Advertisement

ޝްރައްދާ ރާއްޖޭގައި: ހިތްގައިމު ފޮޓޯތަކެއް

7 އޭޕްރީލް 2021 - 12:27 0


ޝްރައްދާ ރާއްޖޭގައި: ހިތްގައިމު ފޮޓޯތަކެއް

7 އޭޕްރީލް 2021 - 12:27 0

އިންޑިއާގެ ބޮލީވުޑަށް ނިސްބަތްވާ އޭ ލިސްޓުގެ ތަރިންގެ މެދުގައި ރާއްޖެ މަގުބޫލުވެ، ކޮންމެ އަހަރަކު އެތައް ތަރިންނެއް ރާއްޖޭގެ ގޮނޑުދޮށަށް ބީއްސާލައެވެ. މާދުރީ ދިކްޝިތު، އަމީތާބް ބައްޗަން، ޝިލްޕާ ޝެޓީ ފަދަ ތަރިން ވެސް ރާއްޖެ އައުން މިހާރު ވަނީ ގިނަ ވެފަ އެވެ.

އެކަމަކު މި ފަހުން އެންމެ ގިނައިން ރާއްޖެ އައި ތަރިންގެ ލިސްޓުގެ އެންމެ ކުރީގައި އޭބީސީޑީ ގެ ބަތަލާ، ޝްރައްދާ ކަޕޫރު ހިމެނެ އެވެ. އޭނާ ވަނީ އުފަންދުވަސް ފާހަގަކުރުމަށް މިދިޔަ މަހުގެ ތެރޭގައި ވެސް ރާއްޖެއަށް އައިސްފަ އެވެ. އޭގެ ކުރިން ބައްޕަ، ޝަކްތީ ކަޕޫރާއި އާއިލާ އާއި އެކު ވެސް ރާއްޖެއަށް އަ އެވެ.

ޝްރައްދާ މިފަހަރު ޗުއްޓީ ހޭދަކުރަމުންދަނީ ބަރޮސް މޯލްޑިވްސް ގައި: މިއީ އޭނާ މި އަހަރު ރާއްޖެ އަށް އައި ދެވަނަ ފަހަރު


ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުންދާއިރު މި ތަރިން ސޯޝަލް މީޑިއާގައި ހިއްސާ ކުރާ ފޮޓޯތަކަށް ފޭނުންގެ ބޮޑު ސަމާލުކަމެއް ލިބެ އެވެ.

މިދިޔަ މަހު ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން ޝަރައްދާ އިންސްޓަގްރާމްކޮށްފައިވާ ފޮޓޯ އެއް


މި ދިޔަ ދެތިން ދުވަހު ޝްރަދާ ވަނީ ދެ ފޮޓޯ އަކާއި ވީޑިއޯ އެއް އޭނާގެ އިންސްޓަގްރާމްގައި ޝެއާކޮށްފަ އެވެ. އެ ފޮޓޯތަކަށް މިލިއަނެއްހާ މީހުން ވަނީ އިންސްޓަގްރާމުގައި ރިއެކްޓްކޮށްފަ އެވެ.

ބޮލީވުޑް ސެލެބްރިޓީން ރާއްޖޭގައި ޗުއްޓީ ހޭދަކުރާ މިންވަރު ރިކޯޑު އަދަދަކަށް މި ދިޔަ ހަތަރު ވަރަކަށް އަހަރުގެ ތެރޭގައި ވަނީ އިތުރުވެފަ އެވެ. މިދިޔަ މަހު ބަތަލާ މާދުރީ ދިކްޝިތު ވެސް ވަނީ ރާއްޖޭގައި ޗުއްޓީ ހޭދަކޮށްފަ އެވެ.