ލީ ބިސްކަޓްސް
2 ލިޔުން
ފަހުގެ
ހަބަރުހުލާސާކޮށް އިއްޔެ: ހުވަދޫ އަތޮޅުގެ ރޭޕް މައްސަލައިގެ ތަހުގީގު
ހުވަދޫ އަތޮޅުގައި ހިނގި ޖިންސީ ގޯނާގެ މައްސަލައިގައި 9 މީހަކު ހައްޔަރުކޮށް ބަންދުގެ މުއްދަތު ޖަހާފައިވާއިރު، އޭގެ ތެރޭގައި ވެމްކޯގެ މެނޭޖަރަކު ހިމެނޭކަން ފުލުހުން ވަނީ ހާމަކޮށްފައެވެ. މީގެ އިތުރުން، ބިދޭސީންނަށް ބިން މިލްކުކުރެވޭ ގޮތަށް ގާނޫނުއަސާސީއަށް އިސްލާހު ގެނައުމަށް ކެބިނެޓުން ނިންމާފައިވާއިރު، ރަސްމާލެ މަޝްރޫއުގެ އެއްބަސްވުމާ މެދު ގާނޫނީ ވަކީލުން ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ.
ހަބަރުމާރީ ބިސްކޯދު އުފެއްދުން ހުއްޓާލަނީ
މެލޭޝިއާގެ މަޝްހޫރު "ލީ ބިސްކަޓްސް" ކުންފުނިން 92 އަހަރަށްފަހު ބިސްކޯދު އުފެއްދުން މިއަހަރުގެ އޮކްޓޫބަރު މަހު އެއްކޮށް ހުއްޓާލަން ނިންމައިފިއެވެ. މި ނިންމުމަކީ ކުންފުނީގެ ވިޔަފާރި އަލުން ތަރުތީބުކޮށް، ރަބަރާއި ޕާމް އޮއިލް ފަދަ އަސާސީ ވިޔަފާރިތަކަށް އިސްކަންދިނުމަށް ނިންމި ނިންމުމެކެވެ. ފެކްޓްރީ ބަންދުކުރުމާ ގުޅިގެން 300 އެއްހާ މުވައްޒަފުންގެ ވަޒީފާ ގެއްލޭއިރު، ދެން މި ބިސްކޯދު ލިބެން ހުންނާނީ ބާޒާރުގައި މިހާރު ހުރި ސްޓޮކް ހުސްވަންދެނެވެ.
