެށިގެން 200 ޑޮލަރާ ދެމެދުގެ ޕެކޭޖުތައް މި ގުރޫޕުން ދިޔައީ ވިއްކަމުންނެވެ. މި އޮޕަރޭޝަންގައި އެމީހުންގެ މިލްކިއްޔާތުގައި ހުރި 46 މިލިޔަނަށް ވުރެ ގިނަ މުދާ ހޯދައި، ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާކަމަށް ވެސް ޗައިނާގެ ރަސްމީ އިދާރާތަކުން ޚަބަރުދެއެވެ.

އޮންލައިން ގޭމުކުޅުމުގެ ވައްޓަފާޅި ތަރައްގީވެ ޒަމާނީ ލުއިފަސޭހަތަކާއެކު މިލިޔަނުން އިނާމު ލިބޭ ބޮޑެތި އޮންލައިން މުބާރާތްތައް ބާއްވަން ފެށުމާއެކު ގޭމުތަކުގައި ޗީޓު ބޭނުންކުރުމާއި ހީލަތް ހެދުމުގެ ކަންކަން ހުއްޓުވުމަށް ސެކިއުރިޓީ ކުންފުނިތަކާއި ގޭމު އުފައްދާ ފަރާތްތަކުން ކުރާ މަސައްކަތްތަކާއި ހޭދަ މިފަހަކަށް އައިސް ވަނީ އިތުރުވެފައެވެ.

ކަން މިހެން އޮތް ނަމަވެސް، ގޭމުތަކުގައި މަކަރު ހެދުމާއި ހީލަތުން އެކި އުކުޅުތައް ބޭނުންކޮށްގެން ވާދަވެރިން ބަލިކުރުމަކީ ފުޅާ ދާއިރާއެއްގައި ހިނގަމުން އަންނަ ކަންކަމެވެ. ގޭމާއި ގޭމު ކޮންސޯލް އުފައްދާ ފަރާތްތަކާއި ސެކިއުރިޓީ ކުންފުނިތަކަށް އެކަން އެނގުނު ނަމަވެސް އޮންލައިންކޮށް ކުރާ އެފަދަ ކުއްތަށް ހުއްޓުވައި، ވަގުހަދާ މީހުން މައިތިރިކުރުމުގައި މާކަ ބޮޑެތި ކާމިޔާބީތަކެއް ލިބިފައެއްނުވެއެވެ.

މަޖަލަކަށް ނުވަތަ މާބޮޑު ނުނިޔަތެއް ނެތި، ގޭމުތަކުގައި ހުންނަ ދޯހަޅި ލޫޕްހޯލްތަކާއި "ބަގްތައް" ދެނެގަނެ އިންޓަނެޓުގައި އާންމުކުރަށް ފެށި ހިސާބުން ފުޅާވެ ކުރިލަމުން އައި ގޭމާއި ސޮފްޓްވެއާއިން ވައްކަން ކުރުމާއި ނަހަމަގޮތުގައި ބޭނުންކުރުމުގެ ހަރަކާތް އިންތިހާއަށް ފުޅާވެ. މިއަދު އެއީ މަންޓިމިލިއަން ޑޮލަރުގެ ވިޔަފާރި މައިދާނަކަށް ވަނީ ބަދަލުވެފައެވެ.

ރާއްޖޭގައި ވެސް ގޭމުކުޅުމުގެ ވާދަވެރިކަމާއި ފޯރި ނިސްބަތުން ކުޑައެއް ނޫނެވެ. ގޭމުކުޅޭ ހުނަރުވެރީންނާއި ބައިނަލްއަޤްވާމީ މައިދާނުގައި އެ ފަންނުގައި ވާދަކުރެވޭ ވަރަށް ދިވެހީން ވެސް މިހާރު ގޭމުތަކަށް ފަރިތައެވެ. އަދަދުގެ އިލްތިމާސަކީ އިންޓަނެޓުގެ އެކި ދިމަދިމާއިން ލިބެން ހުރިކަމުގައިވިޔަސް އަދި އޭގެ ވަގުތީ ފައިދާ ބޮޑުކަމުގައި ފެނުނަސް، ގޭމު ޗީޓުތަކާއި ހީލަތްތަކުގެ މަޅީގައި ނުޖެހި ހަމަހަމަ ވާދަވެރި މާހައުލެއްގައި މުނިފޫހިފިލުވުމެވެ.