މަރުގެ އަދަބު ތަންފީޒުކުރުން ނާކާމިޔާބުވުމުން ކަރެކްޝަންސް ވެރިޔާ އިސްތިއުފާ ދެއްވައިފި

Oct 4, 2026, 10:04 AM
ފޮޓޯ: ރޮއިޓާސް

ފޮޓޯ: ރޮއިޓާސް

މީހަކު މަރާލިކަން ސާބިތުވެ މަރުގެ އަދަބު އިއްވާފައިވާ ކްރިސްޓާ ޕައިކްގެ ގަޔަށް ލީތަލް އިންޖެކްޝަން ޖަހައިގެން މަރުގެ އަދަބު ތަންފީޒުކުރަން އެމެރިކާގެ ޓެނެސީ ސްޓޭޓުން ކުރި މަސައްކަތް ނާކާމިޔާބުވެ، އޭނާގެ ހާލު ވަރަށް ބޮޑަށް ގޯސްވުމާ ގުޅިގެން، އެ ސްޓޭޓުގެ ޑިޕާޓްމަންޓް އޮފް ކަރެކްޝަންގެ އިސްވެރިޔާ މި މަހު މަގާމުން އިސްތިއުފާ ދެއްވާނެ ކަމަށް ސަރުކާރުގެ އޮފިޝަލުން ހޮނިހިރު ދުވަހު ވިދާޅުވެއްޖެ އެވެ.

ޕައިކްގެ ވަކީލުން ހުކުރު ދުވަހު ކޯޓަށް ހުށަހެޅި ލިޔުންތަކުގައިވާ ގޮތުން، މިދިޔަ ބުދަ ދުވަހު މަރުގެ އަދަބު ތަންފީޒުކުރުމަށް ކުރި މަސައްކަތް ނާކާމިޔާބުވުމާ ގުޅިގެން އޭނާ އޮތީ ހޭނެތިފަ އެވެ. އަދި ނޭވާލުމަށް ދަތިވުމުގެ ސަބަބުން އޭނާއަށް މިހާރު ފަރުވާ ދެމުންދަނީ ވެންޓިލޭޓަރުގެ އެހީގަ އެވެ. މިއީ މި އަހަރުގެ ތެރޭގައި ޓެނެސީ ސްޓޭޓުން މަރުގެ އަދަބު ތަންފީޒުކުރަން އުޅެ ނާކާމިޔާބުވި ދެވަނަ ފަހަރު ކަމަށްވާތީ، 2026 ވަނަ އަހަރުގެ ނިޔަލަށް އެ ސްޓޭޓުގައި މަރުގެ އަދަބު ތަންފީޒުކުރުން މަޑުޖައްސާލުމަށް ގަވަރުނަރު ބިލް ލީ ވަނީ އަމުރުކުރައްވާފަ އެވެ.

ގަވަރުނަރު ލީ ހޮނިހިރު ދުވަހު ވިދާޅުވީ، ކަރެކްޝަން ކޮމިޝަނަރުގެ މަގާމުން ފްރޭންކް ސްޓްރާޑާ އިސްތިއުފާ ދެއްވާފައިވާ ކަމަށާއި، މި މަސް ނިމުމުގެ ކުރިން އޭނާ މަގާމުން ވަކިވެވަޑައިގަންނަވާނެ ކަމަށެވެ. ސްޓޭޓުގެ ވެރިރަށް ނޭޝްވިލްގައި ހުންނަ ރިވަަބެންޑް މެކްސިމަމް ސެކިއުރިޓީ އިންސްޓިޓިއުޝަނުގައި މަރުގެ އަދަބު ތަންފީޒުކުރަން އުޅުމުގެ ތެރޭގައި ހިނގި މި ހާދިސާ މިނިވަން މުއައްސަސާއަކުން ތަހުގީގު ކުރުމަށް ގަވަރުނަރު ވަނީ މިހާރު އަމުރުކުރައްވާފަ އެވެ.

ސްޓްރާޑާ ނެރުއްވި ވަކި ބަޔާނެއްގައި ވިދާޅުވީ، އެ އިދާރާގެ މުވައްޒަފުން އަމަލުކުރީ ކަނޑައެޅިފައިވާ އުސޫލުތަކާ އެއްގޮތަށް ކަމަށް އޭނާ ގަބޫލުކުރެއްވި ނަމަވެސް، މި ހާދިސާގެ މިނިވަން ތަހުގީގެއް ކުރިއަށްދާއިރު މަގާމުން ދުރުވުމަކީ ޓެނެސީގެ ރައްޔިތުންނަށް އެންމެ ފައިދާހުރި ގޮތް ކަމަށް ދެކޭ ކަމަށެވެ.

ކަރެކްޝަންސްގެ ވަގުތީ ކޮމިޝަނަރަކު ފަހުން އިއުލާން ކުރައްވާނެ ކަމަށް ގަވަރުނަރުގެ އޮފީހުން ބުންޏެވެ.

ޕައިކްގެ ވަކީލުން ތުހުމަތުކުރާ ގޮތުގައި، އޭނާގެ ހަށިގަނޑުގެ ނާރުތައް ކުޑަވުމާއި "ތްރޮމްބޯސައިޓޯސިސް" ކިޔާ ލޭގެ ބައްޔެއް ހުންނާތީ، އައިވީ ގުޅުމަކީ ވަރަށް އުނދަގޫ ކަމެއް ކަމަށް ޑޮކްޓަރުން ކުރިން ދީފައިވާ އިންޒާރުތަކަށް ކަރެކްޝަންސްގެ އޮފިޝަލުން ވަނީ އިހުމާލުވެފަ އެވެ.

އުމުރުން މިހާރު 50 އަހަރުގެ ޕައިކްގެ މައްޗަށް ގަސްތުގައި މީހަކު މަރާލުމުގެ ކުށް ސާބިތުވީ މީގެ ތިރީސް އަހަރު ކުރިންނެވެ. އެއީ 1995 ވަނަ އަހަރު، އޭނާގެ އުމުރުން 18 އަހަރުގައި ކޮލީން ސުލެމާ ނަމަކަށް ކިޔާ 19 އަހަރުގެ އަންހެނަކަށް އަނިޔާކޮށް މަރާލި މައްސަލައިގަ އެވެ.

ޕައިކްގެ ވަކީލުން ހުކުރު ދުވަހު ބުނި ގޮތުގައި، އޭނާގެ ފުރާނަ ސަލާމަތް ކުރުމަށާއި ހަށިގަނޑަށް ފޮނުވާލި "ޕެންޓޯބާބިޓަލް" ނަމަކަށް ކިޔާ ކެމިކަލް ހަށިގަނޑުން ބޭރުކުރުމަށް ޑޮކްޓަރުން މިހާރު ދަނީ މަސައްކަތް ކުރަމުންނެވެ.

ފަހުގެ ޚަބަރު

ހެބްރޮންގައި ގެދޮރު ތަޅާލުމުން އާއިލާތައް ހާލުގައި ޖެހިއްޖެ

އިސްރާއީލު ސިފައިން ހެބްރޮންގައި ހިންގި ވަރުގަދަ އޮޕަރޭޝަނެއްގައި ފަލަސްތީނުގެ ގިނަ އަދަދެއްގެ ގެދޮރާއި ވިޔަފާރިތައް ސުންނާފަތިކޮށް، އެތައް ސަތޭކަ އާއިލާއެއް ވަނީ މަގުމަތިކޮށްލާފައެވެ. މި އޮޕަރޭޝަނަކީ ފަލަސްތީނުގެ ދެ މީހަކު ދިން ހަމަލާއެއްގެ ބަދަލުހިފުމުގެ ގޮތުން ހިންގާ ހަރަކާތެއް ކަމަށްވާއިރު، މީގެ ސަބަބުން 2،000 އަށްވުރެ ގިނަ މީހުންގެ އާންމު ދިރިއުޅުމަށް ވަނީ ބޮޑެތި ހުރަސްތަކެއް ކުރިމަތިވެފައެވެ.

ޔޫރަޕްގެ ސިޓީތަކުގައި މުޒާހަރާ، ފްރާންސުން 1000 މީހުން ހައްޔަރު

ފްރާންސްގެ ދިރިއުޅުމުގެ ހަރަދުތައް ބޮޑުވުމާ ގުޅިގެން ކުރިއަށްދާ މުޒާހަރާތަކުގައި ހިނގި ހަމަނުޖެހުންތަކާ ގުޅިގެން 1،000 އެއްހާ މީހުން ވަނީ ހައްޔަރުކޮށްފައެވެ. މި މުޒާހަރާތައް ކޮންޓްރޯލް ކުރުމަށް 70،000 ފުލުހުން ނެރެފައިވާއިރު، ޔޫރަޕްގެ އެހެން ބައެއް ގައުމުތަކުގައި ވެސް ސަރުކާރާ ދެކޮޅަށް ބޮޑެތި މުޒާހަރާތަކެއް ވަނީ ބާއްވާފައެވެ.

ގެތައް ބިމާހަމަކޮށް ފަލަސްތީނު މީހުން ހެބްރޮންއިން ބޭރުކުރަނީ

އިސްރާއީލުގެ ދެ ސިފައިން މަރާލުމާ ގުޅިގެން ބަދަލުހިފުމުގެ ގޮތުން، ހެބްރޮން ސިޓީގެ މަގުތަކާއި ގެދޮރު ބިމާހަމަކޮށް އެތައް ސަތޭކަ އާއިލާއެއް ވަނީ މަގުމަތިކޮށްލާފައެވެ. މި އޮޕަރޭޝަނުގައި 2،000 އެއްހާ މީހުން ގެދޮރުން ބޭރުކޮށް، ސިޓީ ބަންދުކޮށް އާންމު ރައްޔިތުންގެ ދަތުރުފަތުރާއި އަސާސީ ހިދުމަތްތަކަށް ވަނީ ބޮޑެތި ހުރަސްތަކެއް ކުރިމަތިކުރުވާފައެވެ.

އުރުދުންގެ ފައްޅިއެއްގައި ބަޑި ޖަހައި ހަތް މީހުން މަރާލައިފި

އުރުދުންގެ ކަރަކްގައި ހުންނަ ފައްޅިއެއްގައި ބޭއްވި ޖަނާޒާއަކަށް ބަޑީގެ ހަމަލާތަކެއްދީ ހަތް މީހުން މަރާލައި 40 މީހުން ޒަހަމްކޮށްލައިފިއެވެ. މި ހަމަލާ ދިން މީހުން ހޯދުމުގެ ތަހުގީގު ސަރުކާރުން ފަށާފައިވާއިރު، މި ހާދިސާއާ ގުޅިގެން އެ ގައުމުގައި ތިން ދުވަހުގެ ގައުމީ ހިތާމަ ވަނީ އިއުލާންކޮށްފައެވެ.

ހަނދުގައި މަރުކަޒެއް ގާއިމްކުރުމުގެ މަސައްކަތް އަވަސްކުރަނީ

ކުރިއަށް އޮތް ދެ އަހަރުގެ ތެރޭގައި ހަނދަށް އެސްޓްރޮނޯޓުން ފޮނުވުމަށާއި އެތަނުގައި މަރުކަޒެއް ގާއިމުކުރުމަށް ނާސާއިން ކުރާ މަސައްކަތްތައް ވަނީ ވަރަށް ބޮޑަށް އަވަސްކޮށްފައެވެ. މިގޮތުން 2028 ވަނަ އަހަރު ހަނދަށް މީހުން ބޭލުމަށް "އާޓެމިސް 4" މިޝަން ތާވަލުކޮށްފައިވާއިރު، ޗައިނާއާ އޮތް ވާދަވެރިކަމުގެ ސަބަބުން އިދާރީ ހުރަސްތައް ނައްތާލައި ސްޕޭސް އެކްސް ފަދަ އަމިއްލަ ކުންފުނިތަކާއެކު މަސައްކަތްތައް ދަނީ ބާރުސްޕީޑުގައި ކުރިއަށެވެ.

ހިޓްލަރުގެ ހާއްސަ އިމާރާތެއްގައި ރޯކޮށްލައިފި

ޖަރުމަނުގެ ކުރީގެ ޑިކްޓޭޓަރު އެޑޮލްފް ހިޓްލަރަށް ހާއްސަކޮށް ބިނާކޮށްފައިވާ "އީގަލްސް ނެސްޓް" އިމާރާތުގައި ރޯކޮށްލި ކަމުގެ ތުހުމަތުގައި 33 އަހަރުގެ މީހަކު ވަނީ ހައްޔަރުކޮށްފައެވެ. މޫސުން ގޯސްވުމުގެ ސަބަބުން އަލިފާން ނިއްވުމަށް ހުރަސްތަކެއް ކުރިމަތިވި މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވާއިރު، ހައްޔަރުކުރި މީހާގެ ނަފްސާނީ މައްސަލައެއް ހުރިތޯ އާއި ސިޔާސީ މަގްސަދެއް އޮތްތޯ ފުލުހުން ދަނީ ބަލަމުންނެވެ.

ދެ ކުދިން ސަލާމަތް ކުރަން އުޅުނު މަޔަކު ގެނބިގެން މަރުވެއްޖެ

ފުލުހުން ބުނި ގޮތުގައި، އިނގިރޭސިވިލާތުގެ ނޮޓިންހަމްޝަޔާގެ ސްޓޭޕަލްފޯޑަށް ނިސްބަތްވާ ކަމަށް ބެލެވޭ އެ އަންހެން މީހާ، އޭނާގެ ފިރިމީހާ އާއި ދެ ފިރިހެން ދަރިންނާއެކު އެ ރަށުގެ ދެކުނު ފަރާތުގައި ސްނޯކްލިންއަށް ގޮސް އުޅެނިކޮށް، ބާރު އޮއިގަނޑެއްގައި ޖެހި ދެ ކުދިން ބަހައިގެން ދިޔައީ އެވެ.

Newsletter

Get the latest news delivered straight to your inbox