މުހައްމަދު ބިން ސަލްމާން

6 ލިޔުން

ފަހުގެ

ސައުދީގެ ދިފާއުގައި ނުކުތުމަށް މިސްރުން މަޖިލީހުގެ ހުއްދަ ހޯދަނީދުނިޔެ

ސައުދީގެ ދިފާއުގައި ނުކުތުމަށް މިސްރުން މަޖިލީހުގެ ހުއްދަ ހޯދަނީ

ޔަމަނުގެ ހޫތީން ސައުދީ އަރަބިއްޔާއަށް ދޭ ހަމަލާތަކުން އެ ގައުމު ދިފާއުކުރުމަށްޓަކައި، މިސްރުގެ އަސްކަރިއްޔާ ބޭނުންކުރުމުގެ ހުއްދަ ހޯދުމަށް ރައީސް ސީސީ ވަނީ ޕާލަމެންޓަށް ހުށަހަޅުއްވާފައެވެ. ސައުދީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް މިސްރުން ތައްޔާރަށް އޮތްކަން ހާމަކުރައްވައި، މިކަމާ ގުޅޭ ގޮތުން މަޝްވަރާކުރުމަށް ޕާލަމެންޓުގެ ކުއްލި ޖަލްސާއެއް ބޭއްވުމަށް މިހާރު ވަނީ ނިންމާފައެވެ.

ސައުދީ އަރަބިއްޔާއަށް ހޫތީންގެ މިސައިލް ހަމަލާތަކެއް ދުނިޔެ

ސައުދީ އަރަބިއްޔާއަށް ހޫތީންގެ މިސައިލް ހަމަލާތަކެއް

ޔަމަނުގެ ހޫތީން ސައުދީ އަރަބިއްޔާގެ އެކި ސިޓީތަކަށް އަމާޒުކޮށް ވަރުގަދަ މިސައިލް ހަމަލާތަކެއް ދީފައިވާއިރު، ސައުދީގެ ދިފާއީ ނިޒާމުން ވަނީ މި ހަމަލާތައް ހުއްޓުވާފައެވެ. ނަމަވެސް މިސައިލްތަކުގެ ބައިތައް ވެއްޓުމުގެ ސަބަބުން ރިޔާޒުން ހަތަރު މީހަކު ޒަހަމްވެ، ބައެއް ގޭބިސީތަކަށާއި އަރަމްކޯގެ އިމާރާތަކަށް ވަނީ ގެއްލުން ލިބިފައެވެ. މި ހަމަލާތަކަކީ ސައުދީ ކޯލިޝަނުން ޔަމަނުގެ ތެޔޮ ގުދަންތަކަކަށް ދިން ހަމަލާތަކުގެ ރައްދުގައި ދީފައިވާ ހަމަލާތަކެކެވެ.