ހަނދު ވަށައި ބުރެއްޖެހުމަށްފަހު އެސްޓްރޮނޯޓުން އަތުވެއްޖެ
ނާސާގެ އާޓެމިސް 2 މިޝަންގެ ހަތަރު އެސްޓްރޮނޯޓުން، ހަނދު ވަށައިގެން ކުރި ތާރީހީ ދަތުރު ނިންމާލުމަށްފަހު ރައްކާތެރިކަމާއެކު ބިމަށް އެނބުރި އަތުވެއްޖެ. މި ދަތުރުގައި ފުރަތަމަ ފަހަރަށް އަންހެން އެސްޓްރޮނޯޓަކާއި، ކަޅު ނަސްލުގެ މީހެއްގެ އިތުރުން އެމެރިކާ ނޫން ގައުމެއްގެ މީހަކު ހަނދަށް ދަތުރުކޮށްފައިވޭ