ރައީސް މުހައްމަދު މުއިއްޒު
4484 ލިޔުން
ފަހުގެ
ހަބަރުގައުމު ހަމަމަގަށް އެޅުވުމުގެ ތަސައްވުރެއް މުއިއްޒުގެ ނެތް: ޔާމީން
ރާއްޖޭގެ މާލީ ހާލަތު ރަނގަޅުކުރުމުގެ ގާބިލްކަމާއި ތަސައްވުރު ރައީސް މުއިއްޒުގެ ކިބައިގައި ނެތް ކަމަށް ވިދާޅުވެ، ކުރީގެ ރައީސް ޔާމީން މި ސަރުކާރުގެ އިގުތިސާދީ ސިޔާސަތުތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ. ޚާއްސަކޮށް ޑޮލަރުގެ މައްސަލައާއި ދަރަނި މެނޭޖުނުކުރެވުމަކީ ސަރުކާރުގެ ނާގާބިލްކަން ކަމަށާއި، ކުރީގެ ބޮޑެތި މަޝްރޫއުތަކުގެ ކްރެޑިޓް ރައީސް މުއިއްޒަށް ހައްގުނުވާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ހަބަރު"އިންތިހާބު ކާމިޔާބުކުރަން ވޯޓު ނުލިބޭނެކަން މުއިއްޒަށް އެނގޭނެ"
ރިޔާސީ އިންތިހާބެއް ކާމިޔާބުކުރެވޭ މިންވަރަށް ރައީސް މުއިއްޒަށް ވޯޓު ނުލިބޭނެކަން އެމަނިކުފާނަށް މިހާރު އެނގިވަޑައިގަންނަވާނެ ކަމަށް ޔާމީން ވިދާޅުވި. ޔާމީން ފާހަގަކުރެއްވި ގޮތުގައި ސަރުކާރަށް ދިމާވެފައިވާ ދަތިތަކުން އަރައިގަނެވޭނެ ފޯމިއުލާއެއް ނެތުމުން، ކުރިއަށް އޮތް ދެ އަހަރު ތެރޭގައި ރައްޔިތުންގެ ތާއީދު އިތުރުވާނެ ކަމަކަށް ނުބެލެވޭ.
