Advertisement

"ތަލައިވީ": ކަންގަނާގެ އާ "ހަނގުރާމަ"

3 އޭޕްރީލް 2021 - 09:34 0

ކަންގަނާ: ތަލައިވީގައި ވަރުގަދަ އެކްޓިންއެއް


"ތަލައިވީ": ކަންގަނާގެ އާ "ހަނގުރާމަ"

3 އޭޕްރީލް 2021 - 09:34 0

ކަންގަނާ ރަނާވަތުގެ ނަމާ ގުޅޭ ކޮންމެ ވާހަކައެއް ވެސް ވަރަށް ބޮޑުވެ އެވެ. އަނެއްކާވެސް މިއީ ކަންގަނާގެ ބޮޑު ވާހަކައެކެވެ.

ކަންގަނާގެ އާ ފިލްމްގެ ޓްރެއިލާ ނެރެފައިވާއިރު އޭގެ ވާހަކަ ދައްކާ މީހުން ވަރަށް ގިނަ އެވެ. އޭނާއަށް ތައުރީފްގެ ކުޑަ ބަހެއް ވެސް ބުނެލަން ބޭނުން ނުވާ މީހުންނަށް ވެސް މަޖުބޫރު ކުރުވީ ތައުރީފު ކުރުވާށެވެ.

މި އަހަރުގެ އެންމެ އުއްމީދީ ފިލްމްތަކުގެ ތެރޭގައި ކަންގަނާގެ "ތަލައިވީ" ހިމެނެ އެވެ. މި ފިލްމަކީ ދެކުނު އިންޑިއާގެ އެންމެ ނުފޫޒުގަދަ އަދި އެންމެ ބޮޑު ލޯތްބެއް ހޯދި ސިޔާސީ ލީޑަރު ކަމަށްވާ ޓަމިލް ނާޑޫ ސްޓޭޓްގެ ކުރީގެ ޗީފް މިނިސްޓަރު ޖަޔަލަލިތާގެ ވާހަކަ ކިޔައިދޭ ފިލްމެކެވެ.

މި ފިލްމްގައި ޖަޔާގެ ސިޔާސީ ކާމިޔާބު ކެރިޔަރުގެ އިތުރުން އޭނާގެ ޒުވާން ދުވަސްވަރުގެ ފިލްމީ ކެރިއަރުގެ ވާހަކަތައް ވެސް ގެނެ އެވެ.

ޓްރެއިލާއިން ކަންގަނާގެ ވަރުގަދަ އެކްޓިން ފެނިގެންދާއިރު، ޖަޔާގެ ވާހަކަ ވެސް ވަރަށް ވަރުގަދަކަން އެނގިގެންދެ އެވެ. ގިނަ ބަޔަކު މި ފިލްމާމެދު އޮތް އުއްމީދު ބޮޑު ވަނީ ވެސް ޖަޔާގެ ވާހަކަ ކިޔައިދިނުމުގައި ކަންގަނާ ފަދަ މޮޅު އެކްޓަރެއް ނުހުންނާނެ ކަމަށް ގަބޫލު ކުރެވޭތީ އެވެ.

ކަންގަނާގެ އުފަން ދުވަހު ޓްރެއިލާ އާންމުކުރިއިރު، އޭނާ ވަނީ އެންމެ ފަހުގެ އިންޑިއާގެ ނޭޝަނަލް އެވޯޑްސްގައި އެންމެ މޮޅު ބަތަލާގެ އެވޯޑް ވެސް ހޯދާފަ އެވެ. މިއީ އޭނާ ނޭޝަނަލް އެވޯޑް ހޯދި ހަތަރު ވަނަ ފަހަރެވެ. އެ އެވޯޑް ހޯދީ "މަނިކަރްނިކާ: ދަ ކްއީން އޮފް ޖާންސީ" ދެއްކި އެކްޓިންނެވެ.

އެ ފިލްމަކީ ވެސް ބޮލީވުޑުން ކަންގަނާ ވަރަށް ބޮޑަށް އެކަހެރިކޮށްފައި ހުއްޓާ ނެރުނު ފިލްމެކެވެ. ނަމަވެސް ބޮކްސް އޮފީހުގައި ވެސް އެއީ ހިޓެކެވެ.

https://www.youtube.com/watch?v=lKW0PuVIL9w

"ތަލައިވީ"އާއެކު، އަންނަ އަހަރަށް ވެސް ކަންގަނާ އެ އެވޯޑް އުފުލާނެ ކަމަށް ބެލެވެ އެވެ.

މި ފިލްމް ކަންގަނާއަށް އެންމެ މުހިންމު ސަބަބަކީ، ބޮލީވުޑްގެ ގިނަ ބަޔަކާ އޭނާ ޖެހިގަތް ފަހުން މިއީ ކަންގަނާގެ ފުރަތަމަ ފިލްމަށް ވާތީ އެވެ. ގިނަ ބޮޑެތި ތަރިންގެ ނުރުހުމާއެކު ވެސް ކާމިޔާބު ފިލްމެއް ގެނެސްދޭނެ ކަމުގެ އަޒުމު ކަންގަނާގެ އެބަ އޮތެވެ.

ބޮލީވުޑާ ހަނގުރާމަ ކުރަމުންދާ ކަންގަނާ ހަށިފޮޅާ ތެދުވުމަށް "ތަލައިވީ"ގެ ކާމިޔާބީ އޭނާއަށް މުހިންމުވާއިރު، މި ފިލްމްގެ އެއްވެސް ވާހަކައެއް ބޮޑެތި ތަރިން ނުދައްކަ އެވެ. އެމީހުން ތިބީ ފާޑެއްގެ ބޮއިކޮޓެއްގަ އެވެ.