ރައީސް މުހައްމަދު މުއިއްޒު
4484 ލިޔުން
ފަހުގެ
ހަބަރުމާލޭ މަގުތައް ބަލަން ޗައިނާ ރެއިލްވޭ ކުންފުނީގެ ޓީމެއް އަތުވެއްޖެ
ޗައިނާގެ ހިލޭ އެހީގައި މާލެ އާއި ވިލިމާލޭގެ މަގުތައް ހެދުމުގެ މަޝްރޫއުގެ ދިރާސާ އާއި ޑިޒައިން މަސައްކަތްތަކަށް ޗައިނާ ރެއިލްވޭ ޑިޒައިން ކުންފުނީގެ ޓީމެއް ރާއްޖެ އަތުވެއްޖެއެވެ. މި މަޝްރޫއުގެ ދަށުން މަގުތަކުގައި ފެންބޮޑުވާ މައްސަލަ ހައްލުކުރުމަށް އިސްކަންދޭނެ ކަމަށް ޗައިނާ ސަފީރު ވިދާޅުވެފައިވާއިރު، މިއީ ރައީސް މުއިއްޒު ޗައިނާއަށް ކުރެއްވި ދަތުރުފުޅުގައި އެއްބަސްވެފައިވާ ކަމެކެވެ.
ހަބަރުގުނަވަން ޓްރާންސްޕްލާންޓް ކުރުމާ ގުޅޭ ބިލު އަނބުރާ މަޖިލީހަށް
ރައްޔިތުންގެ މަޖިލީހުން ފާސްކުރި އިންސާނުންގެ ގުނަވަން ޓްރާންސްޕްލާންޓް ކުރުމާ ބެހޭ ބިލު، ތަންފީޒުކުރުމުގައި ދަތިތަކެއް ހުރިކަމަށް ފެނިވަޑައިގަންނަވާތީ ރައީސުލްޖުމްހޫރިއްޔާ ތަސްދީގުނުކުރައްވައި އަނބުރާ ފޮނުވާލައްވައިފިއެވެ. ރައީސް އޮފީހުން ބުނީ މި ބިލު އަނބުރާ ފޮނުވާލީ މަޖިލީހުން ބިލަށް ގެނައި ބަދަލުތައް މުރާޖައާކޮށް އިސްލާހުތަކެއް ގެންނަން ޖެހޭކަމަށް ފެންނާތީ ކަމަށެވެ.
