އެމެރިކާއަށް 400 މިލިއަން ޑޮލަރު ދައްކަން ޓިކްޓޮކުން ނިންމައިފި
ކުޑަކުދިންގެ ޒާތީ މައުލޫމާތު އެއްކޮށް، އެމެރިކާގެ ގާނޫނުތަކާ ހިލާފުވި މައްސަލައިގައި 400 މިލިއަން ޑޮލަރު ދެއްކުމަށް ޓިކްޓޮކުން އެއްބަސްވެއްޖެއެވެ. މި ދައުވާގައި ބުނެފައިވަނީ ޓިކްޓޮކުން 13 އަހަރުން ދަށުގެ މިލިއަނަކަށް ވުރެ ގިނަ ކުދިންގެ މައުލޫމާތު ގަވާއިދާ ހިލާފަށް އެއްކޮށްފައިވާ ކަމަށެވެ.