ކޮލީން ސުލެމާ
2 ލިޔުން
ފަހުގެ
ދުނިޔެލީތަލް އިންޖެކްޝަނުން މަރުނުވެ ސަލާމަތްވި މީހާ ހޭ އަރައިފި
އެމެރިކާގައި މަރުގެ އަދަބު ތަންފީޒުކުރުމަށް ލީތަލް އިންޖެކްޝަން ޖެހުމުންވެސް މަރުނުވެ ސަލާމަތްވި ކްރިސްޓާ ޕައިކް، ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް މިހާރު ވަނީ ހޭއަރައި ވާހަކަދައްކަން ފަށާފައެވެ. މިއީ ހަށިގަނޑަށް ވިހަ މާއްދާ ފޮނުވާލުމަށްފަހު މީހަކު ސަލާމަތްވި ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާގެ ހާލަތު ރަނގަޅުވަމުން އަންނަނީ ބޭސްވެރިކަމުގެ ދާއިރާގައިވެސް ހައިރާންކުރުވަނިވި ގޮތަކަށެވެ.
ދުނިޔެމަރުގެ އަދަބު ތަންފީޒުކުރުން ނާކާމިޔާބުވުމުން އިސްއިތުފާ
އެމެރިކާގެ ޓެނެސީ ސްޓޭޓުގައި މަރުގެ އަދަބު ތަންފީޒުކުރަން ކުރި މަސައްކަތް ނާކާމިޔާބުވެ، ކުށްވެރިޔާގެ ހާލު ސީރިއަސްވުމާ ގުޅިގެން އެ ސްޓޭޓުގެ ކަރެކްޝަންސްގެ އިސްވެރިޔާ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. މި ހާދިސާއާ ގުޅިގެން އެ ސްޓޭޓުގައި މަރުގެ އަދަބު ތަންފީޒުކުރުން 2026 ވަނަ އަހަރުގެ ނިޔަލަށް މަޑުޖައްސާލުމަށް ގަވަރުނަރު ވަނީ އަމުރުކުރައްވާފައެވެ.
